ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ހައްލެއް ހޯދަން މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރިޔަސް ގުޅީފަޅާއި ގިރާވަރުފަޅުގެ ހިއްކި ސަރަހައްދަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ވެސް އިސްކަން ދެއްވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
30 ނޮވެމްބަރ 2023
ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ހައްލެއް ހޯދަން މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރިޔަސް ގުޅީފަޅާއި ގިރާވަރުފަޅުގެ ހިއްކި ސަރަހައްދަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ވެސް އިސްކަން ދެއްވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
އެންމެ ބޮޑު މައްސަލައަށް ހައްލު ހޯދައިދެއްވަން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގައި ފުށިދިއްގަރު ބޮޑު އާބާދީއަކަށް ތަރައްގީކުރަން ޕްލޭނެއް ހައްދަވާނެކަން ވަނީ އިއުލާންކުރައްވައިފަ އެވެ.
"ފުށިދިއްގަރަކީ މި ސަރުކާރުން 20 އަހަރުގެ ޕްލޭނެއްގެ ދަށުން އެންމެ އިސްކަމެއްދީގެން ތަރައްގީ ކުރާނެ ތަން ނަމަވެސް, ގުޅީފަޅާއި ގިރާވަރު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އިސްކަން ދީގެން ކުރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވި."
— Mihaaru (@Mihaarunews) November 30, 2023
ތަފުސީލު: https://t.co/37RDQ4GqgK pic.twitter.com/U4TdNlorNZ
ކުރީގެ ސަރުކާރުން ވަނީ ގުޅީފަޅާއި ގިރާވަރުފަޅު ހިއްކަން ފަށައި، އެ ތަންތަނުން ބައެއް މީހުންނަށް ގޯތި ދޫކޮށް މީހުން އާބާދުކޮށް ސިޓީތަކެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމައިފަ އެވެ. ނަމަވެސް، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން ހިމަނާފައިވަނީ ފުށިދިއްގަރުފަޅު ހިއްކަން ފެށުމެވެ.
މިނިސްޓަރު މުއްތަލިބު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ގުޅީފަޅާއި ގިރާވަރުފަޅުގެ ފެނާއި ނަރުދަމާ އަދި މަގުތައް ހެދުމުގެ މަސައްކަތްތަކަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރާނެ ކަމެއް ކަމަށެވެ. އެކަމަކު، ގުޅީފަޅުގެ ބިން ހިއްކައި ސަރުކާރާ ހަވާލުކުރަން އޮތް ތާރީހަކީ އަންނަ އަހަރުގެ އޮކްޓޯބަރު މަސް ކަމަށާއި އެތަނުގައި މަޝްރޫއުތައް ފެށޭނީ އޭގެ ފަހުން ކަމަށެވެ.
"އަޅުގަނޑުމެން ޕްލޭން ކުރަން ޖެހޭނީ 2025 އަހަރު އެ މަސައްކަތްތައް ފެށުމަށްޓަކައި. ވަރަށް ކުޑަ ވަގުތު ލިބުނީ މި އަހަރުގެ ބަޖެޓް ހަދަން ވެސް، އެހެންވެ އެ ހުރިހާ އެއްޗަކަށް ޕްލޭން ކުރެވިފައެއް ނޫން ހުރީ،" މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމްކުރުމަށް ވެސް ބަޖެޓްކޮށްފައެއް ނުވެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ގުޅީފަޅުގައި ޕޯޓް ހަދަން ނިންމާފައިވީ ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމެވެ. އެހެންކަމުން، މިހާރު ގުޅީފަޅާ މެދު އޮތް ޕްލޭނަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު އަބްދުﷲ މުއްތަލިބް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ފުށިދިއްގަރާ އެކު ގުޅީފަޅާއި ގިރާވަރު ތަރައްގީ ކުރަން ވެސް އިސްކަންދޭނެ ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ކުރީ ސަރުކާރުން ގޯތި ދޫކޮށްފައި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވުނު ނަމަވެސް، އެތަނުގެ ޝޯ ޕްރޮޓެކްޝަން ފަދަ މަސައްކަތްތަކަށް ވަގުތު ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ގިރާވަރާއި ގުޅީފަޅާ ގުޅުވުމަށް ވެސް މާލެ-ވިލިމާލެއާ ދެމެދު އަޅާ ބްރިޖަށްވުރެ ދިގު ބްރިޖެއް ބޭނުންވާ ކަމަށާއި އެ މަސައްކަތް ވެސް ޕްލޭން ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުން އެކަމާ ގުޅޭ ޕްލޭނެއް ވެސް ހަދާފައި ނެތެވެ.
"އަދި ބަޔަކަށް ބިންތަކެއް ދީފައި އޮތް ނަމަވެސް، ފެނާއި ނަރުދަމާ ކަރަންޓާއި މަގު ހެދުމާއި އަދި ގިރާވަރަށް ގެންނަން ޖެހޭ ބްރިޖް ކަނެކްޝަން އަކީ ވެސް ކުރަންޖެހޭ މަސައްކަތްތަކެއް. ހަރަދު ވެސް ބޮޑު ކަންތައްތަކެއް. އެހެންނަމަވެސް، އެ ކަންތައްތައް ރައްޔިތުން އާބާދުވާން ބިންތަކެއް ދީފައި ހުރި ތަންތަނަށްވާތީ ކުރަން ޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"100 ދުވަހުގެ ޕްލޭންގައި އެ މަސައްކަތްތައް ނެތް ނަމަވެސް، ހަމަ އިސްކަން ދީގެން އެއަށް ބޭނުންވާ ފަންޑިން ހޯދައިގެން އެއަށް މަސައްކަތް ކުރާނެ ކަންތައްތައް އެއީ."
ގުޅީފަޅު: އެ ތަން ތަރައްގީ ކުރަން ވެސް އިސްކަން ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ އެންމެ އުއްމީދީ މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅަކީ 20 އަހަރުގެ ޕްލޭނެއްގެ ދަށުން މާލެއާ ވަކިން އޮންނަ ސިޓީއެއްގެ ގޮތަށް ތަރައްގީ ކުރާ ތަނެއް ކަމަށާއި އެތަން ތަރައްގީ ވެގެން ދިޔައީމަ މާލެ ނައިސް، ހިދުމަތް ލިބޭނެ ތަނަކަށް އެތަން ވާނެ ކަމަށެވެ.
"ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހިމެނިފައިމިވަނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން. ޕްލޭނިން ސްޓޭޖްގައި އަދި އޮތީ. ފަންޑު ހޯދާނެ ގޮތާއި އެފަދަ ޕްލޭނިން ސްޓޭޖްގައި ރައީސް އޮފީސް ތެރޭ އެ މަސައްކަތްތައް އެބަ ކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ރައީސް ވިދާޅުވެފައިވާ ގޮތުގައި އެ ތަނަކީ މާލެ އަށް މިހާރު ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް "ޓޯޓަލް ސޮލިއުޝަން" އެކެވެ. އެ ތަނުން ގޯއްޗާއި ފްލެޓް ވެސް ދޫކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ގޯތި/ފްލެޓު ރަޖިސްޓަރީ ހަވާލުކުރަން މިހަފުތާގައި ފަށާނެ
ގުޅީފަޅާއި ގިރާވަރުފަޅަށް އިތުރު 135 ހެކްޓަރު
"ހައުސިން ލޯނުތައް ދާދި އަވަހަށް އިއުލާނުކުރާނަން"
"ރަސްމާލެ އަކީ ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް"
ގޯތިތައް ތިން މަސް ތެރޭ ހަވާލުކުރަން އިސްލާހެއް
ގުޅިފަޅުގެ ހިއްކާފައިވާ ބައިން ހުރިހާ ގޯއްޗެއް ދެނީ
ގުޅިފަޅުގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކަށް
ގޯތި ލިބުނު ފަހުން މަރުވި މީހުންގެ ބިން ވާރިސުންނަށް
ގޯތި ބަދަލުކުރާ މީހުންގެ މެދުގައި ގުރު ނަގައިފި
ރަސްމާލެ ކުރިއަށް ގެންދާނީ އެހެން މޮޑެލްއަކަށް