ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަންގެ މަގާމަށް މުހައްމަދު ޝަމްއާން މުހައްމަދު ވަހީދު މިއަދު އައްޔަންކުރައްވައިފި އެވެ.
19 ނޮވެމްބަރ 2023
ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަންގެ މަގާމަށް މުހައްމަދު ޝަމްއާން މުހައްމަދު ވަހީދު މިއަދު އައްޔަންކުރައްވައިފި އެވެ.
އިމިގްރޭޝަނުގައި 14 އަހަރު މަސައްކަތްކުރެއްވި ޝައްމާން، އެ އިދާރާ އިން ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްކުރަން ފެށުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.
އެކަމަކު މިދިޔަ އަހަރު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ އޭނާ ވަޒީފާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، އަލުން ވަޒީފާ ރުޖޫއަކޮށްދިނުމަށް އަންގައިފަ އެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޝަމްއާން ވަނީ ކުރީގެ ސަރުކާރުން، އޭނާގެ ސްޓޫޑަންޓް ލޯނު ކެންސަލްކޮށް، މާސްޓާސް ޕްރޮގްރާމުން ކެނޑި އެނބުރި ގައުމަށް އައުމަށް މަޖުބޫރުކޮށް، އޭނާ އަނބުރާ އައުމުން، މަސައްކަތާ އެއްވެސް ގުޅުމެއް ނެތް އިދާރާއަކަށް ބަދަލުކުރި ކަމަށް ވިދާޅުވެފަ އެވެ. އޭނާ އެންމެ ފަހުން އަދާކުރެއްވީ އިމިގްރޭޝަން އޮފިސަރެއްގެ ވަޒީފާ އެވެ.
އޭރު އޭނާގެ ވަޒީފާ ބަދަލުކުރީ ކޮވިޑްގެ މަސައްކަތްތައް ކުރުމަށް އުފެއްދި، އެޗްއީއޯސީ އަށެވެ. ގާނޫނާ ހިލާފަށް ވަޒީފާ އިން ވަކިކުރީ އޭރު އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހުންނެވި މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ގެ ސީދާ އަމުރަކަށް ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.
ޝަމްއާން ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ވެސްޓާން ސިޑްނީ އިން ލޯ އެންފޯސްމެންޓް ދާއިރާއިން ޑިގްރީ ހާސިލު ކުރައްވައިފަ އެވެ.
ކޮންޓްރޯލާ ޖެނަރަލްގެ މަގާމަށް ޝަމްއާން އައްޔަންކުރެއްވިއިރު އެ މަގާމުގެ އިތުރުން ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވައި، އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ވަނީ ރައީސް ހަވާލުކުރައްވައިފަ އެވެ.
ރައީސް އައްޔަންކުރެއްވި އިތުރު ބޭފުޅުން:
• ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް، ގ. ވަށަފަރު އިގްބާލް އާދަމް
• މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް، މ. ކޮތަންމާގޭ މުހައްމަދު ހުސައިން ޝަރީފް
• ޗީފް އޮފް ސްޓާފް އެޓް ދަ ވައިސް ޕްރެސިޑެންޓްސް ރެޒިޑެންސްގެ މަގާމަށް، ހއ. ވަށަފަރު ބްލޫހައުސް މުހައްމަދު ވަހީދު ހަސަން
• މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ކަމަށް، މއ. ބޮޑުދަހަރާގެ ޑރ. މުހައްމަދު ކިނާނަތު
• ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ޗާންސެލާގެ މަގާމަށް، މ. ލައިޓްކޯނަރު -4، ޑރ. މަހްމޫދު ޝައުގީ
• ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ކަމަށް، މ. އެމޭޒަން ޑރ. އާއިޝަތު ޝެހެނާޒު އާދަމް
• ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ކަމަށް، މ. ހިތިމާގެ ޑރ. އަލީ ޒާހިރު
އިހަވަންދޫގައި ޕާސްޕޯޓާއި އައިޑީ ހެއްދުމުގެ ހިދުމަތް
އުނގޫފާރުގައި އައިޑީކާޑު ޕްރިންޓްކުރަން ފަށައިފި
ވަކިކުރި ސިޔާސީމުވައްޒަފުންގެ ނަން ހާމަކުރަން އަންގައިިފި
މަގާމުތަކަށް މީހުންލަނީ ވައްކަން ކުރާކަށް ނޫން: ރައީސް
މަގާމުތަކަށް ބަދަލުތައް ގެނައީ ހިންގުން ހަރުދަނާކުރުމަށް
ރައީސް އޮފީހުގެ ތަރުޖަމާނަކަށް ޝަހީބު އައްޔަންކޮށްފި
ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އިތުރު 20 ބޭފުޅަކު
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ފަޔާޒު
އާ ސަރުކާރުގެ ވަޒީރުން ހުވާކުރައްވައިފި
ޑެޕިއުޓީ ކޮންޓްރޯލާގެ މަގާމަށް އަޝްރަފް ހަމަޖައްސަވައިފި