Roadha Mihaaru
ދިވެހި ލީގު އަލުން ފަށައި، އީގަލްސް އަށް ބޮޑު މޮޅެއް

އޭޝިއާގެ ފުޓްބޯޅައިގެ ބޮޑު ދުވަހު ރާއްޖޭގެ ލީގު ފަށައި، އީގަލްސް އަށް ބޮޑު މޮޅެއް

16 ނޮވެމްބަރ 2023

ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖުން ރާއްޖެ އަށް ޖާގަ ލިބުނުނަމަ، މިއަދު ދިވެހި ގައުމީ ޓީމު ތިބޭނީ އޮސްޓްރޭލިއާގެ މެލްބަންގައި އެ ގައުމުގެ ގައުމީ ޓީމާ ދެކޮޅަށް މެޗު ކުޅޭށެވެ. އެކަމަކު 12 އަހަރުތެރޭ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކޮލިފައިން އިން ޖާގަ ނުލިބުމުން ގައުމީ ޓީމު މިހާރު އޮތީ ޕާކުކޮށްފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖުން ރާއްޖެ އަށް ޖާގަ ލިބުނުނަމަ، މިއަދު ދިވެހި ގައުމީ ޓީމު ތިބޭނީ އޮސްޓްރޭލިއާގެ މެލްބަންގައި އެ ގައުމުގެ ގައުމީ ޓީމާ ދެކޮޅަށް މެޗު ކުޅޭށެވެ. އެކަމަކު 12 އަހަރުތެރޭ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކޮލިފައިން އިން ޖާގަ ނުލިބުމުން ގައުމީ ޓީމު މިހާރު އޮތީ ޕާކުކޮށްފަ އެވެ.

އޭޝިއާ ޒޯންގެ ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖު މިއަދު ފަށައި ދުނިޔޭގެ އެންމެ ބޮޑު ބައްރުގެ ފުޓްބޯޅައިގެ ބޮޑު ދުވަހުގައި ރާއްޖޭން ފެށީ ގިނަ ދުވަސްތަކެއް ވަންދެން މެދުކަނޑާލާފައި އޮތް ދިވެހި ފުޓްބޯޅައިގެ ޕްރިމިއާ ލީގެވެ.

ގާތްގަނޑަކަށް 80 ދުވަހަށް ފަހު ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި، މި ވަގުތު އެއްވަނައިގައި އޮތް އީގަލްސް އިން ވަނީ ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 8-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެފަ އެވެ.

ޔޫވީގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް، ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޔޫވީގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް، ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޔޫވީން މެޗުގައި ނެރުނީ، ރާއްޖޭގެ ޓޮޕް ޑިވިޝަންގެ މެޗަކަށް މުޅިން އާ ކީޕަރެކެވެ. ޒުވާން އިބްރާހިމް ފައިރޫޝް ފައިސަލް އަކީ ލީގުގައި ޔޫވީގެ ގޯލް ބަލަހައްޓާ ތިންވަނަ ކީޕަރެވެ. މި ސީޒަނުގައި ޔޫވީގެ ގޯލަށް އެންމެ ފުރަތަމަ ކުޅުނީ އަލީ ނާޖިހް (ނާޖީ) އެވެ. އޭނާ ލޯން އުސޫލުން މާޒިޔާ އަށް ބަދަލުވުމުން މުހައްމަދު ޔާމީން ގޯލް ބެލެހެއްޓި އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި މުސާރަ ނުދޭތީ ޔާމީން ވަނީ ފުޓްބޯޅައާ ދުރަށް ގޮސްފަ އެވެ.

އަބަދު ވެސް ގޯލާ ރަށްޓެހި ފޯވާޑް، އަހްމަދު ރިޒްވާން ވަނީ މެޗުގައި ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ.

ޔޫވީގެ ގޯލް މެޗު ފެށިގެން ހަތަރުވަނަ މިނެޓްގައި ރިޒޭ ވަނީ ހުޅުވައިފަ އެވެ. އުމުރުގެ ނިސްބަތް 17 އަހަރުގެ ކުޅުންތެރިން ހިމެނޭ ސްކޮޑެއް އޮތް ޔޫވީއާ ދެކޮޅަށް މެޗުގެ އެހާ ކުރީކޮޅު އީގަލްސް އިން ލީޑް ނެގުމުން ފުރަތަމަ ހާފުގައި، ގިނަ ލަނޑުތަކެއް ފެންނާނެ ކަމަށް ބެލެވުނަސް އެ ހާފު ނިންމާލީ ދެ ގޯލާ އެކު އެވެ. އީގަލްސްގެ ދެވަނަ ލަނޑު ރިޒޭ ޖެހީ 17 ވަނަ މިނެޓްގަ އެވެ. ދެވަނަ ހާފު ފެށިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރިޒޭ ވަނީ ހެޓްރިކް ހަދައިފަ އެވެ.

އީގަލްސްގެ އަނެއް ފަސް ލަނޑު ޖެހީ، އިސްމާއީލް އީސާ، މޮންޓަނީގުރޯގެ ޕެޓްރޯވިޗް މިލޯވަން، އޭނާގެ ބަދަލުގައި ކުޅެން ނުކުތް ޒުވާޏް ކުޅުންތެރިޔާ އަބްދުﷲ ޒުހާން ހަސަން މުހައްމަދު، ޒައިން ޒަފަރު އަދި އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) އެވެ.

ޔޫވީގެ އަރީން، އީގަލްސްގެ އިސްމާއިލް އީސާ ކައިރިން ނައްޓަން މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޔޫވީގެ އަރީން، އީގަލްސްގެ އިސްމާއިލް އީސާ ކައިރިން ނައްޓަން މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޔޫވީގެ ހަމައެކަނި ލަނޑު ޖެހީ، ފުޓްބޯޅައިގެ އުންމީދީ ކުޅުންތެރިޔާ ޒުވާން ޝަނާން ރަޝާދެވެ. ސެޕްޓެމްބަރު މަހު ބޭއްވި 19 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމުގައި މޮޅުކުޅުމެއް ދެއްކި ޝަނާން މިހާރު ވަނީ ލީގުގައި ވަރުގަދަ ދެ ޓީމު ކޮޅަށް ލަނޑު ޖަހައިފަ އެވެ. ކުރިން މާޒިޔާ ކޮޅަށް ވެސް އޭނާ ލަނޑު ޖެހި އެވެ.

ލީގު އަލުން ފެށި ނަމަވެސް، ބޯޅަ ހޮވާނެ ކުދިން ކޮޅެއް ވެސް ދަނޑުގައި ނެތެވެ. ފުރަތަމަ ހާފުގައި ބޯޅަ ހޮވަން ހުރީ ފުޓްބޯޅައިގެ ޒަމާންވީ ހިދުމަތްތެރިޔާ ހުސައިން ނިޒާރު (ބޮޑޭ) އެވެ. ދެވަނަ ހާފުގައި ބިދޭސީ އަކު ބޯޅަ ހޮވަން އުޅުނެވެ. ހާލުގައި ޖެހިފައިވާ އެފްއޭއެމުން ބޯޅަ ހޮވާ ކުދިންނަށް ފުރިހަމަކޮށްދޭން ޖެހޭ ކަންކަން ނުކޮށްދޭތީ އެ ކުދިން މިހާރު ބޯޅަ ހޮވަން ނުނިކުމެ އެވެ.

ކުރިން އެންމެ ހަރަކާތްތެރިކޮށް ފެނުނު އެފްއޭއެމްގެ ކޮމްޕްޓީޝަން ޑިޕާޓްމެންޓްގެ ގިނަ މުވައްޒަފުން ވެސް، މުސާރަ ނުދޭތީ މަސައްކަތަކަށް ނުނިކުމެ އެވެ. މިއީ ދިވެހި ފުޓްބޯޅަ މިއަދު ވެއްޓިފައި އޮތް ހިސާބެވެ.

ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ އަންގާރަ ދުވަހު ހަވީރު އެވެ. އެ މެޗުގައި އީގަލްސް ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ. މާޒިޔާ އާއި ޔޫވީ އެ ރޭގައި ކުޅޭނެ އެވެ.