Roadha Mihaaru
ދޮޅު އަހަރަށް އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަނީ

ދޮޅު އަހަރުގެ މުއްދަތަކަށް އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި

30 ޖޫން 2018

އިދިކޮޅު ސިޔާސީ ޕާޓީތައް ތަމްސީލު ކުރާ ގޮތަށް، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ދޮޅު އަހަރުގެ މުއްދަތަކަށް އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފެއްދުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

މުހައްމަދު ޔާމީން އއ. އުކުޅަހުން މުހައްމަދު ޔާމީން

އިދިކޮޅު ސިޔާސީ ޕާޓީތައް ތަމްސީލު ކުރާ ގޮތަށް، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ދޮޅު އަހަރުގެ މުއްދަތަކަށް އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފެއްދުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

އއ. އުކުޅަހުގައި މިހާރު ކުރިއަށް ގެންދާ އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގައި އާންމުކުރި މެނިފެސްޓޯގައި ބުނެފައި ވަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ދޮޅު އަހަރު ވާނީ ރައްޔިތުން އިތުބާރު ކުރާ، މިނިވަން މުއައްސަސާތަކެއް ބިނާ ކުރާނެ ދުވަސްތަކަކަށް ކަމަށެވެ. އަދި އެއީ ގިނަ ސިޔާސީ ޕާޓީތަކަކަށް ގާނޫނީ ހައިސިއްޔަތު ލިބޭނެ ދުވަސްތަކަކަށް ވާނެ ކަމަށް ވެސް އެމްޑީޕީގެ މެނިފެސްޓޯގައި ވެ އެވެ.

އެމްޑީޕީގެ ކޮންގްރެސް އުކުޅަހުގައި ކުރިއަށް ދާއިރު، ރިޔާސަތު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް (މ) ބަލަހައްޓަވަނީ. ---ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އެމްޑީޕީގެ ކޮންގްރެސް އުކުޅަހުގައި ކުރިއަށް ދާއިރު، ރިޔާސަތު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް (މ) ބަލަހައްޓަވަނީ. ---ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ މެނިފެސްޓޯ ހުށަހަޅުއްވަމުން އެ ޕާޓީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވި ގޮތުގައި، އިދިކޮޅު ސިޔާސީ ޕާޓީތަކުން ތާއީދު ކުރާ ކެންޑިޑޭޓަކު ނެރުމުގެ ދޮރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބަންދުކޮށްފައި ވަނީ ޣައިރު ގާނޫނީ ގޮތެއްގަ އެވެ.

އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ބޭނުމަކަށް ވާނީ ކޮންމެ ސިޔާސީ ޕާޓީ އަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ ބޭފުޅުންނަށް ބައިވެރިވެވޭ ރިޔާސީ އިންތިޚާބެއް ހޯދައި ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގިނަ ސިޔާސީ ޕާޓީތައް ހިމެނޭ ކޯލިޝަނަށް ގާނޫނީ ހައިސިއްޔަތެއް ލިބޭނެ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

މީގެ އިތުރުން، ރައްޔިތުން ނުރުހޭ، ވެރިކަންތައް ދެމިގެން ނުދާނެ ގޮތަށް އަދި އޮމާންކަމާ އެކު، ސިޔާސީ ހަމަޖެހުން ނުގެއްލި، ގާނޫނާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެރިކަން ބަދަލު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެންނާނެ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސްގައި މަޖިލީހުގެ ތިން މެމްބަރުން ކަމަށްވާ އާޒިމް، (ކ) މާރިޔާ (މ) އަދި ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އެމްޑީޕީގެ ކޮންގްރެސްގައި މަޖިލީހުގެ ތިން މެމްބަރުން ކަމަށްވާ އާޒިމް، (ކ) މާރިޔާ (މ) އަދި ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އިދިކޮޅު ޕާޓީތަކުން އެއްބަސްވެފައި ވަނީ އެއް ކެންޑިޑޭޓަކު ނެރެ، މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ރައީސް ޔާމީން ބަލިކުރުމަށެވެ. އެގޮތުން ރިޔާސީ ކެންޑިޑޭޓަކަށް އެމްޑީޕީގެ ބޭފުޅަކާއި ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ހަމަޖައްސަން އިދިކޮޅު ޕާޓީތަކުން ވަނީ އެއްބަސްވެފަ އެވެ.

އެމްޑީޕީން ނެރޭނެ ކަމަށް ލަފާކުރެވެނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ. އުކުޅަހުގައި މިއަދު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި އެ ނިންމުން ނިންމާނެ ކަމަށް ބެލެވެ އެވެ. ޖޭޕީން ރަނިންމޭޓަކަށް ނެރޭނެ ބޭފުޅަކު އަދި ކަނޑައެއް ނާޅަ އެވެ.