Roadha Mihaaru
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް އުކުޅަހުގައި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް އުކުޅަހުގައި ފަށައިފި

23 ނޮވެމްބަރ 2023

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް އއ. އުކުޅަހުގައި މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް އއ. އުކުޅަހުގައި މިއަދު ފަށައިފި އެވެ.

އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ މިރެއާ ހަމައަށް ގެންދާ ބައްދަލުވުމުގައި، އެ ޕާޓީގެ އިސްބޭފުޅުންނާއި ދާއިރާތަކުގެ ރައީސުންނާއެކު، 81 މެމްބަރުން ބައިވެރިވާ ކަމަށެވެ.

އޭގެ ތެރޭގައި، ޕާޓީ ހަރުދަނާކުރުމާއި ކުރިއަށް ދާނެ ގޮތްތަކެއް ނިންމާނެ ކަމަށް އިބްރޭ ވިދާޅުވި އެވެ.

މިއީ، މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ލިބުނު ނާކާމިޔާބީ އަށް ފަހު އެމްޑީޕީން ބާއްވާ ގައުމީ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ވަގުތު ރާއްޖޭގައި ނޫޅުއްވާތީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވަ އެވެ.

އުކުޅަހުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: އެމްޑީޕީ

އުކުޅަހުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: އެމްޑީޕީ

އެ ބައްދަލުވުމުގައި، މަޖިލީހުގެ މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނަވަ އެވެ.

އެމްޑީޕީން، މީގެ ކުރިން ވެސް އުކުޅަހުގައި ގައުމީ މަޖިލިސް ބޭއްވި އެވެ.

އިބްރޭ ވިދާޅުވީ މި ފަހަރު ވެސް ގައުމީ މަޖިލީހުގެ ބައްދަލުވުން ބޭއްވީ އުކުޅަހުގައި ކޮންވެންޝަން ސެންޓަރު ހުރުމާއި އެ ތަނުން އެކޮމޮޑޭޝަން ލިބޭތީ އެވެ.