Roadha Mihaaru
ޕެނަލްޓީ ކެންސަލް ކުރަން "ތެދުވެރި" ރޮނާލްޑޯ އެދިއްޖެ

އަމިއްލަ ޓީމުގެ ޕެނަލްޓީ ކެންސަލް ކުރަން "ތެދުވެރި" ރޮނާލްޑޯ އެދިއްޖެ

28 ނޮވެމްބަރ 2023

ރިޔާދް (ނޮވެމްބަރު 28) - އޭއެފްސީ ޗެމްޕިއަންސް ލީގުގައި ރޭ، އިރާނުގެ ޕާސީޕޮލިސްއާ ދެކޮޅަށް އެއްވަރުވި މެޗުގައި އައް ނަސްރަށް ރެފްރީ ދިން ޕެނަލްޓީ ކެންސަލްކުރަން އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެދިއްޖެ އެވެ.

ރިޔާދް (ނޮވެމްބަރު 28) - އޭއެފްސީ ޗެމްޕިއަންސް ލީގުގައި ރޭ، އިރާނުގެ ޕާސީޕޮލިސްއާ ދެކޮޅަށް އެއްވަރުވި މެޗުގައި އައް ނަސްރަށް ރެފްރީ ދިން ޕެނަލްޓީ ކެންސަލްކުރަން އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެދިއްޖެ އެވެ.

މެޗުގެ ކުރީކޮޅު ރޮނާލްޑޯ އުފައްދަން އުޅުނު ހަމަލާއެއްގައި، އޭނާ ޕާސީޕޮލިސްގެ ޕެނަލްޓީ އޭރިއާތެރެއަށް ވެއްޓުނެވެ. ރެފްރީ އަތުން އޭރިއާ ތެރެއަށް އިޝާރާތްކޮށް ޕެނަލްޓީއެއް ކަމަށް ނިންމި އެވެ. ނަމަވެސް ރޮނާލްޑޯ ވެސް ވަނީ، ރެފްރީގެ އެ ނިންމުން ބަދަލުކުރުމަށް ޕާސެޕޮލިސްގެ ކުޅުންތެރިންނާ ގުޅި އެޕީލްކޮށްފަ އެވެ. އޭގެފަހުން ރެފްރީ ވަނީ ދަނޑު ބޭރުގައި ހުރި ވީއޭއާރް މޮނީޓަރުން ބަލައި އޭނާގެ ނިންމުން ބާތިލްކޮށްފަ އެވެ.

މެޗުގެ ކުރީކޮޅު ނަސްރުގެ ޑިފެންޑަރު އަލީ ލަޖިމީ، ޕާސީޕޮލިސްގެ މިލާދު ސަރްލާކަށް ކުރި ނުރައްކާތެރި ފައުލާ ގުޅިގެން އޭނާ އަށް ރަތްކާޑު ދެއްކި އެވެ. މެޗުގެ 78 ވަނަ މިނެޓްގައި ރޮނާލްޑޯ ކަރަށް ލިބުނު އަނިޔާއެއްގައި އޭނާ ވެސް ބަދަލު ކުރި އެވެ.

ރިޔާދްގައި ކުޅުނު މެޗު އެއްވަރުވީ 0-0 ންނެވެ. މެޗުން ލިބުނު ޕޮއިންޓާ އެކު ނަސްރު ވަނީ ބާކީ އެއްމެޗު އޮއްވައި އަނެއްބުރަށް ދަތުރުކޮށްފަ އެވެ. ގުރޫޕް އީ ގައި ނަސްރު އޮތީ 13 ޕޮއިންޓް ހޯދައިގެންނެވެ.