ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ލިބޭ އެލަވަންސަކީ މުސާރައެއް ކަނޑައަޅަން ގާނޫނުތަކަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
14 ޑިސެމްބަރ 2024
ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ލިބޭ އެލަވަންސަކީ މުސާރައެއް ކަނޑައަޅަން ގާނޫނުތަކަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އދ. ދަނގެތީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ އަންހެނުންގެ ކޮމިޓީތަކަކީ ވަރަށް ބޭއިންސާފު ގޮތަކަށް ނިކަމެތިކޮށްފައިވާ ކޮމިޓީތަކެއް ކަމަށެވެ. ނަމަވެސް އެ ކޮމިޓީތައް ބާރުވެރިކޮށް ރަނގަޅު ގޮތްތައް ހަދައިދިނުމަކީ އެ މަނިކުފާނުގެ ވައުދެއްކަން ފާހަގަކުރެއްވި އެވެ.
"އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ ރަށުގެ ތަރައްގީއަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކޮމިޓީތަކެއް. އެހެންވީމަ ކޮމިޓީ މެންބަރުންގެ ވަރަށް ގިނަ ކަންތައްތަކެއް ހައްލުކޮށްދޭނަމޭ އަޅުގަނޑު ބުނިން ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން،" ރައީސްގެ ރިޔާސީ ވައުދުތައް އާ ކުރައްވަމުން ވިދާޅުވި އެވެ.
އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް މިހާރު ކަނޑައަޅާފައި އޮންނަނީ އެލަވަންސެކެވެ. އެއީ ޕާޓް-ޓައިމް ވަޒީފާއެއްގެ ގޮތުގައި އޮންނައިރު، ވިހެއުމުގެ ޗުއްޓީ އާއި ރޯދަ މަހުގެ އެލަވަންސާއި ބޭންކްތަކުން ލޯނު ނެގުން ފަދަ ފުރުސަތުތައް އެ މެންބަރުންނަކަށް ނުލިބެ އެވެ.
މިރޭގެ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ: އަންނަ ރޯދަ މަހުން ފެށިގެން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އެލެވެންސް ލިބޭނެ ކަމަށް ވިދާޅުވި
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ އެލަވަންސްގެ ބަދަލުގައި މުސާރައެއް ކަނޑައަޅަން ލާމަރުކަޒީ ގާނޫނަށް އިސްލާހު ސަރުކާރުން ހުށަހަޅާނެ އެވެ. އަދި ރޯދަ އެލަވަންސާއި ވިހެއުމުގެ ޗުއްޓީ ދޭން ވަޒީފާއާ ބެހޭ ގާނޫނަށް ވެސް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
"އެ ލިބޭ މުސާރަ ބޭންކްތަކުން ބަލައިގަނެ އޭގެ ސަބަބުން ތިޔަބޭފުޅުންނަށް ލޯނުތަކަށް ދެވޭނެ ގޮތްވުން. އެކި ތަންތަނުން ދޭ ފެސިލިޓީތަކަށް ދެވޭނެ ގޮތްވުން. މިކަންކަން މިހާރަކު ނުވޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގާނޫނަށް ގެންނަ އިސްލާހުތަކާ އެކު، އަންނަ ރޯދަ މަހުން ފެށިގެން ރޯދަ އެލަވެންސް ވެސް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ލިބޭ އެއްޗެއް އަތުނުލައި ރައްޔިތުންނަށް އިތުރު މުއްސަނދިކަން ލިބޭނެ ގޮތްތައް ފަހިކުރުން ކަމަށް ވިދާޅުވި އެވެ.
"ރާއްޖެ ބަނގުރޫޓު ވިޔަ ނުދީ ސަލާމަތް ކޮށްގެން މިކަން ކުރަން. އަދި މި ހުރިހާ ކަމެއް މި ކުރަނީ ފައިސާ ޗާޕްނުކޮށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އަންހެނުންގެ ކޮމެޓީގެ އިންތިޚާބަށް ދެން 1އަހަރު ލިބޭނެ
އަންހެނުން ކޮމިޓީގެ އެލަވަންސް މި މަހު ބޮޑުވާނެ
ދިވެހި އަންހެނުންނަށްޓަކައި ގައުމު ފަހުރުވެރިވޭ: ރައީސް
ޑަބްލިއުޑީސީން ހޯދީ މިރަށު ހުރިހާ އަންހެނުންނަށް ވަޒީފާ
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ރައީސްގެ އާ ހިޔާލެއް
ރައީސް ގުޅިއަށް ވަޑައިގެންފި
"ކައުންސިލް ބާރުވެރިކުރުވަން މިދަނީ އަމަލުދިމާކުރަމުން"
ރައްޔިތުންގެ ބައިވެރިވުން ކުޑަނުވާނެ: ރައީސް
މާނިއު ވަކިކޮށް، ކަސްޓަމްސްގެވެރިއަކަށް އަންހެންބޭފުޅެއް
"3،000ގެ އާބާދީއަކަށް ތިން ކައުންސިލަރުން ފުދޭ"