08 ފެބުރުއަރީ 2017
މެމޯގްރަފީގެ އެހީގައި އުރަމަތީ ކެންސަރަށް ސްކްރީން ކުރުމުގެ ޚިދުމަތާ އެކު، އުރަމަތީގެ ބަލިތަކަށް ފަރުވާ ދޭ ޚާއްސަ ކްލިނިކެއް އައިޖީއެމްއެޗުގައި މިއަދު ހުޅުވައިފި އެވެ.
މެމޯގްރަފީގެ އެހީގައި އުރަމަތީ ކެންސަރަށް ސްކްރީން ކުރުމުގެ ޚިދުމަތާ އެކު، އުރަމަތީގެ ބަލިތަކަށް ފަރުވާ ދޭ ޚާއްސަ ކްލިނިކެއް އައިޖީއެމްއެޗުގައި މިއަދު ހުޅުވައިފި އެވެ.
އައިޖީއެމްއެޗުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކްލިނިކް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އެވެ.
ރާއްޖޭގެ އަންހެނުންނަށް އެންމެ ގިނައިން ޖެހޭ އުރަމަތީ ކެންސަރަށް ސްކްރީން ކުރުމުގެ ހިދުމަތް މީގެ ކުރިން ވެސް އައިޖީއެމްއެޗުން ދެ އެވެ. އެކަމަކު އެއީ އެޕޮއިންޓްމަންޓް ހައްދައިގެންނެވެ.
އައިޖީއެމްއެޗުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް އާއި ހެލްތު މިނިސްޓަރު ނާޒިމް (ކ) ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ
އެ ހޮސްޕިޓަލުގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ އުރަމަތީ ކެންސަރަށް ސްކްރީން ކުރުމުގެ ހިދުމަތް އަލުން ރީލޯންޗު ކުރުމުން، އެޕޮއިންޓްމަންޓަކާ ނުލައި ފަސޭހަކަމާ އެކު ހިދުމަތް ހޯދޭނެ ކަމަށެވެ.
ރޭޑިއޮލޮޖީ ޑިޕާޓްމެންޓުގައި މި ވަގުތު މި ހިދުމަތް ދޭން ހަމަޖެހިފައިވަނީ ހަމައެކަނި އަންގާރަ ދުވަހު އެކަންޏެވެ. އެކަމަކު ލިބޭ ތަރުހީބަށް ބަލާފައި އިތުރު ދުވަސްތަކުގައި ހިދުމަތް ދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އުރަމަތީ ކެންސަރުގެ އަލާމާތްތައް ފެންނަނީ ބަލީގެ ވަރަށް ފަހުކޮޅަށް ދިޔުމުންނެވެ. އެހެންވެ، ބަލި ޖެހިފައިވާކަން ގިނަ މީހުންނަކަށް ނޭނގެ އެވެ.
އައިޖީއެމްއެޗުގެ ޑޮކްޓަރު، އަބްދުﷲ އަޒްހަރު ވިދާޅުވީ އުރަމަތީ ކެންސަރު ޖެހިފައިވާކަން ބަލީގެ ކުރީކޮޅު ދެނެގަނެވިއްޖެ ނަމަ ފަސޭހަ ކުރެވޭނެ ކަމަށެވެ. އެހެންވެ، ބަލި ޖެހިފައިވާކަން ވީހާވެސް އަވަހަކަށް ދެނެގަތުމަށް މެމޯގްރަފީ ހެދުން ފަދަ ހިދުމަތްތައް ހޯދުމަކީ މުހިއްމު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
އުރަމަތީ ބަލިތަކަށް ފަރުވާ ދޭ ކްލިނިކް ހުޅުވައި، އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމުގެ ހިދުމަތް ފެށުމަށް އައިޖީއެމްއެޗުގައި ބޭއްވި ރަސްމިއްޔާތެއްގައި އެތަނުގެ ބައެއް ޑޮކްޓަރުން ބައިވެރިވަނީ -- ފޮޓޯ: ނިޝާން އަލީ
މެމޯގްރަފީ ހެދުމުން، ކެންސަރަށް ޝައްކު ކުރެވޭ ކަހަލަ އެއްވެސް ކަމެއް ފެނިއްޖެ ނަމަ ކަމާ ގުޅޭ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު އެ ޑިޕާޓްމެންޓުން ހަމަޖައްސައިދޭނެ އެވެ. އަދި އެފަދަ ކަމެއް ނެތް ނަމަ، ފަސް ދުވަހުގެ ތެރޭގައި ރިޕޯޓު ހަވާލުކުރާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އައިޖީއެމްއެޗުގައި އުރަމަތީގެ ކެންސަރަށް ފަސޭހައިން ސްކްރީން ކުރެވޭނެ ގޮތް ހެދުމަކީ ސިއްހީ ތާރީހުގައި އަނެއްކާވެސް ކުރިއަށް އެޅި ފިޔަވަޅެއް ކަމަށެވެ.
އުރަމަތީގެ ކެންސަރުގެ ބިރު ރާއްޖޭގައި ބޮޑުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ބަލި ކުރިން ދެނެގަތުމަށް، ސްކްރީން ކުރުން ވަރަށް މުހިއްމު ކަމަށެވެ.
"އެހެންވެ، ހާއްސަކޮށް 40 އަހަރުން މަތީގެ އަންހެނުންނަށް އަޅުގަނޑު އިލްތިމާސް ކުރަން ދެ އަހަރުން އެއް އަހަރު، މި ބައްޔަށް ސްކްރީން ކުރުމަށް. އަދި އެހެން މީހުން ވެސް މި ހިދުމަތް ލިބިގަތުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. ޝިފާން: ފުން ލޯތްބަކާއެކު ދިވެހިންނަށް ހާއްސަ
އާބާދީގެ ނިސްބަތުން ރާއްޖޭގައި ޑޮކްޓަރުން ގިނަ
އައިޖީއެމްއެޗްގައި ކެންސަރަށް ސްކްރީން ކުރަން ފަށަނީ
ފަސްނުޖެހި، އުރަމަތީ ކެންސަރުގެ ވާހަކަދައްކަން އެދިއްޖެ
ޓީވީ ތަރި، ޗަވީ އަށް އުރަމަތީގެ ކެންސަރު ޖެހިއްޖެ
މިހާރު އެންމެ ގިނައީ އުރަމަތީގެ ކެންސަރު
މަރުވީ އައިޖީއެމްއެޗުން ކޮވިޑް ޖެހުނު ކެންސަ ޕޭޝަންޓެއް
މަރުވި އަންހެންމީހާގެ މައުލޫމާތު ލިސްޓް ހެދިއިރު ނުލިބޭ
ޑަބްލިއުއެޗްއޯ އިން 10،000 ޓެސްޓްކިޓް ހަދިޔާކޮށްފި
ފަސް ސަރަހައްދެއްގައި ކޮވިޑަށް ޓެސްޓުކުރެވޭނެ ގޮތްހަދަނީ