ޔުނައިޓެޑް ވިކްޓަރީގެ މޮޅުވެ އީގަލްސް ހަތަރުވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.
09 ނޮވެމްބަރ 2025
ޔުނައިޓެޑް ވިކްޓަރީގެ މޮޅުވެ އީގަލްސް ހަތަރުވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗު އީގަލްސްއިން ކާމިޔާބު ކުރީ 3-1 ންނެވެ.
މިދިޔަ މަހުގެ އިންޓަނޭޝަނަލް ބްރޭކަށް ފަހު އީގަލްސްއިން ނުކުތީ އެ ޓީމުގެ ކޯޗަކަށް ކުރީގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުﷲ ހަނީފް (ބެންޖޯ) ކޯޗަކަށް ހަމަޖައްސައިގެންނެވެ.
އޭނާގެ ކޯޗުކަމުގެ ދަށުން އެ ޓީމުން ވަނީ ނަތީޖާތައް ބަދަލު ކޮށްލައިފަ އެވެ. ރާއްޖޭގެ އެންމެ މަތީ ޑިވިޝަނުގައި މުޅިން އަލަށް ކޯޗުކޮށްދޭން ފެށި ބެންޖޯގެ ކޯޗުކަމުގެދަށުން އީގަލްސްއިން ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމުން ވަނީ ބަލިވިޔަ ނުދީ ދަމަހައްޓައިފަ އެވެ.
އޭނާގެ ފުރަތަމަ ދެ މެޗުގައި ވަރުގަދަ އޮޑި ސްޕޯޓްސް އާއި ނިއު ރޭޑިއަންޓާ ދެކޮޅަށް ބަލިވިޔަ ނުދީ ދެމެހެއްޓި އެވެ.
ރޭގެ މެޗަކީ އޭނާގެ ކޯޗުކަމުގެދަށުން އެ ޓީމު ވިދިވިދިގެން މޮޅުވި ދެވަނަ މެޗެވެ.
މެޗުގައި އީގަލްސް އަށް ލީޑް ނަގައި ދިނީ އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) އެވެ.
މެޗުގެ 25 ވަނަ މިނެޓްގައި އީގަލްސްގެ އުޒްބެކިސްތާނުގެ މިޑްފީލްޑަރު އަބްދުލްމާލިކް ޓޮޝްޕުލާޓޮވް އޭރިއާތެރެއަށް ނަގައިދިން ހުރަސް އިއްބެ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.
އީގަލްސްގެ ދެވަނަ ލަނޑު ޖެހީ ސިއަރަ ލިއޯންގެ ފޯވާޑް އިބްރާހިމް ލެބޭ އެވެ.
އީގަލްސްގެ ކުޅުންތެރިޔަކު އޭނާ އަށް ދިން ބޯޅަ ލިބުނު އިރު ޔޫވީގެ ޑިފެންސްގެ ތެރެއިން އޭނާ އަށް ލިބިފައި ހަނި ޖާގައިގެ ތެރެއިން ބޯޅަ ފޮނުވާލައި ލަނޑު ޖެހި އެވެ.
ފުރަތަމަ ހާފު ނިމުގެ ކުރިން ޔޫސުފް ސިދާމް އީގަލްސްގެ ތިންވަނަ ލަނޑު ވެސް ޖެހި އެވެ.
ޔޫވީގެ އޭރިއާގެ ބޭރުން ރިޒުވާން، ސިދާމް އަށް ދިން ބޯޅަ އޭރިއާ ތެރެއަށް ވަދެ އޭނާ ބޯޅަ ފޮނުވާލީ ޔޫވީގެ ކީޕަރު އަލީ އާދިލް މުސްތޮފާ ހުރި ފަޅިއަށެވެ. އެހެން ނަމަވެސް ކީޕަރަށް އެ ބޯޅަ ސަލާމަތެއް ނުކުރެވުނެވެ.
ޔޫވީގެ ހަމައެކަނި ލަނޑު ޖެހީ އިޝްއާފް މުހައްމަދު ފިރާގެވެ.
މި ހަފުތާގެ ފަހު މެޗުގައި މިރޭ ނުކުންނާނީ ޓީސީ އާއި ބުރު ސްޕޯޓްސް އެވެ. އެ މެޗަށް ފަހު ގައުމީ ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި މާލޭގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން ލީގު މެދުކަނޑާލާނެ އެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ދިވެހި ލީގު އަލުން ފަށައި، އީގަލްސް އަށް ބޮޑު މޮޅެއް
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ހަނިގޮތަކަށް މިފަހަރު ޔޫވީ އަތުން އީގަލްސް މޮޅުވެއްޖެ
ދެ މަހަށްފަހު ވެލެންސިއާ މޮޅުވެއްޖެ، އީގަލްސް ވީބަލި
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ފަހު ވަގުތު އީގަލްސްއިން ޔޫވީ ހިފަހައްޓައިފި
އީގަލްސް އަތުން ވެސް ސަސް ބަލި ވެއްޖެ
ރެލިގޭޝަނުން މައްޗަށް ޖެހިލުމުގެ އުއްމީދު ޔޫވީއަށް
ވިކްޓަރީއަށް ލީޑްގައި ނުހިފެހެއްޓި އީގަލްސްއާ އެއްވަރު