Roadha Mihaaru
ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ރޭ ހަމަވަނީ

"ފަން ރަން"ގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ރޭ ހަމަވަނީ

29 ނޮވެމްބަރ 2023

އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ އުރީދޫ "ފަން ރަން"ގައި ރެޖިސްޓްރީވުމުގެ ފުރުސަތު މާދަމާ ރޭ ހަމަވާނެ ކަމަށް އުރީދޫން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ އުރީދޫ "ފަން ރަން"ގައި ރެޖިސްޓްރީވުމުގެ ފުރުސަތު މާދަމާ ރޭ ހަމަވާނެ ކަމަށް އުރީދޫން ބުނެފި އެވެ.

އުރީދޫން ބުނީ މާދަމާ ރޭ 12 ޖެހުމާއި ހަމައަށް މި ދުވުމަށް އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ރެޖިސްޓާކުރެވޭނެ ކަމަށެވެ. މި ދުވުމަކީ އުރީދޫން މީގެ ކުރިން ބާއްވަމުން ދިޔަ "ކަލާ ރަން" ރީބްރޭންޑުކޮށް މި ދިޔަ އަހަރު ބާއްވަން ފެށި ދުވުމެވެ.

މިދިޔަ އަހަރު ބޭއްވި އުރީދޫ ފަން ރަންގެ ތެރެއިން. -- ފޮޓޯ: އުރީދޫ

މިދިޔަ އަހަރު ބޭއްވި އުރީދޫ ފަން ރަންގެ ތެރެއިން. -- ފޮޓޯ: އުރީދޫ

މި ދުވުމަކީ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ މަޖާ ދުވުމެކެވެ. މި ދުވުމުގައި އިންފްލޭޓަބަލް އޮބްސްޓެކަލްސްތަކެއް ހުންނާނެ އެވެ. އަދި ކުލައިގެ މަޖާ ހަރަކާތްތަކެއް ވެސް ދުވުމުގައި ކުރިއަށް ދާނެ އެވެ.

މި އަހަރުގެ "ފަން ރަން" ބާއްވާ ހަފްތާ ބަންދަކީ ތަފާތު، މަޖާ ހަފްތާ ބަންދަކަށް ހެދުމުގެ ގޮތުން ދުވުން އޮންނަ ދުވަހުގެ ހެނދުނު ޑްރޯން ރޭހެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ ފުރަތަމަ ޑްރޯން ރޭހެވެ. މި ޑްރޯން ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މި ދުވުމުގެ ކިޓުތައް މޫލީ މެދުވެރިކޮށް މިހާރު އަންނަނީ ވިއްކަމުންނެވެ. "ފަން ރަން"ގެ ކިޓުތައް ވިއްކަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ 100ރ. އަށް ވިއްކާ ސްޓޭންޑަޑް ކިޓާއި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑު އަދި ފޮތި ދަބަހެއްގެ އިތުރުން އައިނާއި ބަންޑެނާ ހިމެނޭ 200ރ. ގެ ފަން ކިޓެވެ.

މި އަހަރުގެ "ފަން ރަން"ގެ ބައިވެރިންނަށް ބިބް ކަސްޓަމައިޒް ކޮށް އޯޑަރު ކުރުމުގެ ފުރުސަތު ވެސް މޫލީ މެދުވެރިކޮށް އުރީދޫން ވަނީ ހުޅުވާލާފަ އެވެ.

މި އަހަރުގެ "ފަން ރަން" އޮންނާނީ އަންނަ މަހުގެ 22 ވަނަ ދުވަހު ހުޅުމާލޭގަ އެވެ.