27 ނޮވެމްބަރ 2023
މި އަހަރުގެ ކުރީ ކޮޅު މެޑްޓެކް ޑައިގްނޯސްޓިކް އިން ވިއްކި ސުކޫކުގެ ޕީރިއަޑިކް ފައިދާގެ ގޮތުގައި ސުކޫކުގައި އިންވެސްޓްކުރި މީހުންނަށް ދެ މިލިއަން ރުފިޔާ ބަހައިފި އެވެ.
މި އަހަރުގެ ކުރީ ކޮޅު މެޑްޓެކް ޑައިގްނޯސްޓިކް އިން ވިއްކި ސުކޫކުގެ ޕީރިއަޑިކް ފައިދާގެ ގޮތުގައި ސުކޫކުގައި އިންވެސްޓްކުރި މީހުންނަށް ދެ މިލިއަން ރުފިޔާ ބަހައިފި އެވެ.
އެ ސުކޫކުގެ ލީޑް އެރޭންޖަރު ފަސްޓް ނެޝަނަލް އިން ބުނީ، އެ ފައިސާ އިއްޔެ ޖަމާކޮށްފައިވާ ކަމަށެވެ. އެ ސުކޫކުގައި އިންވެސްޓް ކުރި ފަރާތްތަކަށް އަހަރަކު ދެ ފަހަރު ހަތް އަހަރުވަން ދެން ފައިދާ ބަހަމުން ގެންދާނެ އެވެ.
ސިއްހީ ހިދުމަތުގައި ބޭނުންކުރާ އިކުއިޕްމަންޓާއި މެޝިނަރީ އަދި ކޮންސިއުމަބަލްސް ފުޅާ ދާއިރާގައި ފޯރުކޮށްދޭ މެޑްޓެކުން ޕްރައިވެޓް ޕްލޭސްމެންޓެއްގެ ގޮތުގައި ސުކޫކް ސްޓޮކް އެކްސްޗޭންޖުގެ ވިޔަނަ ޕޯޓަލްގައި ލިސްޓުކުރީ މިދިޔަ އޭޕްރީލް މަހު އެވެ. އެ ސުކޫކު ލިސްޓު ކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ގިނަ އަދަދެއްގެ އިންވެސްޓަރުން މެޑްޓެކް ސުކޫކުގައި ބައިވެރިވެފަ އެވެ.
މި ފަހަރު ސުކޫކު ހޯލްޑަރުންނަށް ބެހި އަދަދަށް ބަލައި ސުކޫކަކަށް ފައިދާގެ ގޮތުގައި ޖެހިފައިވަނީ 97.82ރ. އެވެ. މިއީ އެންމެ ފަހުން ކެޕިޓަަލް މާކެޓުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި ބެހި އަދަދަށް ވުރެ އެތައް ގުނައެއް ބޮޑު އަދަދެކެވެ.
މެޑްޓެކުން ސުކޫކު ވިއްކީ ހުޅުމާލޭގައި ހެލްތު އެންޑް ރީހެބިލިޓޭޝަން ސެންޓަރެއް ބިނާކޮށް، ހިންގުމަށް ފައިނޭންސް ހޯދުމަށެވެ. އެ ކުންފުނިން ވިއްކީ 30 މިލިއަން ރުފިޔާގެ މުޝާރަކާ މުތަނާގިލާގެ ސުކޫކެވެ. އެ ސުކޫކަށް އިންވެސްޓްކުރި ފަރާތްތަކަށް 9 ޕަސެންޓުގެ ފައިދާއެއް ލިބޭނެ އެވެ.
ފަސްޓު ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ސީއީއޯ ހަސަން ޒިޔަތު ވިދާޅުވީ، މެޓްޓެކުން އިޝޫ ކުރި ސުކޫކުގެ ސަބަބުން، ރާއްޖޭގެ އިސްލާމިކް ފައިނޭންސް މާކެޓު ތަރައްގީ ކުރަން ހިތްވަރު ލިބުނު ކަމަށެވެ.
"މެޑްޓެކުން ކުރިއަށް އޮތްތާނގައި ވެސް ސުކޫކުގެ އިންވެސްޓަރުންނަށް ބެހުމަށް އެއްބަސްވެފައިވާ ފައިދާ ޕްރޮސްޕެކްޓަސްގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދާނެ ކަމުގެ އިތުބާރާއި ޔަގީންކަން އެބައޮތް،" އޭނާ ވިދާޅުވި އެވެ
މެޑްޓެކުން 30 މިލިއަން ރުފިޔާގެ ސްކޫކެއް ވިއްކަނީ
މެޑްޓެކުން ވިއްކި ސުކޫކަށް 20 މިލިއަން ރުފިޔާ
ސުކޫކް ކޫޕަންގެ ގޮތުގައި 25 މިލިއަން ދައްކައިފި
އައިކެއާ ސުކޫކުގެ އިންވެސްޓަރުންނަށް 3.4 މިލިއަން!
ސުކޫކު ޕޭމަންޓްތައް ދެއްކުމަށް ދަތިކަމެއް ނެތް: ޝަފީގު
ރާއްޖޭގެ ސުކޫކުގެ އަގު ދަށަށް!
އައިޔޫއެމުން 60 މިލިއަންގެ ސުކޫކު ވިއްކައިފި
އައިޔޫއެމް އިން 60 މިލިއަން ރުފިޔާގެ ސުކޫކު ވިއްކަނީ
އައިކެއާއިން 30 މިލިއަން ރުފިޔާގެ ސުކޫކެއް ވިއްކަނީ
ފިނޭންސުން 8.5 ބިލިއަން ރުފިޔާ ހޯދަން އިއުލާނުކޮށްފި