07 ޑިސެމްބަރ 2023
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް 306 މިލިއަން ރުފިޔާ އިތުރުކޮށް، 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކޮމިޓީން ފާސްކޮށްފި އެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް 306 މިލިއަން ރުފިޔާ އިތުރުކޮށް، 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކޮމިޓީން ފާސްކޮށްފި އެވެ.
މިރޭ ބޭއްވި ބަޖެޓް ކޮމިޓީގައި ބަޖެޓު ފާސްވީ އެ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮމިޓީ މަރުހަލާގައި ބަޖެޓަށް އެންމެ ބޮޑު އަދަދެއް އިތުރުވީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ. އެގޮތުން ޕީއެސްއައިޕީ އަށް ވަނީ 249 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ. އެއާ ޖުމްލަ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ހާއްސަކުރި ބަޖެޓު ވަނީ 8.6 ބިލިއަން ރުފިޔާ އިން 8.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ބާކީ ބަޖެޓަށް އިތުރުވީ، ބައެއް އޮފީސްތަކުގެ ބަޖެޓެވެ.
ބައެއް މަޝްރޫއުތަކުގެ ބަޖެޓު މަދުވި އިރު އަނެއްބައި މަޝްރޫއުތަކަށް ކަނޑައެޅި އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއުއަށް ވަނީ 400 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށްފަ އެވެ. އެހެންވެ އަންނަ އަހަރު އެ މަޝްރޫއުއަށް ޖުމްލަ 600 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.
މި ގެނައި ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓު ޑެފިސިޓް 16.3 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.
ކޮމިޓީން ވަނީ ސަބްސިޑީ ޓާގެޓު ކުރުމަށް ރެކޮމެންޑޭޝަން ހުށަހަޅައި، އެކަން ފާސްކޮށްފަ އެވެ. ބަޖެޓުގައި ސަބްސިޑީ ސީދާ ބޭނުންވާ މީހުންނަށް ސަބްސިޑީ ދޭން 600 މިލިއަން އޮތީ ހިމަނައިފަ އެވެ. އޭގެ އިތުރުން ވެސް އެސްއޯއީތައް ރީފޯމް ކުރުމަށް ވެސް ކޮމިޓީން ވަނީ ލަފާ ދީފަ އެވެ. ރިޓަޔަމަންޓް ޕެންޝަން ދިނުމުގައި މިހާރަށްވުރެ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ފަހި ކުރަން ވެސް ލަފާ ދިނެވެ.
- ކ. މާފުށި މަގު ހެދުން: 2.2 މިލިއަން ރުފިޔާ އިން ހަތް މިލިއަން ރުފިޔާއަށް
- ކ. މާފުށި ހޮސްޕިޓަލް ބޮޑުކުރުން: ތިން މިލިއަން ރުފިޔާ އިން 11 މިލިއަން ރުފިޔާއަށް
- ޅ. ކުރެންދޫ މަގު ހެދުމަށް: އެއް މިލިއަން ރުފިޔާއިން ހަތް މިލިއަން ރުފިޔާއަށް
- ޖަމާލުއްދީން ސްކޫލް ސްޕެޝަލް ނީޑް ކްލާސްރޫމް: ތިން ލައްކަ އިން ތިން މިލިއަން ރުފިޔާއަށް
- އއ. މޯޅޮހު މަގު ހެދުމަށް މ: ފަސް ލައްކައިން 2.5 މިލިއަން ރުފިޔާ
- އއ. ހިމަންދޫ މަގު ހެދުން: އެއް މިލިއަން ރުފިޔާ އިން ތިން މިލިއަން ރުފިޔާއަށް
މި މަޝްރޫއުތަކުގެ އަދަދު އިތުރު ކުރިއިރު އަތޮޅު ތެރޭގައި އެއާޕޯޓު އެޅުމަށް ކަނޑައަޅާފައިވާ 79 މިލިއަން ރުފިޔާގެ ބަޖެޓު ވަނީ 60 މިލިއަން ރުފިޔާ ކުޑަކޮށްފަ އެވެ.
މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ޒަމާންވީ ދަތިކަން ހައްލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ހާމަކުރެއްވި ސިޔާސަތުގެ ތެރޭގައި ހިމެނޭ ކ. ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއުން 400 މިލިއަން ރުފިޔާ ވަނީ އުނިކުރުމަށް ނިންމައިފަ އެވެ.
- ޖުމްލަ ބަޖެޓު: 49.8 ބިލިއަން ރުފިޔާ
- އާމްދަނީ: 33.5 ބިލިއަން ރުފިޔާ
- ޕީއެސްއައިޕީ: 8.9 ބިލިއަން ރުފިޔާ
- ޑެފިސިޓް: 16.3 ބިލިއަން ރުފިޔާ
މިއަހަރުގެ ބަޖެޓުގެ 70 ޕަސެންޓް ހޭދަކުރަނީ ރިކަރަންޓް ހަރަދަށެވެ. އެއީ 34.8 ބިލިއަން ރުފިޔާ އެވެ.
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
ބަޖެޓު ސަޕޯޓަށް ބޭރުން 6.7 ބިލިއަންގެ ލޯނު ހޯދަނީ
ބަޖެޓުގެ މަސައްކަތް މިމަހު 20 ވަނަ ދުވަހަށް ނިންމަނީ
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު 64 ބިލިއަނަށް
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު
ސަޕްލިމެންޓްރީއާ އެކު ބަޖެޓުގެ ޖުމްލަ 55 ބިލިއަނަށް
ޕްރޮޖެކްޓްތަކުގެ އަގު 36 ބިލިއަނަށް އަރާ:ޒަމީރު
ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރުކުރަން މަޖިލީހަށް
ސަޕްލިމަންޓްރީ ބަޖެޓުތަކުން ހަރަދުކުރީ ގާނޫނާ ހިލާފަށް
މި އަހަރަށް 5 ބިލިއަންގެ ސަޕްލިމެންޓަރީ ބަޖެޓެއް