ކެންސަރުގެ އާލާސްކަންފުޅާ ގުޅިގެން، އާ ސަރުކާރުގެ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ފަރުވާ އަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ނިންމަވައިފި އެވެ.
29 ނޮވެމްބަރ 2023
ކެންސަރުގެ އާލާސްކަންފުޅާ ގުޅިގެން، އާ ސަރުކާރުގެ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ފަރުވާ އަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ނިންމަވައިފި އެވެ.
ރަމީލާ ފޭސްބުކްގައި މިއަދު ހެނދުނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ ކެންސަރަށް ޑައިގްނޯސްވުމާ ގުޅިގެން ކީމޯ އާއި ރޭޑިއޭޝަން ތެރަޕީ ނެގުމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ. އަދި ބަލި ޖެހިފައިވާކަން އެނގުނީ ކެންސަރުގެ އެންމެ ފަހު ސްޓޭޖުގައި ހުއްޓާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ބަރު ހިތަކާ އެކު މި ވަގުތަށް އެންމެންނާ މި ވަކިވަނީ. ﷲގެ އިރާދަފުޅާ އެކު އަލުން ބައްދަލުވާނެ،" ރަމީލާގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ނަމަވެސް، އެއީ ކެންސަރުގެ ކޮން ބާވަތެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އޭނާ ފަރުވާ އަށް ވަޑައިގަންނަވަނީ އިންޑިއާ އަށެވެ.
ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލް ވަނީ ރަމީލާ ކެންސަރަށް ފަރުވާ ހޯއްދަވަމުން އަންނަކަން މިއަދު "މިހާރު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާއަށް މަގާމުގެ ލިޔުން ރައީސް ޑރ މުއިއްޒު ހަވާލުކޮއްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ހަލީލް ވިދާޅުވީ ރަމީލާ އަށް ކެންސަރު ޖެހުނުކަން އެނގިވަޑައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާ އަށް ގުޅުއްވައި ހާލު ބެއްލެވި ކަމަށެވެ. އަދި އެމަނިކުފާނާއި ސަރުކާރުގެ ތެރެއިން ރަމީލާ ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސްގެ ދުއާ އަކީ ރަމީލާ އަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން. އަދި ބަލިން ފަސޭހަވެ، މަސައްކަތާ އަލުން ގުޅިވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އުއްމީދުކުރައްވާ،" ހަލީލް ވިދާޅުވި އެވެ.
ރަމީލާ ފަރުވާގައި ހުންނަވާ މުއްދަތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ އިސް މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އެހެން ބޭފުޅަކާ ހަވާލުކުރުމުގެ މަސައްކަތް ރައީސް އޮފީހުން ކުރާނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.
ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު މަސައްކަތް ފެއްޓެވި ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެ ފަހަރެއްގެ މަތިން ކުރިން ކުރައްވައިފަ އެވެ.
ރަމީލާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާއިން ޕީއެޗްޑީ ވެސް ހާސިލުކުރައްވައިފަ އެވެ.
މިނިސްޓަރު ރަމީލާ އޮފީހަށް ނުކުންނަވަން ފައްޓަވައިފި
އާމްދަނީދަށް ގައުމުތަކުގެ ކުދިންނަށް ކެންސަރު ބޭސް ހިލޭ
ކެންސަރުގެ ވޭނާ ދެކޮޅަށް އެއަށްވުރެ ގަދަ ހިތްވަރެއްގައި
ކެންސަރު ދުވަސް:ރައީސް އެދިވަޑައިގަތީ ދުންފަތާ ދުރުވާން
ކެންސަރަށް ވެކްސިން ހޯދިއްޖެ ކަމަށް ރަޝިޔާއިން ބުނެފި
ދަނޑުވެރިކަމާބެހޭ މިނިސްޓްރީ ހިންގެވުން މާރިޔާ އަށް
މިނިސްޓަރު ރަމީލާ އިސްތިއުފާ ދެއްވައިފި
ވިޔަފާރީގެބޭނުމަށް ބުޅާ ގެނައުން ވަގުތީގޮތުން މަނާކުރަނީ
ފަސްނުޖެހި، އުރަމަތީ ކެންސަރުގެ ވާހަކަދައްކަން އެދިއްޖެ
"ޒެންޓަކް" އިން ދައުވާތައް ހުއްޓުވަން ދެބިލިއަން ދީފި