Roadha Mihaaru
ހަންގޭރީގައި ހަމްނާ، ގައުމީ ދެ ރެކޯޑެއް މުގުރާލައިފި

ހަންގޭރީގައި ހަމްނާ، ގައުމީ ދެ ރެކޯޑެއް މުގުރާލައިފި

15 ނޮވެމްބަރ 2023

ހަންގޭރީގައި ކުރިއަދިޔަ އެ ގައުމުގެ 19 ވަނަ ގައުމީ ޝޯޓްކޯސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ އަންހެން ފެތުންތެރިޔާ ހަމްނާ އަހުމަދު، ދެ އިވެންޓަކުން ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

ހަންގޭރީގައި ކުރިއަދިޔަ އެ ގައުމުގެ 19 ވަނަ ގައުމީ ޝޯޓްކޯސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ އަންހެން ފެތުންތެރިޔާ ހަމްނާ އަހުމަދު، ދެ އިވެންޓަކުން ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

ހަމްނާ ގައުމީ ރެކޯޑް ހެދީ 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އާއި 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުންނެވެ.

އިންޑިވިޖުއަލް މެޑްލޭ 200 މީޓަރު އިވެންޓުން ހަމްނާ ގައުމީ ރެކޯޑް މުގުރާލީ، ދެ މިނިޓް 55.12 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ. މީގެ ކުރިން މި އިވެންޓުގެ ގައުމީ ރެކޯޑް އޮތީ 2016 ވަނަ އަހަރު އޮތް 13 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ދެ މިނިޓް 57.23 ސިކުންތުން ފެތި އައިޝަތު ސައުސަން އަތުގަ އެވެ.

ފަންސާސް މީޓަރު ބްރެސްޓްސްރޯކް އިވެންޓުގެ ގައުމީ ރެކޯޑް މުގުރާލީ، 37.88 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ. ކުރިން ރެކޯޑް އޮތީ 2019 ވަނަ އަހަރު ބޭއްވި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 38.53 ސިކުންތުން ރޭސް ފުރިހަމަކުރި އައިޝަތު ސާޖިނާ އަތުގަ އެވެ.

މި މުބާރާތުގައި 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އާއި 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ އިތުރުން ވެސް ތިން އިވެންޓެއްގައި ހަމްނާ ވަނީ ފަތައިފަ އެވެ. އެއީ 50 މީޓަރު ފްރީސްޓައިލާއި ބެކްސްޓްރޯކް އަދި ބަޓަފްލައި އިވެންޓެވެ.