Roadha Mihaaru
ފަން ރަން: އެތައް ހާސް ބައިވެރިންނަށް މަޖާގަނޑެއް

ފަން ރަން: 6،000 އަށް ވުރެ ގިނަ ބައިވެރިންނަށް ބޮޑު މަޖާގަނޑެއް

23 ޑިސެމްބަރ 2023

އުރީދޫން ބާއްވާ އެންމެ ބޮޑު، އެންމެ މަޖާ އަދި އެންމެ އުފާވެރި ދުވުމުގެ ގޮތުގައި އެ ކުންފުނިން ސިފަކުރާ "ފަން ރަން" ކާމިޔާބުކަމާ އެކު އިއްޔެ ބާއްވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދޫން ބާއްވާ އެންމެ ބޮޑު، އެންމެ މަޖާ އަދި އެންމެ އުފާވެރި ދުވުމުގެ ގޮތުގައި އެ ކުންފުނިން ސިފަކުރާ "ފަން ރަން" ކާމިޔާބުކަމާ އެކު އިއްޔެ ބާއްވައިފި އެވެ.

އުރީދޫން ބުނި ގޮތުގައި ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި 6000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވި އެވެ. މި އަހަރުގެ "ފަން ރަން"ގެ 5ކޭ ދުވުން ބޭއްވީ ހުޅުމާލެ ފޭސް 1 އަދި 2 ގެ މަގުތައް ހިމެނޭ ގޮތަށެވެ. މި ދުވުމުގައި އެކި އުމުރުފުރާތަކުުން ބައިވެރިވެފައި ވާއިރު މިއީ އާއިލާތަކާއި ކުޑަކުދިންގެ މެދުގައި މަގުބޫލު، ފޯރި ގަދަ ދުވުމެއްކަން އުރީދޫން ފާހަގަކުރެ އެވެ.

އުރީދޫން މި އަހަރު ބޭއްވި ފޯރިގަދަ ފަން ރަންގެ ބައިވެރިން ގަޔަށް ކުލަ ޕޮއިންޓަކުން ކުލަޖަހަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އުރީދޫން މި އަހަރު ބޭއްވި ފޯރިގަދަ ފަން ރަންގެ ބައިވެރިން ގަޔަށް ކުލަ ޕޮއިންޓަކުން ކުލަޖަހަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އުރީދޫ "ފަން ރަން" ގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދްއަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ބޯޑް ޑިރެކްޓަރު ދީނާ ހުސައިން އަދި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒުގެ އިތުރުން އަންނަ އަހަރު މި ދުވުން ބާއްވާ ލާމު އަތޮޅުން އެ އަތޮޅު ކައުންސިލް ރައީސް، އިސްމާއިލް އަލީ ވެސް ބައިވެރިވެ ވަޑައިގަތެވެ.

މި ހަރަކާތުގައި ކޮންމެ ކިލޯމީޓަރެއްގައި ދުވުންތެރިންނަށް މަރުހަބާ ކިޔަން ފަން ސްޓޭޝަންތައް ހުއްޓެވެ. އަދި ކޮންމެ ކިލޯ މީޓަރެއްގައި ކުލަ ޖެހުމާއި އޮބްސްޓެކަލަސްތައް ހުރަސްކުރުން އޮތެވެ. މި ރަން އިތުރަށް ފޯރިގަދަ ކުރުމުގެ ގޮތުން ފޯމް ޕާޓީއެއް ވެސް އޮތެވެ.

މި ދުވުން ނިމުނުއިރު ބައިވެރިން ވަނީ އެޑްވެންޗާ އަޕްގެ ބުލް ބޭޝް އާއި ގްލެޑިއޭޓާ ޑުއެލްގެ އުފާވެރިކަން ވެސް ފާހަގަކޮށްފަ އެވެ. ސޯޝަލް މީޑިއާޕްލެޓްފޯމްތަކުގައި ބައިވެރިންގެ ދުވުމުގެ އުފާވެރިކަމާއި ފަން ރަންގެ މެޑަލް ދައްކާލައި، ފޯމާއި ކުލައިން ފުރިފައިވާ އުފާވެރި ގިނަ ފޮޓޯތައް ވަނީ ހިއްސާ ކޮށްފަ އެވެ.

އުރީދޫން މި އަހަރު ބޭއްވި ފޯރިގަދަ ފަން ރަންގެ ބައިވެރިން ގަޔަށް ކުލަ ޕޮއިންޓަކުން ކުލަޖަހަނީ: އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު މި އަހަރުގެ މި ހަރަކާތުގައި 5،000 ވުރެ ގިނަ މީހުން ބައިވެރިވި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި އަހަރުގެ "ފަން ރަން" އަށް ލިބުނު ބޯޑު ތަރުހީބާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދް އަލް ހަމާދީ ވިދާޅުވީ "ފަން ރަން" އަކީ ހަމައެކަނި ދުވުމެއް ނޫން ކަމަށާއި މި ހަރަކާތަކީ ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ބާރު އެޅުމުގެ އިތުރުން ދިވެހި މުޖުތަމައުގެ ރޫހު ދައްކުވައިދޭ އުފާވެރި ހަރަކާތެއް ކަމަށެވެ. އަދި މި ދުވުމުގެ ބައިވެރިންގެ ފަރާތުން ފެނުނު ހިނިތުންވުމާއި އުފާވެރިކަމަކީ އެ ކުންފުންޏަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވި އެވެ.

އުރީދޫ "ރަން ރަން"ގައި އަންނަ އަހަރުގެ ރީޖަނަލް "ފަން ރަން" ލ. އަތޮޅުގައި ބާއްވާނެކަން އިއުލާނުކުރި އެވެ.