Roadha Mihaaru
އުރީދޫގެ ކަސްޓަމަރުންނަށް ލައިފް އިންޝުއަރެންސް ދެނީ

އުރީދޫގެ ޕްރިމިއާ ކަސްޓަމަރުންނަށް ލައިފް އިންޝުއަރެންސް ދެނީ

01 ފެބުރުއަރީ 2019

އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ލައިފް އިންޝުއަރަންސްގެ ހިދުމަތް ހިލޭ ދޭން ފަށައިފި އެވެ. ކްލަބް ޕްރިމިއާ އަކީ އުރީދޫގެ އެންމެ އަގު ހުރި ކަސްޓަމަރުންނަށް ޝުކުރު އަދާކޮށް، އެބޭފުޅުންގެ އަގު ވަޒަން ކުރުމަށް ތައާރަފް ކޮށްފައިވާ ރިވާޑް ސްކީމެކެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ލައިފް އިންޝުއަރަންސްގެ ހިދުމަތް ހިލޭ ދޭން ފަށައިފި އެވެ. ކްލަބް ޕްރިމިއާ އަކީ އުރީދޫގެ އެންމެ އަގު ހުރި ކަސްޓަމަރުންނަށް ޝުކުރު އަދާކޮށް، އެބޭފުޅުންގެ އަގު ވަޒަން ކުރުމަށް ތައާރަފް ކޮށްފައިވާ ރިވާޑް ސްކީމެކެވެ.

އުރީދޫން މިރޭ ބުނީ އެލައިޑް އިންޝުއަރަންސާ ގުޅިގެން، އުރީދޫގެ ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ވެސް ވަރަށް ހެޔޮ އަގެއްގައި ލައިފް އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުރާނައަށް ގެންލުންވާ ފަދަ ކުއްލި ހާލަތްތަކުގަ އާއި އާއިލާ އަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ، އެލައިޑްގެ ލައިފް އިންޝުއަރަންސް މެދުވެރިކޮށް، އުރީދޫގެ ކަސްޓަމަރުންނަށް އެހީތެރިކަން ލިބޭނެ އުސޫލުތައް ވަނީ ކަނޑައަޅައިފަ އެވެ.

އެއީ، ގުދުރަތީ ގޮތުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ފުރާނަ ގެއްލުމާއި އެކްސިޑެންޓެއްގެ ސަބަބުން ދިމާވާ ދާއިމީ ނުކުޅެދުންތެރިކަމާއި އެކްސިޑެންޓެއްގެ ސަބަބުން ކޮންމެވެސް ވަރަކަށް ނުކުޅެދުންތެރިކަން ކުރިމަތިވުމެވެ.

އުރީދޫން އަންނަނީ ކަސްޓަމަރުންނަށް ފައިދާކުރާނެ އާ ކަންތައްތަކެއް ތައާރަފު ކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

އުރީދޫގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ، ލައިފް އިންޝުއަރެންސަކީ، އާއިލާ އަށް އެންމެ އެހީތެރިކަން ބޭނުންވާ ވަގުތުގައި އެހީ ފޯރުކޮށްދޭ އަދި އާއިލާގެ ކުރިމަގު ރައްކާތެރިކޮށްދޭ މުހިއްމު ޚުދުމަތެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދިމާވެދާނެ ކުއްލި ހާލަތްތަކަށް އިތުރަށް ތައްޔާރުކޮށްދޭ މި ހިދުމަތުގެ ސަބަބުން، ކަސްޓަމަރުންނާއި އާއިލާތަކަށް ހިތްހަމަޖެހުން ލިބޭނެ ކަމަށް އުންމީދު ކުރެވެ އެވެ.