18 ނޮވެމްބަރ 2023
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު އިއްޔެ އަލަށް އުފެއްދި ކެބިނެޓާއި ރައީސް އޮފީހުގެ އިސް މަގާމުތަކުގައި އަންހެނުން ބޭފުޅުންގެ އަދަދު ދަށްވުމުން ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު އިއްޔެ އަލަށް އުފެއްދި ކެބިނެޓާއި ރައީސް އޮފީހުގެ އިސް މަގާމުތަކުގައި އަންހެނުން ބޭފުޅުންގެ އަދަދު ދަށްވުމުން ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
މަގާމުގެ ހުވާކުރެއްވުމަށްފަހު ރައީސް ވަނީ، 22 މިނިސްޓްރީއެއް އުފައްދައި، އެ ތަންތަނަށް މިނިސްޓަރުން އައްޔަންކުރައްވައި، މަގާމުގެ ލިޔުން ހަވާލުކުރައްވައިފަ އެވެ. ނަމަވެސް، އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އެންމެ ތިން އަންހެން މިނިސްޓަރުންނެވެ.
އެ ބޭފުޅުންނަކީ؛
1- ޑރ. އައިޝަތު ޝިހާމް: ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓަރު
2- ޑރ. މަރިޔަމް މާރިޔާ: ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް މިނިސްޓަރު
3- ޑރ. އައިޝަތު ރަމީލާ: އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު
ކެބިނެޓަށް ވަޒީރުން އައްޔަންކުރެއްވުމަށްފަހު، ރައީސް ވަނީ ރައީސް އޮފީހުގެ އިސް މަގާމުތަކަށް ހަމަޖެއްސެވި ބޭފުޅުންނަށް ފަތްކޮޅު އަރުވައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރޭ ވަޒީރުން އައްޔަންކުރެއްވުމަށްފަހު، އެ ބޭފުޅުންނާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް
އެ އޮފީހުގެ 18 މަގާމަކަށް ރޭ ބޭފުޅުން ހަމަޖެއްސިއިރު، އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އެންމެ އަންހެން ބޭފުޅެކެވެ. އެއީ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް އައްޔަންކުރެއްވި ޑރ. އައިޝަތު އިކްރާމް އެކަންޏެވެ.
Huss firihenun... Why? https://t.co/E3FuhXJnob
— Hope ? (@aish1078) November 17, 2023
ނަމަވެސް، އަންހެނުން ބާރުވެރިކުރުމުގެ ވައުދުތަކާއެކު، ވެރިކަމަށް ވަޑައިގެން، އިސް މަގާމުތައް ބަހާލިގޮތުން ފާޑުވިދާޅުވި އެއް ބޭފުޅަކީ، ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އާޓް، ކަލްޗާ އަދި ހެރިޓޭޖް މިނިސްޓަރުކަން ކުރެއްވި ޔުމްނާ މައުމޫނެވެ.
Congratulations all! But only 3 women Ministers out of 22 posts is indeed a setback for women’s empowerment ? https://t.co/x7okyqyyhW
— Yumna Maumoon ?? ??? (@yumna_maumoon) November 18, 2023
އެކްސްގައި އޭނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވި ގޮތުގައި 22 މިނިސްޓަރުންގެ ތެރޭގައި އެންމެ އަންހެން ތިން މިނިސްޓަރުން ތިބުމަކީ އަންހެނުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތަށް ލިބުނު ހީނަރުކަމެއް ކަމަށެވެ. އަދި ރައީސް އޮފީހުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވިއިރު ވެސް، ދެ ޖިންސުގެ ހަމަހަމަކަން ގާއިމްކުރުމަށް މަސައްކަތެއް ކޮށްފައިނުވާތީ މާޔޫސްވެއްޖެ ކަމަށް ޔުމްނާ ވިދާޅުވި އެވެ.
އިބޫގެ ކެބިނެޓުގެ ފުރަތަމަ އެކުލަވާލިއިރު ވެސް 19 މިނިސްޓަރުންގެ ތެރޭގައި އަންހެން ހަތް ބޭފުޅުން ހިމެނުނެވެ. ނަމަވެސް، ދައުރު ހަމަވިއިރު، އެ އަދަދު ހުރީ ހައެއްކަ އެވެ. ރައީސް އޮފީހުގެ މިނިސްޓަރުންނާއި ސެކްރެޓަރީން ފެށިގެން އިސް މަގާމުތަކުގައި އަންހެން ފަސް ވަރަކަށް ބޭފުޅުން ތިއްބެވި އެވެ.
Only one woman.. at the far edge of the picture. Almost out of the frame.
— Hathu ?? ✈️ (@aisherth) November 18, 2023
Gender equality oa ? https://t.co/uYF4BBtvNQ
އެކަމަށް ފާޑުކިޔައި، ޝިފޫ ނަމަކަށް ކިޔާ ޒުވާނަކު އެކްސްގައި ބުނީ ހުނަރުވެރި އަދި ގާބިލް އަންހެނުން އެބަތިބި ކަމަށެވެ. ނަމަވެސް، ރައީސް އޮފީހަށް އައްޔަންކުރި އިސްވެރިންގެ ތެރޭގައި އެންމެ އެންމެ އަންހެން ބޭފުޅެއް ހުރުމަކީ ހިތާމައެއް ކަމަށް އޭނާ ބުންޏެވެ.
"އެންމެ އަންހެނަކު.. މުއިއްޒުގެ ސަރުކާރުން ޖިންސީ ތަފާތުކުރުންތަކުން އެއްކިބާވާނެ ގޮތާ ގުޅޭގޮތުން ކެމްޕޭނުގައި މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ވެވަޑައިގެންނެވި ވައުދުތަކަށް ވީ ކިހިނެއް؟...މުއިއްޒުގެ ސަރުކާރު މިހާރު ވެސް ދިޔައީ ނާކާމިޔާބީއާ ދިމާއަށް." އެކްސްގައި މާޝީ ކުރި ޕޯސްޓުގައި ބުންޏެވެ.
ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދު ވިދާޅުވީ އަލަށް ހުވާކުރެއްވި ކެބިނެޓުގައި އަންހެނުން ތަމްސީލުކުރާ މިންވަރު 34-14 ޕަސެންޓަށް ދަށްވެގެން ދިއުމަކީ ވަރަށް މާޔޫސްކަމެއް ކަމަށެވެ.
ރައީސް އޮފީހުގެ ޗީފް އެގްޒެކެޓިވްސްގެ ތެރޭގައި ވެސް 18 ބޭފުޅުންގެ ތެރޭގައި އެންމެ އަންހެން ބޭފުޅެއްކަން ފާހަގަކުރައްވައި، އަނީސާ ވިދާޅުވީ، އަންހެނުންގެ އަދަދު އެއަށްވުރެ ރަނގަޅުވާނެ ކަމަށް އުއްމީދުކުރެވުނު ކަމަށެވެ.
It’s a man’s world.
— AishathShifana (@aishwajyh) November 18, 2023
ކެބިނެޓާއި ރައީސް އޮފީހުގައި އަންހެނުން މަދުވިޔަސް، މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން މީޑިއާތަކާއެކު މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސަރުކާރު ހިއްސާވާ އަށް ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުންނަށް ހަމަޖައްސަން ނިންމާފައިވަނީ އަންހެނުން ކަމަށެވެ.
އެ މަނިކުފާނު އެ ދުވަހު ވިދާޅުވީ ކެމްޕެއިންގައި ވައުދު ވެވަޑައިގެންނެވި ގޮތަށް، އާ ސަރުކާރު ހިންގުމުގައި އަންހެނުންގެ ހިއްސާ ވަރަށް ބޮޑު ކުރައްވާނެ ކަމަށެވެ. އަންހެން ބޭފުޅުންނަކީ ދައުލަތް ހިންގުމުގައި ފުރިހަމަ ހިއްސާ ދެވެން ޖެހޭނެ ބައެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. "މިއީ މިހާތަނަށް އެންމެ ގިނަ އަދަދު. އަޅުގަނޑަށް މިހާތަނަށް ލިބުނު މައުލޫމާތައް ބަލާއިރުގައި ދެ ކުންފުންޏަށް ވުރެ ގިނައިން އެއްވެސް ސަރުކާރެއްގައި އަންހެން ބޭފުޅުން ނެތް ކުންފުނި ހިންގާފައެއް." އެ މަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ވައިސް ޗާންސެލަރަކަށް ވެސް މި ފަހަރު ވަޑައިގަންނަވަނީ އަންހެން ބޭފުޅެކެވެ.
މާނިއު ވަކިކޮށް، ކަސްޓަމްސްގެވެރިއަކަށް އަންހެންބޭފުޅެއް
32 އަންހެނުން: ކާމިޔާބުވީ އެންމެ ކެންޑިޑޭޓަކަށް!
އާބަން ސެންޓަރުގެ ބޭނުމަކީ އެއްފަސްކުރުން: މިނިސްޓަރު
ޓޫރިސްޓުން ގެންނަ ދުންފަތުގެ ބާވަތުން ޑިއުޓީ ނުނަގާނެ
ހަތް އާބަން ސެންޓަރު ކަނޑައެޅީ މެނިފެސްޓޯގައިވާ ގޮތަށް
ތައުލީމަށް ހިދުމަތް ކުރުމުގެ މަތީ ޝަރަފު ޑރ.ޒާހިރަށް
އިސްލާމިކް ފައިނޭންސިން ހައުސިން ލޯނަށް ހުޅުވާލައިފި
45މިލިއަން ލީޓަރުގެ ފިއުލް ފާމް ބޭނުންކުރަން ފަށައިފި
"ޑިޖިޓަލް އިގުތިސާދެއް އުފެއްދުމަކީ މުހިއްމު ވައުދެއް"
އިތުރު 103 އޭޓީއެމާ އެކު ހުރިހާ ރަށަކަށް އޭޓީއެމް