ރާއްޖެ އެތެރެވާން ދޫކޮށްފައިވާ ވިސާގެ ހުއްދައިގެ ބޭރުން އާމްދަނީ ހޯދަން އެހެން މަސައްކަތްތަކުގައި އުޅޭ ބިދޭސީން ރާއްޖެ އިން ފޮނުވާލައި، އެ މީހުން ލައްވައި އެ މަސައްކަތެއް ކުރުވި މީހަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ދީފި އެވެ.
29 ސެޕްޓެމްބަރ 2025
ރާއްޖެ އެތެރެވާން ދޫކޮށްފައިވާ ވިސާގެ ހުއްދައިގެ ބޭރުން އާމްދަނީ ހޯދަން އެހެން މަސައްކަތްތަކުގައި އުޅޭ ބިދޭސީން ރާއްޖެ އިން ފޮނުވާލައި، އެ މީހުން ލައްވައި އެ މަސައްކަތެއް ކުރުވި މީހަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ދީފި އެވެ.
އެ އިދާރާ އިން ބުނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، "އޯޕަން ވިސާ" ގައި މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށާއި އެ މީހުން ޑީޕޯޓް ކުރާނެ ކަމަށެވެ. އަދި އެ މީހުން ލައްވައި ވިސާގެ ބޭރުން ވަޒީފާ ދޭ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަންގެ ގަވާއިދުތަކުގައިވާ ގޮތުން، ބިދޭސީންނަށް ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައި ވަނީ ވިސާ ދޫކުރި ތަންތަނުގައި ހުއްދަ ކޮށްފައިވާ މަސައްކަތްތައް ކުރަން އެކަންޏެވެ.
ވިސާގެ ބޭރުން އާމްދަނީ ހޯދަން އެއްވެސް މަސައްކަތެއް ކުރުމަކީ ގާނޫނީ ކުށަކަށް ވިޔަސް އެ މީހުންނަށް ވިސާ ދޫކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނުގައި މަސައްކަތާއި ވިޔަފާރި ކޮށްގެން ބޮޑެތި މާލީ މަންފާ ހޯދަމުންދާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް އިތުރުވެފައި ވާތީ އެ ވިޔަފާރިތައް ހުއްޓުވަން މިދިޔަ ހަފުތާގައި ވަނީ ބޮޑު އޮޕަރޭޝަނެއް ފަށައި ވަގުތުން އެ ތަންތަން ބަންދުކޮށް، ބިދޭސީން ޑީޕޯޓު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
ބިދޭސީންގެ މައުލޫމާތުތައް އެއްކޮށް، އެއީ ކާކު ކަމައި ކޮން ގައުމެއްގެ ރައްޔިތެއްކަން ދެނެގަތުމަށް މި ސަރުކާރުން ފަށާފައިވާ ކުރަނގި އޮޕަރޭޝަން ޕްރޮގްރާމުން އެނގުނު އެއް ކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ވިދާޅުވެފައިވާ ގޮތުގައި މިދިޔަ ދެ އަހަރުގެ ތެރޭގައި 178،982 ބިދޭސީން ރާއްޖޭގައި އުޅޭ ކަމެވެ.
ރައީސް ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މީގެ ކުރިން ޑީޕޯޓު ކުރަނީ ނަމަކަށް ކަމަށެވެ. އެކަމަކު މި ސަރުކާރުން ކުރި މަސައްކަތުން، މިހާތަނަށް 8،609 މީހުން ޑީޕޯޓު ކޮށްފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
25 ދުވަސް ތެރޭ 340 ބިދޭސީން ޑީޕޯޓުކޮށްފިން:ރައީސް
ޑިޓެންޝަންސެންޓަރު ހުޅުވައި، ލިޔުން ނެތް މީހުން ނަގަނީ
ވިސާގެ ޖޫރިމަނާ ދައްކަން ނުޖެހޭ މުއްދަތު އިތުރުކޮށްފި
14 ތަނެއް ބެލިއިރު، 25 ބިދޭސީއަކު ގަވައިދާ ޚިލާފު
ނުބައި މެޑިކަލް ރިޕޯޓަކުން ވިސާ ހައްދަން މީހަކު އުޅެފި
ބިދޭސީންނާ ގުޅޭ ކަންކަން އިކޮނޮމިކް މިނިސްޓްރީ އަށް
އިމިގްރޭޝަން ޑިޖިޓަލައިޒްވެ، އީ-ވިސާ ޖަހަން ފަށައިފި
ގަވާއިދުން ބޭރުން ވިޔަފާރިކުރާ 24 މީހަކު ޑީޕޯޓުކުރަނީ
ގަވާއިދާ ހިލާފު ވިޔަފާރި ހުއްޓުވަން ބޮޑު އޮޕަރޭޝަނެއް
"ބައްޔެއްހުރި ބިދޭސީއަކު ފިލައިގެން ރިޕޯޓެއް ނުކުރޭ"