Roadha Mihaaru
ކްލަބްގެ ރައީސް ރެފްރީގެ މޫނުމަތީގައި ޖެހި މައްސަލައެއް

ތުރުކީގެ ކްލަބްގެ ރައީސް ރެފްރީގެ މޫނުމަތީގައި ޖެހުމުން މެޗުތައް ސަސްޕެންޑް

12 ޑިސެމްބަރ 2023

އަންކާރާ (ޑިސެމްބަރު 12) ތުރުކީގެ ސުޕަ ލީގުގެ ކްލަބް އަންކާރާގުޖޫގެ ރައީސް، ރެފްރީ މޫނުމަތީގައި ޖެހި މައްސަލައިގައި ލީގު މެޗުތައް ފަސްކޮށްފި އެވެ.

އަންކާރާ (ޑިސެމްބަރު 12) ތުރުކީގެ ސުޕަ ލީގުގެ ކްލަބް އަންކާރާގުޖޫގެ ރައީސް، ރެފްރީ މޫނުމަތީގައި ޖެހި މައްސަލައިގައި ލީގު މެޗުތައް ފަސްކޮށްފި އެވެ.

އަންކާރާގުޖޫގެ ރައީސް ފާރޫގް ކޮކޯ، ރެފްރީ މޫނުމަތީގައި ޖެހީ ރެޒީސްޕޯއާ ދެކޮޅަށް ރޭ ކުޅުނު މެޗު ނިމުނު ފަހުން ދަނޑަށް އަރަ އެވެ.

އަންކާރާގެ އެރީއަމަން ސްޓްޑިއަމްގައި ކުޅުނު މެޗު، 1-1 ން އެއްވަރުވީ، މެޗުގެ 97 ވަނަ މިނެޓްގައި ރެޒީސްޕޯއިން ޖެހި ލަނޑުންނެވެ. ފާރޫގް ހިތްހަމަނުޖެހުނީ، ރެފްރީ އިތުރު ވަގުތު މާ ގިނައިރު ވަންދެން ކުޅުމުން ކަމަށް ތުރުކީގެ މީޑިއާތަކުން ބުންޏެވެ.

ރެފްރީ ހަލީލް އުމްތު މެލާއާ ކުރިމަތިލައި، ފާރޫގް ހަމަލާ ދިނުމުން، އަންކާރާގެ ސަޕޯޓަރުން ދަނޑަށް އަރައިގަތެވެ. ރެފްރީ ދަނޑުމައްޗަށް ވައްޓާލައި އޭނާގެ ގައިގައި ފައިން ވެސް ޖެހި އެވެ. އެކަމަކު އެކަން ކުރީ ކާކުކަމެއް ނޭނގެ އެވެ. ފަހުން ފުލުހުންގެ އެހީގައި އޭނާ ރެފްރީ ރޫމަށް ގެންދިޔަ އެވެ.

"ތުރުކީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ލީގެއްގެ ހުރިހާ މެޗެއް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލަން ނިންމާފައި،" ރޭގެ ހާދިސާ އަށް ފަހު އެ ފެޑެރޭޝަނުން އެކްސްގައި ކުރި ޕޯސްޓަގައި ވެއެވެ.

"އެއާ ގުޅުން ހުރި ކްލަބާއި ކްލަބުގެ ޗެއާމަން އާއި ކްލަބުގެ އޮފިޝަލުންނާއި ރެފްރީ އުމުތު މެލާ އަށް ހަމަލާ ދިން ހުރިހާ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ލިބޭނެ."