ކުރީ ސަރުކާރުން މާލޭގެ ރަށްވެހިންނަށް ގޯތި ދޭން ހުޅުވާލުމުން ކުރިމަތިލި މީހެއްގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ނިންމީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.
10 ޑިސެމްބަރ 2023
ކުރީ ސަރުކާރުން މާލޭގެ ރަށްވެހިންނަށް ގޯތި ދޭން ހުޅުވާލުމުން ކުރިމަތިލި މީހެއްގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ނިންމީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.
ދަފްތަރު ނަންބަރު 234, ފާތިމަތު އަހުމަދު މި މައްސަލަ ކޯޓަށް ހުށަހެޅީ އޭނާއަކީ މާލޭގެ ރަށްވެއްސެއް ކަމަށް ޝަރުތު ފުރިހަމަ ނުވާ ކަމަށް ކަނޑައަޅައި، އޭނާގެ ނަން ލިސްޓްގައި ހިމަނާފައި ނެތުމުންނެވެ.
ވަގުތީ ލިސްޓްގައި އޭނާގެ ނަން ނެތުމުން މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީ އާއި އުފަން ދުވަހުގެ ސެޓްފިކެޓް ހުށަހެޅި އެވެ. އޭނާ އުފަންވެފައިވަނީ ހ. މަދަރާގެގަ އެވެ.
ނަމަވެސް، އޭރުގެ ޕްލޭނިން މިނިސްޓްރީން އޭނާގެ ޝަރުތު ފުރިހަމަނުވާ ކަމަށް ނިންމި ނިންމުން ނަފީ ކުރެވޭ ފަދަ ލިޔުމެއް ހުށަހަޅާފައިނުވާ ކަމަށް ބުނެ ދާއިމީ ލިސްޓްގައި ވެސް ނަމެއް ނުހިމަނަ އެވެ.
ސަރުކާރުން އޭރު ކަނޑައެޅި އުސޫލުގައިވާ ގޮތުން މާލޭގެ ރަށްވެއްސެއްކަން ހިނދުކޮޅަކަށް ވެސް މެދުކެނޑިފައިވާ ނަމަ ޝަރުތު ހަމައެއް ނުވެ އެވެ. ފާތިމަތުގެ ޝަރުތު ހަމަނުވާ ކަމަށް ވެސް ކަނޑައެޅީ އެކަމަށް ބަލާފަ އެވެ. މ. މުލަކު ގެއަކަށް އޭނާ ރަޖިސްޓާވެފައިވާ ކަމަށް ދައުލަތުން ބުނެ އެވެ.
އެކަމާ ގުޅޭ ލިޔުމެއް ވެސް ދައުލަތުން ހުށަހެޅި އެވެ. ނަމަވެސް، ފާތިމަތު ބުނަމުން ދިޔައީ އޭނާއަކީ އަބަދުވެސް މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ހުރި މީހެއް ކަމަށެވެ.
އެ މައްސަލާގައި ފާތިމަތު ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމްގައި ބުނީ އޭނާގެ އުމުރުގެ 54 އަހަރު ވެސް ހޭދަކޮށްފައިވަނީ މާލޭގެ ރަށްވެއްސެއްގެ ގޮތުގައިކަން އެނގެން އެބަ އޮތް ކަމަށާއި ރާއްޖޭގެ އެހެން ތަނެއްގައި އޭނާ ރަޖިސްޓްރީވެފައިވާ ކަމެއް އެނގެން ނެތް ކަމަށެވެ.
ހުކުމްގައި ބުނި ގޮތުގައި އޭނާގެ ނަން މ. މުލީގެ ގެއެއްގައި ރަޖިސްޓްރީވެފައިވާ ކަމަށް ޑީއެންއާރް އިން ދޫކޮށްފައިވާ ލިޔުމަކީ ސައްހަ ލިޔުމެއް ނޫން ކަމާއި އެއީ ބާތިލްކޮށްފައިވާ ރެކޯޑެއް ކަން އެނގެން އޮތް ކަމަށެވެ.
އެހެންކަމުން، މާލޭގެ އެހެން ރަށްވެހިންނަށް ވެސް ލިބުނު ފުރުސަތު ފާތިމަތަށް ވެސް ލިބެން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އޭނާއަކީ ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ކަަމަށް ކަނޑައަޅައި، އުސޫލުގެ ތެރެއިން ގޯތި ދިނުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ހިޔާ ފްލެޓް ލިބުމުން ނުދިން ސިފްކޯ ފްލެޓް ހަވާލުކޮށްފި
ނުހައްގު ގޯތި ހޯދި ފަޒީލްގެ ބިމެއް މާލޭގައި އޮވޭ
"ފްލެޓް ގަތީ ފަސް އަހަރު ކުރިން ލޯނެއް ނަގައިގެން"
ފާރު ތަޅާލި މައްސަލާގައި ކައުންސިލާ ދެކޮޅަށް އަމުރެއް
މުއްދަތު ހަމަވިއިރު ވެސް ދެ އެޕާޓްމެންޓް ހުސްނުކުރި!
މައްސަލަ ނާކާމިޔާބުވެ ހަންބޯގެ ވަކީލުންނަށް 10000ރ
އެއްކޮށްލި ދެ ފްލެޓް އަތުލުން ހުއްޓުވަން އަމުރު ނުދިން
ކޯޓަށް ދިޔަޔަސް ނިންމުން ބަދަލެއް ނުވާނެ: އާބަންކޯ
މާލޭ ރަށްވެހިން ކަމަށް ބަލާ މިންގަނޑާ ގުޅިގެން ކޯޓަށް
ހިޔާ ފްލެޓްގެ ކުލީގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި