Roadha Mihaaru
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައީސަށް ހުށަހަޅަނީ

މަޖިލީހަށް ފިއްތުން ބޮޑުވުމުން، އިޒްރޭލު ޕާސްޕޯޓް މަނާކުރަން ރައީސަށް ހުށަހަޅަން ނިންމައިފި

15 ނޮވެމްބަރ 2023

ފަލަސްތީނުގެ ބިންތަކަށް ނުހައްގުން ވެރިވެ، އެ ގައުމުގެ މީހުންނަށް ލާއިންސާނީ އަނިޔާ ދެމުން ގެންދާ އިޒްރޭލްގެ މީހުންގެ ޕާސްޕޯޓު ރާއްޖެ އިން ބަލައިނުގަތުމަށާއި އެ ތަނުގެ ޓޫރިސްޓުން ރާއްޖެ އައުން ހުއްޓުވުމަށް ގޮވާލައި މަޖިލިސް ކުރިމަތީގައި މުޒާހަރާ ކުރުމުން، އެ ނިންމުން ނިންމަވައިދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއަކުން ހުށަހަޅަން މަޖިލީހުގެ ހާރިޖީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު މިއަދު ވަނީ މަޖިލިސް އިދާރާ ދޮރުމަތީގައި އިހުތިޖާޖުކޮށްފަ އެވެ. ފެހި ހެދުމުގައި ކުރި އެ އިހުތިޖާޖުގައި އެ މީހުންގެ އެންމެ ބޮޑު ޑިމާންޑަކީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމެވެ.

އެ ފިއްތުންތަކާ އެކު، މިއަދު 11:30 އަށް އެޖެންޑާކުރި ހާރިޖީ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ވަނީ އިޒްރޭލުން ހިންގަމުން އަންނަ ގަތުލުއާންމު ކުށްވެރިކޮށް، އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެންނަން ޖެހޭ ކަން ފާހަގަކޮށްފަ އެވެ.

ކޮމިޓީގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ރާއްޖެއަށް އިޒްރޭލުގެ މީހުން ނުދިއުމަށް އެ ގައުމުން އެދިފައިވާކަން ފާހަގަކުރައްވައި ރާއްޖެއިން އެކަން ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަށް ބާރު ދެއްވައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، އިޒްރޭލު މީހުން ރާއްޖެ އައުމަކީ ދިވެހިން އެދޭ ގޮތެއް ނޫން ކަމަށެވެ.

"އިޒްރޭލު ރައްޔިތުންނަށް މަރުހަބާ ކިޔުމަކީ ދިވެހިން އެދޭ ގޮތެއް ނޫން. އަދި އެގޮތުން ހޯދާ ފައިސާ ރައްޔިތުން ކޮންމެހެން ހިތްހަމަޖެހޭ އެއްޗަކަށް ވެސް ނުވާނެ،" ސަލީމް ވިދާޅުވި އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގޮވާލާ ކުރި އިހުތިޖާޖުގެ ބައިވެރިންތަކެއް. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގޮވާލާ ކުރި އިހުތިޖާޖުގެ ބައިވެރިންތަކެއް. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އިޒްރޭލު ޕާސްޕޯޓާއި ޓޫރިސްޓުން ރާއްޖެ އިން ބޮއިކޮޓް ކުރުމުގެ މައްސަލައިގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު ކޮމިޓީއަށް ފޮނުވާފައިވާ ސިޓީއާ މެދު މަޝްވަރާކޮށް، ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމީ އެ ސިޔާސަތު ތަންފީޒުކުރުމަށް ސަރުކާރުގައި އެދުމަށެވެ.