Roadha Mihaaru
ޓީވީ ތަރި، ޗަވީ އަށް އުރަމަތީގެ ކެންސަރު ޖެހިއްޖެ

ޓީވީ ތަރި، ޗަވީ އަށް އުރަމަތީގެ ކެންސަރާ ހަނގުރާމަކުރަނީ

23 އެޕްރީލް 2022

އިންޑިއާގެ ޓީވީ އެކްޓްރެސް، ޗަވީ މިތަލް އަށް އުރަމަތީ ކެންސަރު ޖެހިއްޖެ އެވެ.

އިންޑިއާގެ ޓީވީ އެކްޓްރެސް، ޗަވީ މިތަލް އަށް އުރަމަތީ ކެންސަރު ޖެހިއްޖެ އެވެ.

އިންސްޓަގްރާމް މެދުވެރިކޮށް، މީގެ ތިން ދުވަސް ކުރިން އޭނާ އާންމުކުރި ޕޯސްޓުގައި ވަނީ ކަސްރަތުކުރުމުގެ ތެރޭގައި މެޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ހެދި ޓެސްޓުތަކުން، އޭނާ އަށް އުރަމަތީ ކެންސަރު ޖެހިފައިވާ ކަން އެނގިފައިވާ ކަމަށެވެ.

އޭނާގެ ޕޯސްޓުގައި އޭނާ ބުނީ ކޮންމެ ފަހަރަކު ނަސީބަކުން އެނގިދާނެ ކަމަށް ދޫކޮށްލައިފައި ބޭއްވުމުގެ ބަދަލުގައި، ކޮންމެ ހަ މަހަކުން އެއް ފަހަރު އަންހެނުން އެ ކަމަށް ޓެސްޓްކުރުން މުހިއްމު ކަމަށް ބުނެފަ އެވެ.

ކޮންމެ ދުވަހަކު ވެސް ޗަވީ އަންނަނީ އިންސްޓަގްރާމްގައި، ވަރަށް ހިތްވަރާ އެކު އޭނާގެ ހާލަތު ކިޔައިދެމުންނެވެ.

ޗަވީ ބުނީ މީޑިއާތަކުން އޭނާގެ ވީޑިއޯ އިންޓަވިއު ނަގަން ބޭނުންވެގެން ގުޅިޔަސް، އޭނާގެ ހިތްވަރު ހުރި މިންވަރަކުން އެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އަންނަ ކަމަށެވެ.

އޭނާ ބުނީ ކޮންމެ ދުވަހަކު ހިތްވަރު ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި މިއަދު ދެރަވެ، މާޔޫސްވިޔަސް މާދަމާ އޭނާ އެކަމާ ހިތާމަކުރުން ނިމުމަކަށް އަންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި އެކަމާ ދެރަވުން ހުއްޓާލައި، "ނެގެޓިވް އިމޯޝަންސް"ތަކާ ވެސް ދުރަށް ދާނެ ދުވަހެއް އެބަ އޮތް ކަމަށް އޭނާ ބުންޏެވެ.

އުމުރުން 41 އަހަރުގެ ޗަވީ ވަނީ ހިންދީ ގިނަ ފިލްމުތަކެއްގައި ވެސް މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "އޭކް ޗުޓްކީ އާސްމާން" އާއި "އަދާލަތު" އާއި "ޕަލް ޕަލް ދިލް ކޭ ސާތު" އަދި "ތުމްހާރީ ދިޝާ" ހިމެނެ އެވެ.