Roadha Mihaaru
ޕީޖީން ކޯޓު ހުރުމަތް ކެނޑި މައްސަލަ ހައިކޯޓުން ބަލަނީ

ޕީޖީން ކޯޓުގެ ހުރުމަތް ކެނޑި މައްސަލަ ހައި ކޯޓުން ބަލައިގެންފި

26 ނޮވެމްބަރ 2023

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓުގެ ހުރުމަތް ކެނޑުމުން 10،000ރ. އިން ޖޫރިމަނާކުރި މައްސަލަ ހައި ކޯޓުން އެންމެ ފަހުން ބަލައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓުގެ ހުރުމަތް ކެނޑުމުން 10،000ރ. އިން ޖޫރިމަނާކުރި މައްސަލަ ހައި ކޯޓުން އެންމެ ފަހުން ބަލައިގެންފި އެވެ.

ސ. ފޭދޫ ކޯޓުގެ ހުރުމަތް ކެނޑުމުން ޕީޖީ އޮފީސް 10،000ރ. އިން ޖޫރިމަނާކުރީ އެ ކޯޓުން ނެރުނު އަމުރަކާ އެއްްގޮތަށް ހާމަކުރަންޖެހޭ މައުލޫމާތުތަކެއް ހާމަނުކުރުމުންނެވެ. މިއީ ކޯޓު ހުރުމަތް ކެނޑުމުގެ މައްސަލައެއްގައި ޕީޖީ އޮފީހުގެ މައްޗަށް ޖޫރިމަނާއެއް އައި ފުރަތަމަ ފަހަރެވެ.

އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައި ވަނިކޮށް އެ މައްސަލަ ބަލައިގަތުމަށް ނިންމީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އެ މައްސަލަ ދައުލަތުން ހުށަހެޅުމުންނެވެ.

ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން ރަޖިސްޓްރާގެ ނިންމެވުންތައް ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ޕީޖީ އޮފީސް ޖޫރިމަނާ ކުރީ ދައުލަތުގެ ހެކިންތަކެއްގެ ކުށުގެ ރެކޯޑް ހާމަކުރަން ނެރުނު އަމުރަކަށް ދައުލަތުން އަމަލު ނުކުރުމުންނެވެ.