Roadha Mihaaru

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު އިސްތިއުފާ ހުށަހަޅުއްވައިފި

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު އިސްތިއުފާ ހުށަހަޅުއްވައިފި އެވެ.

ސީޕީ އަހުމަދު އިސްތިއުފާ ހުށަހަޅުއްވައިފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

15 ނޮވެމްބަރ 2023

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު އިސްތިއުފާ ހުށަހަޅުއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވާފައި ވަނީ ހޮނިހިރު ދުވަހުން ފެށިގެންނެވެ.

އިސްތިއުފާ ދެއްވުމަށް ފަހު އޭނާ ވަނީ، މަގާމުގައި ހުންނެވި ތިން އަހަރާއި 10 ދުވަހު އެކުގައި މަސައްކަތްކުރި މީހުންގެ އަގުވަޒަންކުރައްވައިފަ އެވެ. އަދި، ޕްރިޒަންސްގެ މުއައްސަސާ ރަނގަޅުކުރުމަށް މި މުއްދަތުގައި ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކުރައްވައިފައިވެ އެވެ.

އަހުމަދު ވަނީ އެންމެ ފަހު ކަމެއްގެ ގޮތުން މާދަމާ ހުރިހާ ޖަލުތަކާއި ކޮމާންޑުތަކަށް ޒިޔާރަތްކުރެއްވުމަށް ނިންމަވައިފަ އެވެ.

އޭނާ އެ މަގާމަށް އައްޔަންކުރީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި އޭރު އެ މަގާމުގައި ހުރި އަބްދުﷲ މުނާޒު ވަކިކުރުމަށް ފަހުގަ އެވެ.