ބޮލީވުޑްގެ ސުޕަސްޓާރު، ޝާހްރުކް ހާން އޭނާގެ ދަރިފުޅު ސުހާނާ ހާންއާ އެކު ކުޅޭ ފިލްމަށް ކިޔަނީ "ދަ ކިންގް" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ސުޕަސްޓާރު، ޝާހްރުކް ހާން އޭނާގެ ދަރިފުޅު ސުހާނާ ހާންއާ އެކު ކުޅޭ ފިލްމަށް ކިޔަނީ "ދަ ކިންގް" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޝާހު އާއި ސުހާނާ އެކުގައި ފިލްމެއް ކުޅޭ ހަބަރު މީޑިއާތަކަށް ތިލަވީ މިދިޔަ މަހުގެ މެދު ތެރޭގަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި މިހާރު އެ ފިލްމުގެ ނަމުގެ ގޮތުގައި "ދަ ކިންގް" ހަމަޖައްސައި ސްކްރިޕްޓްގެ އެންމެފަހުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
އެ ފިލްމަކީ "ކަހާނީ" އާއި "ބަދުލާ" ކަހަލަ ކާމިޔާބު ތުރިލާ ފިލްމުތައް ޑައިރެކްޓްކުރި ސުޖޯއީ ގޯޝްގެ ފިލްމެކެވެ. ޝާހު އާއި ސުހާނާ ކުޅޭ މި ފިލްމަކީ ވެސް ވަރުގަދަ އެކްޝަން ތުރިލާއެކެވެ.
އެ ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް ފަށާނީ އަންނަ އަހަރު ނޮވެމްބަރު މަހުގައި ކަމަށް ރިޕޯޓްތައް ބުންޏެވެ.
ޝާހު، ސުހާނާ އެކު ފިލްމެއް ކުޅެން ނިންމި އިރު، ސުހާނާ ބޮލީވުޑަށް ތައާރަފުވާ ފިލްމު އަންނަ މަހު ނެރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ ޑައިރެކްޓަރު ޒޯޔާ އަކްތަރުގެ "ދި އާޗީސް" އިންނެވެ. ނެޓްފްލިކްސް އަށް އަންނަ އެ ފިލްމު ރިލީޒްކުރަނީ އަންނަ ޑިސެމްބަރު މަހު ހަތެއްގަ އެވެ.
މި އަހަރަކީ ޝާހު އަށް ވެސް ކާމިޔާބު އަހަރެކެވެ. މި އަހަރު ޝާހުގެ ދެ ފިލްމެއް މިހާތަނަށް ނުކުތް އިރު، އެ ދެ ފިލްމަށް ވެސް ވަނީ ބޮކްސް އޮފީހުގައި 1،000 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. އެއީ އެކްޝަން ފިލްމުތަކެއް ކަމަށްވާ "ޖަވާން" އާއި "ޕަތާން" އެވެ.
ޝާހުގެ އަދި އިތުރު އެއް ފިލްމު މި އަހަރު ނުކުންނާނެ އެވެ. އެއީ އަންނަ މަހު 22 ގައި ރިލީޒްކުރާ "ޑަންކީ" އެވެ. އެ ފިލްމަކީ ރާޖްކުމާރް ހިރާނީގެ ޑައިރެކްޝަނެކެވެ.
"މޭ ހޫ ނާ"ގެ ސީކުއެލްއެއްގެ މަސައްކަތް ފަށައިފި
ޝާހުގެ "ޖަވާން" ރިލީޒްކުރިތަނުން ލީކުކޮށްލައިފި
ޝާހުގެ "ޖަވާން"ގެ ޓްރެއިލާ ނެރެފި
ވިކީގެ އާ ފިލްމަށް ބޮޑު އާމްދަނީއެއް
އަނޫރާގުގެ "މެޓްރޯ އިން ދިނޯ" މި އަހަރު ގެނެސްދެނީ
އަނުޕާމްގެ 544 ވަނަ ފިލްމު ޕްރަބާސްއާ އެކު
ސުނިލް އާއި މަހިމާ އަނެއްކާވެސް އެކުގައި
އިބްރާހިމް ބޮލީވުޑަށް ތައާރަފުވަނީ ހުޝީއާ އެކު
"ސިތާރޭ ޒަމީން ޕަރު" ރިލީޒްކުރަނީ ޑިސެމްބަރުގައި
ބަންސާލީގެ "ލަވް އެންޑް ވޯ"ގައި އައްލޫ އަރްޖުން؟