Roadha Mihaaru
ހައިކޯޓަށް ފަނޑިޔާރަކު އައްޔަންކުރުން ހުއްޓުވަން އެދެފި

ހައި ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުން ހުއްޓުވަން އޭސީސީގައި އެދިއްޖެ

13 ނޮވެމްބަރ 2023

ހައި ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމުގެ މަސައްކަތް ކުރަނީ ވަކި ބޭފުޅަކަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަކަށް ކަމަށް ބުނެ ހުއްޓުވައިދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ޝަކުވާ ހުށަހަޅައިފި އެވެ.

ހައި ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމުގެ މަސައްކަތް ކުރަނީ ވަކި ބޭފުޅަކަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަކަށް ކަމަށް ބުނެ ހުއްޓުވައިދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ޝަކުވާ ހުށަހަޅައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލް ރިޓަޔާކުރަން ނިންމެވުމުން އެ މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އޮތީ ހުޅުވާލައިފަ އެވެ. އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ހަ ބޭފުޅަކު ކުރިމަތިލައްވާފައިވެ އެވެ.

އާންމުންގެ މީހަކު އޭސީސީއަށް ފޮނުވި ސިޓީގައިވަނީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލުމުގައި ޖޭއެސްސީން އަމަލުކުރީ ކުރިން އަމަލުކުރި ގޮތާ ހިލާފަށް ކަމަށެވެ. އެގޮތުން ފަނޑިޔާރު ޝަކީލް އަދިވެސް މަގާމުގައި ހުއްޓާ އެ މަގާމަށް ބޭފުޅަކު ހޯދަން އިއުލާން ކުރުމަކީ ކުރިން އަމަލުކުރި އުސޫލާ ހިލާފް ކަމެއް ކަމަށް އެ ސިޓީގައިވެ އެވެ. އަދި ޖޭއެސްސީގެ މެމްބަރު އަބްދުލްމާނިއު ހުސައިން ވެސް އެ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.

އެ ސިޓީގައިވަނީ ހައި ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމުގެ މަސައްކަތް ކުރަނީ ވަކި ފަރާތަކަށް ފައިދާއެއް ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި އެކަން ބަލައި، ތަހުގީގު ކުރުމަށާއި އަދި ތަހުގީގު ނިމެންދެން ހައި ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުން ހުއްޓުވައިދޭން ވެސް ސިޓީގައި އެދިފައިވެ އެވެ.

ފަނޑިޔާރު ޝަކީލް ރިޓަޔާވުމުގެ ފުރުސަތު ދޭން ނިންމީ އޭނާގެ ސިއްހީ ސަބަބުތަކަށްޓަކަ އެވެ.