ފ. މަގޫދޫގައި ހަދަމުން އަންނަ އެއާޕޯޓު ހިންގުމުގެ މަސައްކަތްތައް ރީޖަނަލް އެއާޕޯޓާ ހަވާލުކޮށްފި އެވެ.
14 ނޮވެމްބަރ 2023
ފ. މަގޫދޫގައި ހަދަމުން އަންނަ އެއާޕޯޓު ހިންގުމުގެ މަސައްކަތްތައް ރީޖަނަލް އެއާޕޯޓާ ހަވާލުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ރީޖަނަލް އެއާޕޯޓް ކުންފުންޏާ ހަވާލުކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެ އެއާޕޯޓް ހިންގުމުގެ ހުރިހާ ބާރެއް އެ ކުންފުންޏަށް މިހާރު ދީފައިވާ ކަމަށް ރީޖަނަލް އެއާޕޯޓުން ބުންޏެވެ.
ރީޖަނަލް އެއާޕޯޓުން ބުނީ އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ އެ އެއާޕޯޓުގެ މަސައްކަތަކީ 230 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށެވެ. އަދި އެއާޕޯޓް ތަރައްގީކުރަން ފެށި އިރު އެ ތަނުގައި 1200 މީޓަރުގެ ރަންވޭއެއް އަޅަން ނިންމާފައި އޮތް ނަމަވެސް އެ ތަނުގެ ރަންވޭ ބޮޑު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައި، 1800 މީޓަރުގެ ރަންވޭއަކަށް އެ އެއާޕޯޓުގެ ރަންވޭ ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރީޖަނަލް އެއާޕޯޓްސްއިން ބުނީ އެއާޕޯޓްގެ ފަޔާ ބިލްޑިންގެ މަސައްކަތްތަކާއި ޕެސެންޖަރު ޓާމިލަން ސްޓްރަކްޗަރުގެ މަސައްކަތްތައް ނިންމައި، މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތްތަކެއް ކަމަށެވެ.
މި އެއާޕޯޓުގައި ޖެޓްތައް ޕާކްކުރެވޭނެ ޕާކިން ސަރަހައްދަކާއި، ޖެޓް ފިއުލް ފާމެއް ތަރައްގީކުރުމަށް ވަނީ ނިންމައިފަ އެވެ. އެ ތަންތަން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނިމޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސްއިން ބުންޏެވެ.
މި ޕްރޮޖެކްޓުގައި ޖެޓްތަކުގައި އަންނަ ކުރޫން މަޑުކުރެވޭނެ ހޮޓަލެއް އިމާރާތްކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ. ރީޖަނަލް އެއާޕޯޓްސްއިން ބުނި ގޮތުގައި މަސައްކަތްތައް ޝެޑިއުލާ އެއްގޮތަށް ކުރިޔަށް ދާނަމަ ޖެނުއަރީ މަހުގެ ތެރޭގައި އެއާޕޯޓް އޮޕަރޭޓް ކުރަން ފެށޭނެ އެވެ.
ރީޖަނަލް އެއާޕޯޓްސްއިން ބުނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މ. މުލީގައި ތަރައްގީކުރާ އެއާޕޯޓު ވެސް ނިންމައި ހިދުމަތް ފެށޭނެ ކަމަށެވެ.
މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަނެއްކާވެސް ފަށައިފި
މަގޫދޫ އެއާޕޯޓު މައްސަލާގައި ކުއްލި މައްސަލައެއް!
އެއާޕޯޓްގެ ސަރަހައްދު މަގޫދޫގެ އިހުތިސާސުން ވަކިކޮށްފި
މުލީ އެއާޕޯޓް އަންނަ މާޗް މަހު ހުޅުވަނީ
މަގޫދޫ ސްކޫލަށް ކައުންސިލުން އެއް މިލިއަން ރުފިޔާ
އެމްއޭސީއެލްގެ ދަށަށް ރީޖަނަލް އެއާޕޯޓްސް ބަދަލުކުރަނީ!
ހަނިމާދޫ އެއާޕޯޓުގެ 67.5 ޕަސެންޓު ނިމިއްޖެ
20 މިލިއަން ޑޮލަރުގެ ސިޓީ ހޮޓަލެއް ފަރެސްމާތޮޑާގައި
ހަނިމާދޫ އެއާޕޯޓުން ބޭރުގެ ދަތުރުތައް އަލުން ފަށައިފި
މަގޫދޫ އެއާޕޯޓު މައްސަލައިގައި ސިލްސިލާ މުޒާހަރާތައް