Roadha Mihaaru
ނަދީމްގެ މަރު:މީހުން ބަންދުކުރަން ސުޕްރީމް ކޯޓަށް

ނަދީމްގެ މަރު: ދައުވާލިބޭ މީހުން ބަންދު ނުކުރި މައްސަލަ ސުޕްރީމް ކޯޓަށް

22 ނޮވެމްބަރ 2023

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުންގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން އެ މީހުން ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ދައުލަތުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުންގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން އެ މީހުން ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ދައުލަތުން ނިންމައިފި އެވެ.

ޖުލައި، 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ތުނޑީ އަވަށު ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ސާމިހުގެ އިތުރުން ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

އިސްތިއުނާފް މައްސަލަ ނިމެންދެން އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ދައުލަތުން ހައި ކޯޓުގައި އެދުނަސް، އެ ކޯޓުން މިދިޔަ ހޯމަ ދުވަހު ނިންމީ އެގޮތަށް އަމުރު ނުކުރެވޭނެ ކަމަށެވެ.

އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމާފައިވާ ކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ކަށަވަރުކޮށް ދިނެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ އިސްތިއުނާފް މަރުހަލާގައި މީހުން ބަންދު ކުރެވޭނެ އިޖްރައާތެއް އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ބަޔާންވެފައި ނެތް ކަމަށެވެ. އަދި މި މަރުހަލާގައި އެ މީހުން ބަންދު ކުރަންޖެހޭ ސަބަބެއް ދައުލަތަށް ނުދެއްކޭ ކަމަށް ހައި ކޯޓުގެ ނިންމުމުގައިވެ އެވެ.