Roadha Mihaaru
މެޗަކުން ބަލިނުވެ އީގަލްސް ކުރިއަށް، ލީޑް ފުޅާކޮށްފި

މެޗަކުން ބަލިނުވެ އީގަލްސް ކުރިއަށް، އެއްވަނައިގައި ލީޑް ފުޅާކޮށްފި

19 ނޮވެމްބަރ 2023

ޓީސީ ސްޕޯޓްސްގެ މައްޗަށް 2-1 ން ކާމިޔާބު ހޯދައި، މިދިޔަ އަހަރުގެ ރަނަރަފް ކްލަބް އީގަލްސްއިން ދިވެހި ޕްރިމިއާ ލީގުގެ މެޗަކުން ބަލިނުވެ ދަމަހައްޓަމުން އަންނަ ޓްރެކްގައި ގޮސް އެއްވަނައިގައި ލީޑް ފުޅާކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޓީސީ ސްޕޯޓްސްގެ މައްޗަށް 2-1 ން ކާމިޔާބު ހޯދައި، މިދިޔަ އަހަރުގެ ރަނަރަފް ކްލަބް އީގަލްސްއިން ދިވެހި ޕްރިމިއާ ލީގުގެ މެޗަކުން ބަލިނުވެ ދަމަހައްޓަމުން އަންނަ ޓްރެކްގައި ގޮސް އެއްވަނައިގައި ލީޑް ފުޅާކޮށްފި އެވެ.

ޖުމުލަ 11 މެޗު ކުޅެ، އީގަލްސް މިވަގތު އެއްވަނައިގައި އޮތީ 29 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް މާޒިޔާ އަށް ވުރެ އިތުރަށް އީގްލްސް ތިން މެޗުނެވެ. މާޒިޔާ އަށް މެޗު ކުޅެ 22 ޕޮއިންޓް ވަނީ ހޯދައިފަ އެވެ. މިރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ މާޒިޔާ އަށް އީގަލްސްއާ ހަތަރު ޕޮއިންޓަށް ފަރަގު ކުޑަ ކުރެވޭނެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފު މުޅިން ކަހަލަގޮތަކަށް ޑޮމިނޭޓް ކުރީ އީގަލްސް އެވެ. އެ ޓީމުން ފުލުފުލުގައި ހަމަލާ އުފެއްދި އެވެ. ބައެއް ފަހަރު އޯޕަން ފުރުސަތުތަކެވެ. އެކަމަކު ސްރީ ލަންކާގެ ގައުމީ ޓީމު ގެ ކެޕްޓަން ސޫޖަން ޕެރޭރާ ގޯލްގައި ހުރެ އޭނާ ވަނީ އީގަލްސްގެ ގިނަ ހަމަލާތައް ދިފާއުކޮށްފަ އެވެ. ވަން އޯ ވަން ފުރުސަތުތަކުގައި ވެސް އީގަލްސްގެ ފޯވާޑުންނަށް ސޫޖަންގެ ގޯލް ފޫއަޅުވާލަން އުނދަގޫވި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފު މުޅިން ކަހަލަގޮތަކަށް ޑޮމިނޭޓް ކުރީ އީގަލްސް އެވެ. އެ ޓީމުން ފުލުފުލުގައި ހަމަލާ އުފެއްދި އެވެ. ބައެއް ފަހަރު އޯޕަން ފުރުސަތުތަކެވެ. އެކަމަކު ސްރީ ލަންކާގެ ގައުމީ ޓީމު ގެ ކެޕްޓަން ސޫޖަން ޕެރޭރާ ގޯލްގައި ހުރެ އޭނާ ވަނީ އީގަލްސްގެ ގިނަ ހަމަލާތައް ދިފާއުކޮށްފަ އެވެ.

އީގަލްސްގެ ފުރުސަތަށް ހުރަސް އަޅަން ކީޕަރު ސޫޖަން ކުރިއަށް ނުކުމެ ބޯޅަ ހޯދަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އީގަލްސްގެ ފުރުސަތަށް ހުރަސް އަޅަން ކީޕަރު ސޫޖަން ކުރިއަށް ނުކުމެ ބޯޅަ ހޯދަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކަމަކު އީގަލްސް އިން ލީޑް، ނެގި ލަނޑު ޖެހި އިރު ސޫޖަން އަށް ހުރެވުނީ ނުބައި ޕޮޒިޝަނެއްގަ އެވެ. އިބްރާހިމް މަހްދީ ހުސައިން އޭރިއާގެ ބެރުން ބާރުބޯޅަ އެއް ގޯލްގެ މެދަށް ފޮނުވާލިރު ސޫޖަން އަށް ހުރެވުނީ ކުޑަތަންކޮޅެއް ކުރިއަށް ނުކުމެ އެވެ.

ދެވަނަ ހާފުގައި ޓީސީން ވެސް އީގަލްސްގެ ގޯލަށް ނުރައްކާ ކުރި އެވެ. ޓީސީ އަށް ނަތީޖާ ހަމަހަމަކޮށް ދިން ލަނޑު ޒަޔާން ނަސީރު (ޒައްޔޫ) ޖެހީ މެޗުގެ 54 ވަނަ މިނެޓްގަ އެވެ.

އެކަމަކު އީގަލްސް އިން އަލުން ލީޑް ނެގި އެވެ. ކޯނަރަކުން ތަނަވަސް ކުރި ފުރުސަތުގައި އީގަލްސްގެ ދެވަނަ ލަނޑު ޖެހި އހްމަދު ރިޒްވާނެވެ.

މެޗުގެ ނަތީޖާ އަލުން ހަމަހަމަ ކުރަން، މެޗެއްގައި ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ޓީސީ އަށް ލިބުނެވެ. އީގަލްސްގެ ކުޅުންތެރިން އަމިއްލަ އޭރިއާގެ ތެރެއިން ކުރި ފައުލަކާ ގުޅިގެން ޓީސީ އަށް ލިބުނު ޕެނަލްޓީ ފޮނުވާލީ ހަސަން އީނާޒް އެވެ.

ނަމަވެސް އޭނާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލްގެ ހުރަސް ދަނޑި އަށެވެ. އޭގެ ފަހުން އީގަލްސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ދަނޑު މަތީގައި ފަރުވާ ދޭން ޖެހުނެވެ. ކުޅުންތެރިޔަކު ޖެހިވެސް ނުލައި ޝަފީއު އަމިއްލަ އަށް ދަނޑު މައްޗަށް ތިރިވުމުން ޓީސީގެ ބެންޗުން އެޕީލް ކުރަމުން ދިޔައީ އޭނާ ވަގުތު ބޭކާރު ކުރާ ކަމަށެވެ.