ސީލައިފް ގްލޯބަލްގެ މައްސަލާގައި ދައުލަތުން ހިޔާނާތުގެ ދައުވާ ކޮށްފައިވާ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލަން ނިިންމި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރަން ނިންމައިފި އެވެ.
07 ޑިސެމްބަރ 2023
ސީލައިފް ގްލޯބަލްގެ މައްސަލާގައި ދައުލަތުން ހިޔާނާތުގެ ދައުވާ ކޮށްފައިވާ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލަން ނިިންމި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރަން ނިންމައިފި އެވެ.
ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ސީލައިފް ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީގެ މައްޗަށް ހިޔާނާތުގެ ގިނަ ދައުވާތަކެއްކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް އޭނާ ފުރުމުގެ ހުއްދަ ދޭން ކްރިމިނަލް ކޯޓުން ނިންމީ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދާން ހުއްދައަށް އެދުމުންނެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އައްމަޓީގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައި ކޯޓުން ނިމެންދެން އައްމަޓީ ފުރުން މަނާކުރުމުގެ ވަގުތީ އަމުރަކަށް ވެސް ހައި ކޯޓުގައި އެދޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން ބުނިގޮތުގައި އައްމަޓީ ފުރުމުގެ ހުއްދަ ދޭން ނިންމީ އޭނާގެ ސީރިއަސް އޮޕަރޭޝަނެއް ކުރަން ޖެހޭތީ އެވެ. އަދި ކޯޓުން އެ ހުއްދަ ދިނީ 20 ދުވަހުގެ މުއްދަތަކަށެވެ.
ސީލައިފް މައްސަލާގައި އައްމަޓީ ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު އޭނާ މިހާރު ހުރީ ދޫކޮށްލައިފަ އެވެ.
އައްމަޓީ ފުރުން މަނާކުރުމުގެ ވަގުތީ އަމުރަކަށް އެދިއްޖެ
ޔާމީންގެ މައްސަލަ އިސްތިއުނާފް ކުރުމާމެދު ގޮތެއް ނުނިމޭ
އައްމަޓީ ފުރުން މަނާކުރަން ހައި ކޯޓުން ވަގުތީ އަމުރެއް
ކޯޓުން ހުއްދަ ދިނަސް، އައްމަޓީއަށް ލަންކާއަށް ނުދެވުނު
އައްމަޓީ ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރަނީ
މަރުގެ މައްސަލައެއްގައި ބޮޑު ހުކުމެއް ދަމަހައްޓައިފި
ލަމްހާ ގޭބަންދަށް ބަދަލުކުރީ ގޯސްކޮށް: ހައި ކޯޓް
ނަޒާހާގެ މައްސަލާގެ ހުކުމް މިމަހު އިއްވަނީ
ޔާމީންގެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު
ޖިހާދުގެ މައްސަލަ ބޭރުކޮށްލީ ގޯސްކޮށް: ހައިކޯޓް