Roadha Mihaaru

"މެޑަމް ވެބް"ގެ ޓްރެއިލާ ނެރެފި

17 ނޮވެމްބަރ 2023

ސޮނީ ޕިކްޗާސްގެ ސްޕައިޑަމޭން ޔުނިވާސްގެ ސުޕަހީރޯ ފިލްމު "މެޑަމް ވެބް"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.

ސޮނީ ޕިކްޗާސްގެ ސްޕައިޑަމޭން ޔުނިވާސްގެ ސުޕަހީރޯ ފިލްމު "މެޑަމް ވެބް"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.

މި ތިން މިނެޓުގެ ޓްރެއިލާ އަށް ވަނީ އާންމުންގެ ތައުރީފު ލިބިފަ އެވެ. އަދި އެއް ދުވަސް ތެރޭގައި ހަތް މިލިއަނަށް ވުރެ ގިނަ މީހުން މި ޓްރެއިލާ ބަލާފައިވެ އެވެ.

މި ފިލްމުގައި މާވެލް ކޮމިކްސްގެ މެޑަމް ވެބްގެ ކެރެކްޓާ ކުޅެނީ ހޮލީވުޑްގެ ތަރި، ޑަކޯޓާ ޖޯންސަން އެވެ. ފިލްމުގައި އޭނާ އަކީ މެންހަޓަންގައި ދިރިއުޅޭ އާދަޔާ ހިލާފު ބާރެއް ލިބިފައިވާ ޕެރަމެޑިކްއެކެވެ. މުސްތަގުބަލުގައި ހިނގާނެ ބައެއް ކަންކަން އޭނާ އަށް ލިބިފައިވާ އާދަޔާ ހިލާފު ބާރުގެ ސަބަބުން އެނގެ އެވެ.

ޑަކޯޓާއާ އެކު "މެޑަމް ވެބް"ގެ މުހިންމު ރޯލުތައް ކުޅުނީ ސިޑްނީ ސްވީނީ، ސެލެސްޓޭ އޯ ކޮނާ، އިޒާބެލާ މާސެޑް އަދި ތަހާރު ރަހީމް އެވެ.

މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށަނީ އަންނަ އަހަރު ފެބްރުއަރީ 14 ގަ އެވެ.