ލަންޑަން (ސެޕްޓެމްބަރު 29) - ރަށުން ބޭރުގައި ރޭ ފަހު ވަގުތު 2-1 އިން ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވި މެޗުން ފެނުނީ އާސެނަލް ކުޅުންތެރިން ޕްރިމިއާ ލީގު ކާމިޔާބު ކުރަން ބޭނުންވެފައި ތިބި މިންވަރު ކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފި އެވެ.
ލަންޑަން (ސެޕްޓެމްބަރު 29) - ރަށުން ބޭރުގައި ރޭ ފަހު ވަގުތު 2-1 އިން ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވި މެޗުން ފެނުނީ އާސެނަލް ކުޅުންތެރިން ޕްރިމިއާ ލީގު ކާމިޔާބު ކުރަން ބޭނުންވެފައި ތިބި މިންވަރު ކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފި އެވެ.
ފުރަތަމަ ހާފުގައި ނިކް ވޯލްޓްމޭޑް ޖެހި ލަނޑުން ނިއުކާސަލް މޮޅުވާން ދަނިކޮށް އާސެނަލް ނަތީޖާ އެއްވަރު ކުރީ 84 ވަނަ މިނިޓުގައި މިކެލް މެރީނޯ ޖަހައިދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ ކައިރިން ކުޅުނު ކޯނަރަކުން ޑެކްލަން ރައިސް ނަގައިދިން ހުރަހަކުންނެވެ. އަދި ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި ކެޕްޓަން މާޓިން އޮޑެގާޑް ނަގައިދިން ކޯނަރުން އާސެނަލް މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ޑިފެންޑަރު ގެބްރިއެލް މަގަޅޭސް އެވެ.
"ސީޒަން ފެށި އިރު އުނދަގޫ މެޗުތަކެއް އަހަރެމެންނަށް ޖެހުނީ، މިއަދު އަހަރެމެންނަށް މި ފުރުސަތު ލިބުނީ ކުރީގައި އުޅޭ ޓީމުތަކާ ފަރަގު ކުޑަކުރަން. އަދި މިކަން މި ކުރެވުނީ މާޒީގައި އަހަރެމެންނަށް އުނދަގޫ ނަތީޖާތަކެއް ލިބިފައި ހުރި ދަނޑެއްގައި. މި މެޗުން ދައްކުވައިދިނީ ކުޅުންތެރިން [ލީގުން] މޮޅުވާން ބޭނުންވެފައި ތިބި މިންވަރު." އާޓެޓާ ބުންޏެވެ.
ގެބްރިއެލް އާސެނަލް މޮޅުވި ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
ރޭގެ މޮޅާ އެކު އާސެނަލް ވަނީ ނިއުކާސަލްގެ ދަނޑުގައި އެޓީމު މީގެ ކުރިން ޖެހިޖެހިގެން ތިން މެޗުން ބަލިވި ރެކޯޑަށް ނިމުން ގެނެސްފަ އެވެ.
ނިއުކާސަލްއިން މެޗުގައި ލީޑު ނެގުމުގެ ކުރިން ރެފްރީ ވަނީ ގޯލްކީޕަރު ނިކް ޕޯޕް އާސެނަލްގެ ވިކްޓާ ޔޯކެރޭސް އަށް ފައުލް ކުރި ކަމަށް ބަލައި ޕެނަލްޓީއެއް ދޭން އިޝާރާތް ކޮށްފަ އެވެ. ނަމަވެސް ވީއޭއާރުން ވަނީ ނިންމުން ބަދަލު ކޮށްފަ އެވެ.
މީގެ އިތުރުން އާސެނަލް ނަތީޖާ އެއްވަރުކުރިތާ ދެ މިނިޓު ފަހުން އެންތަނީ އެލަންގާ ވަނީ އޭރިއާ ތެރެއިން އާސެނަލްގެ ގެބްރިއެލް މަގަޅޭސް އަތުގައި ބޯޅަ ޖެހުނު ކަމަށް ވަރަށް ބޮޑަށް އެޕީލް ކޮށްފަ އެވެ. ނަމަވެސް ނިއުކާސަލް އަށް ޕެނަލްޓީ ނުދޭން ނިންމީ ވީއޭއާރުންނެވެ.
މި ނަތީޖާއާއެކު އާސެނަލް ވަނީ ހަ މެޗުން 13 ޕޮއިންޓް ހޯދައި ލީގު ތާވަލްގެ ދެވަނައަށް ޖެހިލައިފަ އެވެ. އެއްވަނައިގައި އޮތީ 15 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލެވެ. އަދި އާސެނަލްގެ ފަހަތުން ލީގުގެ ތިންވަނައިގައި އޮތީ މި ސީޒަންގައި މިހާތަނަށް މެޗަކުން ބަލި ނުވެ އޮތް ކްރިސްޓަލް ޕެލަސް އެވެ. ޕެލަސް އަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ.
މި ސީޒަންގައި ޗެމްޕިއަންސް ލީގު ކުޅޭ ނިއުކާސަލް އަށް އަދި ހަ މެޗުން މޮޅު ވެވުނީ އެންމެ މެޗަކުންނެވެ. މިހާތަނަށް ލިބުނު ހަ ޕޮއިންޓާ އެކު އެ ޓީމު އޮތީ 15 ވަނައިގަ އެވެ.
ނިއުކާސަލްއިން ޖެހީ ގޯލެއް ކަމަށް އާޓެޓާ ގަބޫލެއްނުކުރި
އަންނަ ސީޒަނަށް އާޓެޓާ ޖޯޝުގައި: އުފަލުން ހީބިހި ނަގާ
ބަލިމަޑުކަމުގެ ވަގުތެއްގައި ވެސް އާސެނަލްގެ ހިތްވަރު
އާޓެޓާ އުފާފާޅުކުރި ގޮތުން އަނެއް މެޗަށް ސަސްޕެންޑް
ސިޓީގެ ހަރަކާތަށް އާޓެޓާގެ ޝައުގެއް ނެތް
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
އާޓެޓާގެ އާސެނަލް އެންމެ ފަހުން ޕެޕްގެ ސިޓީ ބަލިކޮށްފި
ސިޓީއަށް ފުރަތަމަ ބަލި، ލިވަޕޫލަށް ދޯކާ ދިނީ ވީއޭއާރު
ޗެލްސީ ގޯހުން ގޯހަށް، އާސެނަލް ހުއްޓުވީ ސޮން
އެންމެ ވާދަވެރިވާނީ އަންނަ ސީޒަނުގެ ލީގު: އާޓެޓާ