Roadha Mihaaru
ޑްރޯން ރޭހުގެ ފައިނަލަށް ތައްޔާރު ވަނީ

ޑްރޯން ރޭހުގެ ކޮލިފައިން ބުރު ނިންމައި ފައިނަލަށް ތައްޔާރު ވަނީ

19 ޑިސެމްބަރ 2023

މި އަހަރުގެ އުރީދޫ "ފަން ރަން"އާ ގުޅިގެން ބާއްވާ ޑްރޯން ރޭހުގެ ސްކައި ވޯކާ ކޮލިފައިން ބުރު ނިންމައި ފައިނަލަށް ތައްޔާރުވާން ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މި އަހަރުގެ އުރީދޫ "ފަން ރަން"އާ ގުޅިގެން ބާއްވާ ޑްރޯން ރޭހުގެ ސްކައި ވޯކާ ކޮލިފައިން ބުރު ނިންމައި ފައިނަލަށް ތައްޔާރުވާން ފަށައިފި އެވެ.

އުރީދޫން ބުނީ މި ބުރުގައި 30 ޕައިލެޓެއް ރަޖިސްޓްރީވި ކަމަށެވެ. އަދި ކޮލިފައިން ބުރުން މޮޅުވެ ފައިނަލަށް ދިޔައީ ނުވަ ޕައިލެޓުން ކަމަށް އުރީދޫން ބުންޏެވެ.

މި ރޭހުގެ ފައިނަލް އޮންނާނީ އަންނަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މި ރޭހުގައި ސްކައި އެލީޓް (އެފްޕީވީ ޑްރޯން) ކެޓަގަރީގެ ޕައިލެޓުންނާއި ސްކައި ވޯކާ (ޑީޖޭއައި ނޮން-އެފްޕީވީ ޑްރޯންސް) ކެޓަގަރީގެ ޕައިލެޓުން ބައިވެރިވާނެ އެވެ. މި ދުވުމަކީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ދުވުން ނިންމުމަށް ބައިވެރިން ވާދަކުރާ ދުވުމެކެވެ.

ސްކައި ވޯކާ ކެޓަގަރީގެ ކޮލިފައިން ބުރުގައި ރޭސް ކޯހުގެ ތެރޭގައި ބަހައްޓާފައިވާ އޮބްސްޓެކަލް ހޫޕްތަކުގެ ތެރެއިން ޑްރޯންތައް ދުއްވާ ޕައިލެޓުންގެ ހުނަރު ވަރަށް ފުރިހަމައަށް ފެނުނުކަމަށް އުދީރޫން ބުންޏެވެ. އުރީދޫން ބުނީ އެ ބުރުގައި 13 އަހަރުގެ ޑްރޯން ޕައިލެޓެއް ވާދަކޮށް ފައިނަލަށް ދިޔަ ކަމަށެވެ.

މި މުބާރާތުގައި "ސްކައި އެލީޓް" ކެޓަގަރީގެ ވަނަތަކަށް ދޭ އިނާމުތަކަކީ: 1 ވަނަ: ޑީޖޭއައި މިނީ 3 ޕްރޯ (ޑީޖޭއައި އާރްސީ) 2 ވަނަ: 5ޖީ އެއާ ފައިބަރު ޑިވައިސް އާއި ތިން މަސް ދުވަހުގެ 1536ޖީބީގެ ހިލޭ ޕެކޭޖް 3 ވަނަ: 2000ރ. ގެ މޫލީ ވައުޗަރު މި މުބާރާތުގައި "ސްކައި ވޯކާ" ކެޓަގަރީގެ ވަނަތަކަށް ދޭ އިނާމުތަކަކީ: 1 ވަނަ: ޑީޖޭއައި މިނީ 2 އެސްއީ 2 ވަނަ: 5ޖީ އެއާ ފައިބަރު ޑިވައިސް އާއި ތިން މަސް ދުވަހުގެ 750ޖީބީގެ ހިލޭ ޕެކޭޖް 3 ވަނަ: 1000 ރުފިޔާގެ މޫލީ ވައުޗަރު

މި ޑްރޯން ރޭހަކީ ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭހެވެ.