Roadha Mihaaru
ގާސިމް އީވާއަށް: އަވަހަށް ރިޔާސަަތުން ފައިބާ!

ގާސިމް އީވާއަށް: ރިޔާސަތުގައި ނީނދެވޭނެ، އަވަހަށް ފައިބާ!

13 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްދާއިރު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ރިޔާސަތުގައި ނީނދެވޭނެ ކަމަށާއި އަވަހަށް ރިޔާސަތުން ފައިބައިވަޑައިގެންނެވުމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްދާއިރު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ރިޔާސަތުގައި ނީނދެވޭނެ ކަމަށާއި އަވަހަށް ރިޔާސަތުން ފައިބައިވަޑައިގެންނެވުމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.

ގިނަ ދުވަސްތަކަކަށް ފަހު މަޖިލީހަށް ވަޑައިގެން، ނަޝީދު މައްސަލަ ކުރިއަށް ދިޔަ ޖަލްސާގައި ނިޒާމީ ނުކުތާ ނަންގަވައި ގާސިމް ވަނީ ޑިމޮކްރެޓްސްގެ މެންބަރުން އެ ޖަލްސާއަށް ހުރަސް އެޅުން ކުށްވެރިކޮށް، ވޯޓަށް ޖާގަ ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

"ޑިމޮކްރެޓް ޕާޓީގެ މީހުން ނުކުމެ މަޖިލިސް ހަޅުތާލުކޮށްގެން މުޅި ސިސްޓަމް ނަގާލައި ރައްޔިތުންގެ މަސްލަހަތަށާއި ދިވެހި ރައްޔިތުންގެ އަހުލާގަށް ވަރަށް ބޮޑެތި ނިކަމެތިކަމާއި ތުރާ ލިބޭނެ ގޮތަށް ކަންތައްތައް ވެގެންދާއިރު ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ނައިބު ރައީސަށް އެ މައްސަލަ ގާނޫނު އަސާސީގައިވާ ގޮތަށް ނުވެސް ގެންދެވޭނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، މިއީ އީވާގެ ސީދާ މަސްލަހަތު އޮތް މައްސަލައެއް ކަމަށާއި މި މައްސަލައިގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށެވެ.

ޖަލްސާ ނިންމާލުމަށް ފަހު އީވާ އަދިވެސް އިންނެވީ މަޖިލިސް ރައީސްގެ ގޮނޑިކޮޅުގައި އިށީނދެވަޑައިގެން -

ޖަލްސާ ނިންމާލުމަށް ފަހު އީވާ އަދިވެސް އިންނެވީ މަޖިލިސް ރައީސްގެ ގޮނޑިކޮޅުގައި އިށީނދެވަޑައިގެން -

"އަވަހަށް ތިތަނުން ފައިބާވަޑައިގަންނަވާ، ނައިބު ރައީސަކަށް ތި މައްސަލަ ނުބެލެހެއްޓެވޭނެ، އެއީ އެތައް ގޮތަކުން ކަމަނާ ފުށޫއަރާ ކަމެއް،" ޑިމޮކްރެޓްސް މެންބަރުން އަޑުގަދަކުރައްވަމުން ގެންދެވިއިރު ގާސިމް ވިދާޅުވި އެވެ.

މަޖިލިސް ރައީސް ކަން ވެސް ކުރައްވާފައިވާ ގާސިމަކީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި ރިޔާސަތު ބެލެހެއްޓޭނެ މެންބަރެކެވެ.

މަޖިލީހުގެ އާންމު ކޮމިޓީން ވަނީ އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ދެއްވި ލަފައާ އެއްގޮތަށް ނަޝީދުގެ ނުފޫޒު އޮންނަ މެންބަރުންނަކަށް ރިޔާސަތުގައި ނީނދެވޭނެ ކަމަށް ލަފާ ދެއްވައިފަ އެވެ. ނަމަވެސް، އީވާ ރިޔާސަތުން ފޭބުމަށް އަމީންއާންމު ލަފާ ދެއްވިނަމަވެސް، އެކަމަށް އީވާ ދެކޮޅު ހެއްދެވި ކަމަށް މެންބަރުން ބުނެ އެވެ. އެ ޖަލްސާ ނިންމާލުމަށް ފަހު އީވާ އަދިވެސް އިންނެވީ މަޖިލިސް ރައީސްގެ ގޮނޑިކޮޅުގަ އެވެ.