ލޫޓަން (ނޮވެމްބަރު 6) - ލޫޓަން ޓައުންއާ ދެކޮޅަށް އާސެނަލް މޮޅުކޮށް ދޭން ފަހު ވަގުތުގައި ޑެކްލަން ރައިސް ލަނޑު ޖެހުމުން، އެ ޓީމުގެ ކޯޗު މިކަލް އާޓެޓާ އުފާފާޅު ކުރި ގޮތުން އޭނާ އަށް ދެއްކި ރީނދޫ ކާޑާ އެކު އަނެއް މެޗަށް ސަސްޕެންޑް ވެއްޖެ އެވެ.
ލޫޓަން (ނޮވެމްބަރު 6) - ލޫޓަން ޓައުންއާ ދެކޮޅަށް އާސެނަލް މޮޅުކޮށް ދޭން ފަހު ވަގުތުގައި ޑެކްލަން ރައިސް ލަނޑު ޖެހުމުން، އެ ޓީމުގެ ކޯޗު މިކަލް އާޓެޓާ އުފާފާޅު ކުރި ގޮތުން އޭނާ އަށް ދެއްކި ރީނދޫ ކާޑާ އެކު އަނެއް މެޗަށް ސަސްޕެންޑް ވެއްޖެ އެވެ.
މެޗު 3-3 ން އެއްވަރުވެފައި ވަނިކޮށް އާސެނަލް މޮޅުކޮށް ދިން ލަނޑު ރީސް ޖެހީ 90 މިނެޓް ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ހަތްވަނަ މިނެޓްގަ އެވެ.
އާސެނަލްއ އިން 120 މިލިއަން ޑޮލަރު ހޭދަ ކުރި ރައިސް އެ ލަނޑު ޖެހުމުން، އާދަޔާ ހިލާފަށް އުފާފާޅު ކުރަމުން އާޓެޓާ ވަނީ ދަނޑަށް ވެސް އަރައިފަ އެވެ. އެކަމާ ރެފްރީ ވަނީ ސެމިއުލް ބެރޮޓް އާޓެޓާ އަށް ރީނދޫ ކާޑޫ ދެއްކި އެވެ. އެއީ ލީގުގައި އޭނާ އަށް ދެއްކި ތިންވަނަ ރީނދޫ ކާޑެވެ.
އެއާ އެކު ކުރިމަތިވާ އޮޓޮމެޓިކް ސަސްޕެންޝަނުގެ ސަބަބުން އަންނަ ހޮނިހިރު ދުވަހު ވިލާ ޕާކުގައި، އެސްޓަން ވިލާއާ ދެކޮޅަށް އާސެނަލް ކުޅޭ މެޗުގައި އާޓެޓާ އަށް ޓީމަށް އިރުޝާދު ދޭން ބެނުންޗުގައި ނުހުރެވޭނެ އެވެ.
މެޗުން މޮޅުވެ އާސެނަލް ވަނީ އެއްވަނައިގައި ލީޑް ފުޅާކޮށްފަ އެވެ.
މެޗުގައި އާސެނަލްގެ ފުރަތަމަ ޖެހީ ގެބްރިއަލް މާޓިނެލީ އެވެ. އޭގެ ފަހުން ލޫޓަންގެ ގެބްރިއަލް އޮޝޯ ނަތީޖާ ހަމަހަމ ކުރި އެވެ. ފުރަތަމަ ހާފު ނިމުގެ ކުރިން ގެބްރިއަލް ޖެސީސް އާސަނަލް އަށް އަނެއްކާ ވެސް ލީޑް ނަގައި ދިނެވެ. ދެވަނަ ހާފުގެ ކުރީ ކޮޅު އެލިޖާހް އަޑެބެޔޯ ލޫޓަން އަށް ހަމަހަމަ ކޮށްދިނެވެ. ދެ ލީޑް ނެގީ ލޫޓަން އިންނެވެ އެ ލަނޑު ޖެހީ ރޯސް ބާކްލީ އާސެނަލް އަށް ނަތީޖާ ހަމަހަމަ ކޮށް ދިނީ ކައި ހަވާޓްޒް އެވެ.
ސިޓީގެ ހަރަކާތަށް އާޓެޓާގެ ޝައުގެއް ނެތް
އާސެނަލްގައި ވަރަށް ބައިވަރު މައްސަލަތައް އެބަހުރި
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ލީގު ހޯދާވަރުގެ ފެންވަރެއް އާސެނަލްގައި ނެތް: އާޓެޓާ
މެޗުގެ ފަހު 25 މިނެޓު ގާޑިއޯލާއަށް ވަރަށް ހިތާމަވެރި
ބަލިމަޑުކަމުގެ ވަގުތެއްގައި ވެސް އާސެނަލްގެ ހިތްވަރު
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ޕްރިމިއާ ލީގު ކަށަވަރުކުރުން އަންނަ ހަފުތާ އަށް
ވައިޓްގެ "ސިއްރު އުކުޅުން" އާސެނަލް އެއްވަނައިގައި
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި