Roadha Mihaaru
ރޮނާލްޑޯގެ 1،200 ވަަނަ މެޗު، ގޯލަކާ އެސިސްޓެއް

ރޮނާލްޑޯގެ 1،200 ވަަނަ މެޗު، ލަނޑަކާ އެކު އެސިސްޓެއް

09 ޑިސެމްބަރ 2023

ރިޔާދް (ޑިސެމްބަރު 9) - ކްރިސްޓިއާނޯ ރޮނާލްޑޯގެ 1،200 ވަނަ މެޗުގައި އައް ނަސްރަށް ލަނޑެއް ޖަހައި ދީ އިތުރު ލަނޑެއް ޖަހަން އެސިސްޓްކޮށް ދީފި އެވެ.

ރިޔާދް (ޑިސެމްބަރު 9) - ކްރިސްޓިއާނޯ ރޮނާލްޑޯގެ 1،200 ވަނަ މެޗުގައި އައް ނަސްރަށް ލަނޑެއް ޖަހައި ދީ އިތުރު ލަނޑެއް ޖަހަން އެސިސްޓްކޮށް ދީފި އެވެ.

ސައުދީ ޕްރޯ ލީގުގައި ރޭ، އައް ރިޔާދްއާ ދެކޮޅަށް 4-1 ން ނަސްރު މޮޅުވި މެޗުގައި، އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ރޮނާލްޑޯ އެވެ. ދެން އޭނާ ވަނީ ދެވަނަ ލަނޑު ޖަހަން އޮޓާވިއޯ އެޑްމިލްސަން އަށް ފުރުސަތު ތަނަވަސްކޮށް ދީފަ އެވެ.

ރޭ ކުޅުނު މެޗާ އެކު ރޮނާލްޑޯ މިހާރު ވަނީ އެންމެ ގިނަ މެޗު ކުޅުނު ފިރިހެން ކުޅުންތެރިޔާ ކަމަށްވާ، އިންގްލެންޑްގެ ކުރީގެ ގޯލް ކީޕަރު ޕީޓާ ޝިލްޓަން އާ ކައިރި ކޮށްފަ އެވެ. ޝިލްޓަން ވަނީ 30 އަހަރު ވަންދެން ފުޓްބޯޅަ ކުޅެފަ އެވެ.

އުމުރުން 38 އަހަރުގެ ރޯނާލްޑޯ، ރޭ ޖެހި ލަނޑަކީ އޭނާގެ 868 ވަނަ ގޯލެވެ.

ޕޯޗުގަލްގެ ކެޕްޓަން ވަނީ ސީޒަނުގެ 16 މެޗުން 16 ގޯލު ޖަހައި ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ދަމަހައްޓައިފަ އެވެ. ރޭ ގެ މެޗުގެ މޮޅާ އެކު އެއްވަނައިގައި އޮތް އަލް ހިލާލް އަތުން މިދިޔަ ހަފުތާގައި 3-0 ބަލިވި މެޗުން ލިބުނު ހިތްދަތިކަމުން އަރައިގަތުމަށް ނަސްރަށް ވަނީ އެހީ އަކަށް ވެފަ އެވެ.

"އިތުރު ތިން ޕޮއިންޓް!" ރޮނާލްޑޯ ސޯޝަލް މީޑިއާގައި ޕޯސްޓް ކުރިއެވެ.

"އަހަރެންގެ 1،200 ވަނަ މެޗަށް ވާސިލުވުމަށް އެހީތެރިވި ޓީމުގެ ހުރިހާ އެންމެންނަށް ޝުކުރުވެރިވަން. މުހިންމު ރައިޑެއް. އެކަމަކު އަހަރެމެން އަދި ނުނިމޭ!"

ދެވަނަ ހާފުގައި ނަސްރުގެ އަނެއް ދެ ލަނޑު ޖަހައި ދިނީ ބްރެޒިލްގެ ޓެލިސްކާ އެވެ. ރިޔާދްގެ ލަނޑު ޖެހީ އިންގްލެންޑްގެ އެންޑްރޭ އެންތޮނީ ގުރޭ އެވެ.