ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާންގެ ކާމިޔާބު އެކްޝަން ފިލްމު "ޕަތާން"ގެ ދެވަނަ ބައެއް ގެނެސްދޭކަން ދުބާއީގައި ބޭއްވި އިވެންޓެއްގައި އިއުލާންކޮށްފި އެވެ.
ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާންގެ ކާމިޔާބު އެކްޝަން ފިލްމު "ޕަތާން"ގެ ދެވަނަ ބައެއް ގެނެސްދޭކަން ދުބާއީގައި ބޭއްވި އިވެންޓެއްގައި އިއުލާންކޮށްފި އެވެ.
"ޕަތާން 2" އިއުލާންކުރީ ޝާހުގެ ނަމުގައި ދުބާއީގައި އަމިއްލަ ކުންފުންޏަކުން އަޅާ ޓަވަރުގެ މަސައްކަތް ފެށުމުގެ ގޮތުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ހާއްސަ އިވެންޓެއްގަ އެވެ.
PATHAAN is BACK ??
— Pan India Review (@PanIndiaReview) December 9, 2025
ALL TIME GROSSER & the HIGHEST GROSSER from the Spy Universe to gets SEQUEL - #Pathaan2 ❤️?#ShahRukhKhan movie likely to start next year after #Alpha release ??
After #Dhurandhar the expectations from Spy movies are SKY HIGH ??pic.twitter.com/hbq26aDOgj
"ޝާހްރުކްޒް"ގެ ނަން ދޭން ނިންމާފައިވާ 56 ފުލޯގެ އެ ޓަވަރު އަޅަނީ ދުބާއީގެ މައި މަގު ކަމަށްވާ ޝެއިހް ޒައިދު ރޯޑުގަ އެވެ. އެ ޓަވަރު އަޅަނީ ދުބާއީގައި ހިންގާ ޑަނުބޭ ގްރޫޕް ކިޔާ ކުންފުންޏަކުންނެވެ. އެއީ ދުބާއީގައި ވިޔަފާރިކުރާ އިންޑިއާ މީހެއް ކަމަށްވާ ރިޒްވާން ސަޖަންގެ ކުންފުންޏެވެ. އޭނާއަކީ ދުބާއީގައި ވިޔަފާރިކުރާ އިންޑިއާ މީހުންގެ ތެރެއިން އެންމެ މުއްސަނދި އެކަކެވެ.
ކުރިއަށް އޮތް 3-4 އަހަރުގެ ތެރޭގައި މަސައްކަތް ނިންމަން ހަމަޖެހިފައިވާ އެ ޓަވަރުގެ ތިރީގައި ޝާހުގެ ސްޓެޗޫއެއް ވެސް ބަހައްޓާނެ އެވެ.
މީގެ ދެ އަހަރު ކުރިން 2023 ގައި ގެނެސްދިން، ވައިއާރުއެފްގެ ސްޕައި ޔުނިވާސްގައި ހިމެނޭ "ޕަތާން"އަކީ ޝާހުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. ބޮކްސް އޮފީހުގައި އެ ފިލްމަށް ވަނީ 1،050 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.
"ޕަތާން 2"ގެ މަސައްކަތް ކުރާކަން ފިޔަވާ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ޝާހުގެ ކުރިއަށް އޮތް ފިލްމަކީ "ކިންގް" އެވެ. އެކްޝަން ތުރިލާ އެ ފިލްމުގެ "ޓައިޓަލް ރިވީލް" ޓީޒާ އާންމުކުރީ ޝާހުގެ 60 ވަނަ އުފަންދުވަހާ ދިމާކޮށް މިދިޔަ ނޮވެމްބަރު މަހު ދޭއްގަ އެވެ.
"ކިންގް"ގައި ޝާހުއާ އެކު އޭނާގެ ދަރިފުޅު ސުހާނާ ޚާން ވެސް ފެންނާނެ އެވެ. އަދި މުހިންމު ރޯލުތަކުން ރާނީ މުކަރްޖީ، ދީޕިކާ ޕަޑުކޯން، އަބީޝެކް ބައްޗަން އަދި ޖައިދީޕް އަހްލަވަތު ވެސް ފެންނާނެ އެވެ.
"ކިންގް" ޑައިރެކްޓުކުރަނީ "ޕަތާން" ވެސް ގެނެސްދިން ސިދާތު އާނަންދެވެ. އަދި، ސިދާތުއާ އެކު "ކިންގް"ގެ ސްކްރިޕްޓު ލިޔުނީ "ކަހާނީ" އާއި "ބަދުލާ" ކަހަލަ ކާމިޔާބު ތުރިލާ ފިލްމުތައް ޑައިރެކްޓްކުރި ސުޖޯއީ ގޯޝް އެވެ.
"ކިންގް" އަށް ރާނީ ލިބިއްޖެ
"މޭ ހޫ ނާ"ގެ ސީކުއެލްއެއްގެ މަސައްކަތް ފަށައިފި
ޝާހު އާއި ސުހާނާގެ ފިލްމަށް ކިޔަނީ "ދަ ކިންގް"
ޝާހުގެ "ޖަވާން" ރިލީޒްކުރިތަނުން ލީކުކޮށްލައިފި
ޝާހުގެ "ޖަވާން"ގެ ޓްރެއިލާ ނެރެފި
އަކްޝޭ ކަންނާ އަށް ހާއްސަ ސަމާލުކަމެއް!
"ތުރީ އިޑިއަޓްސް"ގެ ސީކުއެލްގެ މަސައްކަތް ފަށައިފި
"ޖީ ލޭ ޒަރާ"ގެ މަސައްކަތް އަލުން ފަށައިފި
ރަންވީރުގެ "ދުރަންދަރު"އަށް ބޮޑު ތަރުހީބެއް
ދަނުޝް އާއި ކްރިތީގެ ފިލްމަށް 100 ކްރޯޑް ރުޕީސް