ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ހަފުތާއެއްގެ ތެރޭގައި 60 ޓަނުގެ ކުނި ނަގައިފި އެވެ.
07 ޑިސެމްބަރ 2023
ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ހަފުތާއެއްގެ ތެރޭގައި 60 ޓަނުގެ ކުނި ނަގައިފި އެވެ.
އާބަންކޯ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އިރުޝާދުގެ ދަށުން އެ ކުންފުނީގެ މުވައްޒަފުން ހުޅުމާލޭގެ ވަރަށް ބޮޑު ސަރަހައްދެއް މިހާރު ސާފުކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރި މަސައްކަތުން ހުޅުމާލެ 1 އަދި 2 އިން 60 ޓަނުގެ ކުނި ނަގާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ކުންފުނިން ބުނީ ބޮޑު އާބާދީއެއް ދިރިއުޅޭ ހުޅުމާލެ ސާފުތާހިރު އަދި ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްވުމަށް އާބަންކޯ އިން ވަރަށް ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ކުނި ނައްތާލުމުގެ ގޮތުން އެކި ކެމްޕެއިންތައް ވެސް މީގެ ކުރިން ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
ހުޅުމާލެއިން ކުނި ނެގުމުގެ މަސައްކަތް އާބަންކޯގެ މުވައްޒަފުން ކުރަނީ.-- ފޮޓޯ: އާބަންކޯ
"އާބަންކޯގެ އަމާޒަކި ހުޅުމާލެއަކީ ސާފްތާހިރު ތަނެއްގެ ގޮތުގައި ދެމެހެއްޓުމެވެ. އެހެންކަމުން މި އަމާޒަށް ވާސިލްވުމަށް ވަކިވަކި ފަރުދުން ވެސް އެބައެއްގެ ފަރުދީ ޒިންމާ އަދާކޮށް، ކުނި ޖަމާކުރަން ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ކުނި ޖަމާކުރުމަށާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަކީ މި ކޯޕަރޭޝަނުގެ އެދުމެކެވެ،" އެ ބަޔާނުގައިވެ އެވެ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރަން އާ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެކަން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ވެމްކޯއިން ބޮޑެތި ކުނި ހިލޭ އުކައިދޭން ފަށައިފި
3،000 މީހުން ގޮވައިގެން ހުޅުމާލެ ސާފުކޮށްފި
ހުޅުމާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ބާއްވަނީ
ހިޔާ ފްލެޓްތަކުން ކުނި އުކަން ފީ ނަގަން ފަށަނީ
ހުޅުމާލޭން ދެގަޑިއިރުގެ ތެރޭގައި 18 ޓަނުގެ ކުނި
ކުނި އުކާނުލެވި، މާލޭގެ ބައެއް ސަރަހައްދު ގޮނޑަކަށް
ހުޅުމާލޭގައި ވެމްކޯ އިން ކުނި އުކާލަން ފަށަނީ
ކުނި މެނޭޖުކުރާ ސެންޓަރުތަކުގެ ފެންވަރު ރަނގަޅު ކުރަނީ
ކުނި އުކަން އުޅަނދުތަކުން ނަގާ ފީ ކުޑަކޮށްފި
އެއާޕޯޓުން ކުނި އުފުލުން އަނެއްކާވެސް ވެމްކޯއަށް