14 ނޮވެމްބަރ 2023
އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކޮށްދީފިނަމަ، ކްލަބްތަކަށް ސަރުކާރުގެ ތެރެއިން އެހީވާނެކަމުގެ ޔަގީންކަން ދިނިން ކަމަށާއި ނަމަވެސް ކްލަބްތަކުން އެގޮތް ބޭނުން ނުވީ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކޮށްދީފިނަމަ، ކްލަބްތަކަށް ސަރުކާރުގެ ތެރެއިން އެހީވާނެކަމުގެ ޔަގީންކަން ދިނިން ކަމަށާއި ނަމަވެސް ކްލަބްތަކުން އެގޮތް ބޭނުން ނުވީ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މިސަރުކާރު ފެށުނުތަނާ ކައިރީގައި، މަހްލޫފް އިސްނަންގަވައިގެން ކްލަބްތައް ލައްވައި ސޮއިކޮށް އެފްއޭއެމްގެ ލީޑާޝިޕްގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގަން ކޮންގްރެސްއެއް ބާއްވައި ދިނުމަށް އެދުނެވެ.
"އޭރު ވަރަށް ސާފުކޮށް ކްލަބްތަކާ އެކީ މަޝްވަރާކޮށްފަ އަޅުގަނޑުމެން ބުނިން. އަޅުގަނޑުމެން މި އުޅެނީ (އެފްއޭއެމް އަށް) ބަދަލެއް ގެންނަންކަން. އެ ބަދަލުގައި އަޅުގަނޑުމެންނާ އެކީގައި ބައިވެރިވާ ކަމަށްވަންޏާމު ސަރުކާރުގެ ތެރެއިން އެކި ކަހަލަ އެހީތަކާއި އެއްބާރުލުން ވެސް ލިބޭނެ ވާހަކަ އޮންނާނީ ދައްކާފަ. ނަމަވެސް ކްލަބްތަކުން ބޭނުމެއް ނުވި،" 'މިހާރު' ގެ 'މެދުސޮފްހާ' އަށް ދެއްވި އިންޓަވިއުގައި މަހްލުފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތުގައި އޭނާ އުޅުއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ކަމަށެވެ. މަހްލޫފް ވިދާޅުވީ އޭނާ އެކަނިމާއެކަނި ކުރެއްވި މަސައްކަތުން ކްލަބްތަކުގެ ސޮއިކޮށްގެން އިތުބާރު ނެތްކަމަށް ނޭގޭނެ މިންވަރަށް ސޮއި ވެސް ހޯދުނު ކަމަށެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އާއި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް: މަހްލޫފް ވިދާޅުވީ ބައްސާމް ބަދަލު ކުރަން ކްލަބްތަކުން ބޭނުން ނުވީ ކަމަށް --- ފައިލް ފޮޓޯ: އެފްއޭއެމް
"އެކަމަކު ފީފާގެ ކޮމިޓީގެ ބޭފުޅުން ރާއްޖެ ވަޑައިގެން ކްލަބްތަކާ ބައްދަލުކުރީމަ ބައެއް ކަލްބްތަކުން ބުނި ތިމަންނަމެންނަށް ނުވެސް އެނގިޔޭ ތިމަންނަމެންގެ ސޮއި އެއޮތީ. ތިމަންނަމެން ސޮއި ނުވެސް ކުރަމޭ،" މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭނާ އެ މަސައްކަތް ހުއްޓާލީ، ރާއްޖެ ސަސްޕެންޑްވީ އޭނާގެ ސަބަބުންނޭ ބުނަން ބޭނުން ނުވާތީ ކަމަށެވެ.
"ރާއްޖޭގެ ފުޓްބޯޅަ ސަސްޕެންޑްވީ މަހްލޫފާ ހެދިއޭ ބުނާކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ މައްޗަށް އެބަހުރި ރައީސުލްޖުްމހޫރިއްޔާ [އިބްރާހިމް މުހައްމަދު ސޯލިހް]، އާނ މައްސަލައެއް ނެތޭ. އެ މަސައްކަތް ތިވަރަށް [ސަސްޕެންޑް ވިޔަސް] ވެސް ކުރާށޭ ރައީސް ވިދާޅުވިނަމަ އަޅުގަނޑު އެކަން ކުރަންވީ."
ފުޓްބޯޅަ އާއި ޓީޓީ އާއި ވޮލީ އަދި ބާސްކެޓާއި ހޭންޑްބޯޅަ ޓީމުތަކާ ބައްދަލު ކުރުމަށް ޔޫތު މިނިސްޓްރީން ބޭއްވި ހަފްލާއެއްގައި މަހްލޫފް ވާހަކަ ދައްކަވަނީ .-- ފައިލް ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އިންޓަވިއުގައި މަހްލޫފް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުން ފުޓްބޯޅަ ކްލަބްތަކަށް އެކަނި ތިން މިލިއަން ރުފިޔާ ދިނުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށެވެ.
"އެހެން ވެއްޖެއްޔާ ވޮލީގެ ކްލަބަށް ދޭށޭ. ބާސްކެޓްބޯޅައިގެ ކްލަބަށް ވެސް ދޭށޭ." އޭނާ ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި އޭނާގެ މިނިސްޓަރުކަމުގައި އެޅި ދަނޑުތަކާ އެކު، އޭނާ ވާނީ ރާއްޖޭގެ ފުޓްބޯޅަ އަށް ބޮޑު އިންވެސްޓެއް ކުރި މީހަކަށް ކަމަށް މަހްލޫފް ވިދާޅުވި އެވެ.
"(އަޅުގަނޑުމެން އައި އިރު) ރަށްރަށުގެ ފުޓްބޯޅަ ދަނޑުތައް އޮތީ ވާ [ގަސް] ބޯވެފަ. ނޫންނަމަ އޮށްގާ ދަނޑުތަކަކަށް ބަދަލުވެފަ." އޭނާގެ މިނިސްތަރުކަމުގެ ދަށުގައި 50 އަށް ވުރެ ގިނަ ރަށުގައި ދަނޑުތައް ޓާފް އަޅައިގެން ދަނޑުތައް ހަނދާފައިވާނެކަން ފާހަގަކޮށް މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިތުރު 100 ވަރަކަށް ރަށުގައި ދަނޑުތައް ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.
"މީހަކު ހަގީގަތަށް ވާހަކަ ދައްކާނަމަ އަޅުގަނޑަކީ ފުޓްބޯޅަ އަށް އިންވެސްޓެއްކަމަށް ވެދާނެ. އަޅުގަނޑަށް ހީވަނީ އެ ވާހަކަ މީހުން ދައްކާނެ މީގެ ފަސް ވަރަކަށް އަހަރުފަހުން،" މަހްލޫފް ވިދާޅުވި އެވެ.
މިލޯ ހުންނާނެތަ؟ މޯހަން މަޑުކުރާނެތަ؟ ނޭނގެ!
"ހިލޭ" ކުރި މަސައްކަތް އެހެން މުވައްޒަފަކަށް ހިލޭ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު ފަސްކޮށްފި، އެފްއޭއިން ވަކި އެއްޗެއް ނާންގާ
ލީގު މެދުކަނޑާލީ ގޯތީގެ ގުރުއަތު ދަނޑުގައި ބާއްވާތީ
ރޯގާއަކާ ހެދި މެޗު ދޫކޮށްލުން، ފުޓްބޯޅަ ގޯހުންގޯހަށް
ރަށްރަށަށް ދަނޑު، ފުޓްބޯޅައިގެ ބާރު މާލޭ ޓީމުތަކަށް
ފުޓުބޯޅަ ހަލާކުވެއްޖެ، ޒިންމާ ނަގާނެ ބަޔަކު ނެތް!
ދިވެހި ލީގު ޓައިޓަލް ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ
ކްލަބްތަކުގެ ބިދޭސީ ކުޅުންތެރިންގެ ޖާގަ ހަޔަކަށް