ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓެއް އެއްކޮށްލި މައްސަލާގައި އެ ތަން ހުސްކުރަން ދިން މުއްދަތު ހަމަވި ނަމަވެސް ތަން ހުސްކޮށްފައި ނުވާ ކަމަށް އާބަންކޯއިން ބުނެފި އެވެ.
07 ޖޫން 2023
ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓެއް އެއްކޮށްލި މައްސަލާގައި އެ ތަން ހުސްކުރަން ދިން މުއްދަތު ހަމަވި ނަމަވެސް ތަން ހުސްކޮށްފައި ނުވާ ކަމަށް އާބަންކޯއިން ބުނެފި އެވެ.
ފްލެޓްގެ ފާރެއް ތަޅާލައި ދެ އެޕާޓްމަންޓް އެއްކޮށްލުމުން ކޮންމެ ފްލެޓެއްގެ ވެރިފަރާތް 100،000ރ. އިން ޖޫރިމަނާ ކުރީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ފައިސާ ދައްކަން ފަސް ދުވަސް ދިނަސް އެ އަށް ވެސް ދެ އެޕާޓްމަންޓުގެ ވެރިފަރާތުން އަމަލެއް ނުކުރި އެވެ. ފާރު ރާނަން ދިން 10 ދުވަހުގެ ތެރޭގައި އެ ކަމެއް ވެސް ނުކުރެ އެވެ.
އެހެންވެ، އެ ދެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، ދެ ތަން ހުސްކުރަން 14 ދުވަހުގެ ނޯޓިސްއެއް އާބަންކޯ އިން ފްލެޓްގެ ވެރިފަރާތަށް ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ދީފަ އެވެ. އެ މުއްދަތު މި މަހުގެ އެއްވަނަ ދުވަހަށް އޮތީ ހަމަވެފަ އެވެ.
އާބަންކޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ފްލެޓްގެ ވެރިންނަށް ތަން ހުސްކުރަން ދިން މުއްދަތު ހަމަވި ނަމަވެސް އެތަން ހުސްކޮށްފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ފްލެޓްތައް ހުސް ނުކުރި ނަމަވެސް އާބަންކޯގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. އެއީ ތަން ހުސްކުރުމާއި މިހާތަނަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް 30 ދުވަހުގެ ތެރޭ ދެއްކުމެވެ.
ދެ އެޕާޓްމެންޓެއް އެއްކޮށްލި މައްސަލާގައި އެ ތަން އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ފްލެޓްތަކުގެ ވެރިން ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. ނަމަވެސް ކޯޓުން ނިންމީ އަމުރު ނެެރެދެވެން ނެތް ކަމަށެވެ.
އެ ތަނުން އެއް ފްލެޓް ދޫކޮށްފައި ވަނީ ފްލެޓް ލިބުނު މީހުންގެ ހައްގުގައި މަސައްކަތްކުރުމަށް އުފެއްދި "ހިޔާ ޔޫނިއަން"ގެ ނައިބު ރައީސް އަހުމަދު ޝަމާލަށެވެ. ފްލެޓްގެ ފާރެއް ތަޅާލައި އެއްކޮށްލި އަނެއް ފްލެޓްގައި ދިރިއުޅެނީ އޭނާގެ އާއިލާގެ ބައެކެވެ.
ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން އެންމެ ގަދައަށް އަޑުއުފުލާ މީހުންގެ ތެރޭގައި ހިމެނޭ ޝަމާލް އޭނާގެ ފްލެޓަށް ގަވާއިދުން ކުލި ވެސް ނުދައްކާ ކަން ވަނީ އެނގިފަ އެވެ. މި މައްސާލާގައި ޝަމާލަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.
އެއްކޮށްލި ދެ ފްލެޓް އަތުލުން ހުއްޓުވަން އަމުރު ނުދިން
ފާރުތަޅާލި ދެ ފްލެޓްގެ ޖޫރިމަނާގެ ލުޔެއް ނެތް
ދެ އެޕާޓްމަންޓްގެ ފާރު ރާނަން 3މަސް ދޭން އެދިއްޖެ
ކޯޓަށް ދިޔަޔަސް ނިންމުން ބަދަލެއް ނުވާނެ: އާބަންކޯ
އެއްބަސްވުން ބާތިލްކޮށް، ތަން ހުސްކުރަން 14 ދުވަސް!
ހިޔާއަށް މަހަކު 6،300ރ. ދައްކާ ގޮތަށް ހަަދައިފި
ހިޔާ ފްލެޓްގެ ކުލީގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
ބަދަލު ހޯދަން ޔުނިވަސިޓީން އެޗްޑީސީ އަށް ދައުވާކޮށްފި
ހިޔާ ފްލެޓް ލިބުމުން ނުދިން ސިފްކޯ ފްލެޓް ހަވާލުކޮށްފި
ނުހައްގު ގޯތި ހޯދި ފަޒީލްގެ ބިމެއް މާލޭގައި އޮވޭ