Roadha Mihaaru
އުރީދޫ ކަސްޓަމަރުންނަށް "ދަ ޕޭރަންޓްލީ"ގެ ޑިސްކައުންޓް

އުރީދޫ ކްލަބް ޕްރިމިއާ މެމްބަރުންނަށް "ދަ ޕޭރަންޓްލީ"ގެ ޑިސްކައުންޓް

09 ނޮވެމްބަރ 2023

އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ކުޑަކުދިންގެ އެއްޗިހި ވިއްިކާ ފިހާރަ "ދަ ޕޭރަންޓްލީ" އިން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ދޭން ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ކުޑަކުދިންގެ އެއްޗިހި ވިއްިކާ ފިހާރަ "ދަ ޕޭރަންޓްލީ" އިން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ދޭން ފަށައިފި އެވެ.

އުރީދޫން ބުނީ މި ޑިސްކައުންޓަކީ އެ ކުންފުނީގެ ކްލަބް ޕްރިމިއާ ޕާޓްނަރެއްގެ ގޮތުގައި "ދަ ޕޭރަންޓްލީ" އިން ގުޅުމާ ގުޅިގެން ދޭން ފެށި ޑިސްކައުންޓެއް ކަމަށެވެ.

އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަކީ މޮބައިލް އަދި ބްރޯޑްބޭންޑް ކަސްޓަމަރުން ގެ ތެރެއިން 1،000ރ. އާއި އެއަށް ވުރެ މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނެވެ. ކްލަބް ޕްރިމިއާގެ ކަސްޓަމަރުން ސިލްވާ، ގޯލްޑް އަދި ޕްލެޓިނަމްއަށް ކެޓަގަރައިޒްކޮށްފައި ވާއިރު މި ތިން ކެޓަގަރީގެ ކަސްޓަމަރުންނަށް ވެސް ދިވެހި އަދި ބައިނަލްއަގުވާމީ ބްރޭންޑްތަކުން ޑިސްކައުންޓްތަކާއި ތަފާތު އޮފާތައް ލިބެ އެވެ.

އުރީދޫއާ ޕާޓްނާވި "ދަ ޕޭރަންޓްލީ" އަކީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުން ތުއްތު ކުދިންނާއި ބެލެނިވެރިންނަށް ހާއްސަ ތަފާތު ޕްރޮޑަކްޓްތަކަށް ވިއްކާ ތަނެއްކަމަށް އުރީދޫން ބުންޏެވެ. އަދި މި ތަނަކީ ތިމާވެއްޓާއި ރައްޓެހި، އޯގޭނިކް އަދި ހަންގަނޑަށް ލުއި ޕްރޮޑަކްޓްތަކެއް އެއް ތަނަކުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ތަނެއް ކަމަށް ވެސް އުރީދޫން ބުންޏެވެ.

"ދަ ޕޭރަންޓްލީ" އިން ވިއްކާ ބްރޭންޑުތަކުގެ ތެރޭގައި "ކްލެސިކް ވޯލްޑް"، "މަންޗްކިން"، "ނެނޯބެބެ"، "ޓޮމީ ޓިޕީ" އަދި "ފްރިޑަބޭބީ" ފަދަ ބްރޭންޑްތައް ހިމެނެ އެވެ. މި ތަނުގައި ތުއްތުކުދިންގެ ރީތިވާ ސާމާނާއި ކުޅޭ އެއްޗެއްސާއި ޑައިޕާ، ޑައިޕާ ބޭގާއި ސްޓްރޯލާ ފަދަ ޕްރޮޑަކްޓުތައް އެ ތަނުގައި ހުރެ އެވެ.