Roadha Mihaaru
މާވެލްސްގެ ޑައިރެކްޓަރު ބޭނުންވަނީ ޝާހުގެ ފިލްމެއް

ދަ މާވެލްސްގެ ޑައިރެކްޓަރު ޝާހުއާ އެކު ފިލްމެއް ހަދަން ބޭނުންވޭ

09 ނޮވެމްބަރ 2023

ސިނަމާތަކުގައި މާދަމާ ދައްކަން ފަށާ މާވެލް ސްޓޫޑިއޯސްގެ އާ ފިލްމު "ދަ މާވެލްސް"ގެ ޑައިރެކްޓަރު ނިއާ ޑަކޯސްޓާ، ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާން ހާންއާ އެކު ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނެފި އެވެ.

ސިނަމާތަކުގައި މާދަމާ ދައްކަން ފަށާ މާވެލް ސްޓޫޑިއޯސްގެ އާ ފިލްމު "ދަ މާވެލްސް"ގެ ޑައިރެކްޓަރު ނިއާ ޑަކޯސްޓާ، ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާން ހާންއާ އެކު ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނެފި އެވެ.

"ދަ މާވެލްސް"ގެ ޕްރޮމޯޝަނަށް އިންޑިއާގެ ނިއުސް18 އަށް ދިން އިންޓަވިއުއެއްގައި ނިއާ ބުނީ ޝާހު އަކީ ލެޖެންޑެއް ކަމަށެވެ.

"އަހަންނަށް ހީވަނީ ޝާހު އަކީ ލެޖެންޑެއް ހެން، ނޫންތަ؟ އެކަމާ މެދު މާ ބޮޑު ޝައްކެއް ވެސް ނެތް،" އެ އިންޓަވިއުގައި ނިއާ ބުންޏެވެ.

ޝާހުއާ އެކު ފިލްމެއްގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެބަހުރިތޯ އޭނާއާ ސުވާލުކުރުމުން ބުނީ އެކަމާ މެދުގައި ކުރިން ނުވިސްނާ ކަމަށެވެ. އެކަމަކު، އެއީ ހަމަ ވެދާނެ ކަމެއް ކަމަށާއި އެކަން ވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އޭނާ ބުންޏެވެ.

ޝާހު އަށް މީގެ ކުރިން ވެސް ހޮލީވުޑްގެ ގިނަ ޕްރޮޖެކްޓުތަކެއް ހުށަހެޅި އެވެ. ނަމަވެސް، އޭނާ އެ ހުރިހާ ފުރުސަތެއް ދޫކޮށްލީ އެވެ.

މި އަހަރަކީ ޝާހު އަށް ވަރަށް ކާމިޔާބު އަހަރެކެވެ. މި އަހަރުގެ މިހާތަނަށް އޭނާގެ ދެ ފިލްމު ނުކުތް އިރު، އެ ދެ ފިލްމަށް ވެސް ވަނީ ބޮކްސް އޮފީހުގައި ރެކޯޑް އާމްދަނީއެއް ލިބިފަ އެވެ. އެއީ "ޕަތާން" އާއި "ޖަވާން" އެވެ. އަދި އަންނަ މަހު ވެސް ޝާހުގެ އާ ފިލްމެއް ނުކުންނާނެ އެވެ. އެއީ "ޑަންކީ އެވެ.

ނިއާގެ "ދަ މާވެލްސް"ގައި ލީޑު ރޯލު ކުޅެނީ ބްރީ ލާސަން، ޓެޔޯނާ ޕެރިސް އަދި އީމާން ވެލާނީ އެވެ. އެ ފިލްމަކީ މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ)ގެ 33 ވަނަ ފިލްމެވެ.