އދ. ދިގުރަށުގެ ކުނިގޮނޑުން ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ރާއްޖެ އިން ބޭރަށް ފޮނުވާލައިފި އެވެ.
16 ޑިސެމްބަރ 2023
އދ. ދިގުރަށުގެ ކުނިގޮނޑުން ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ރާއްޖެ އިން ބޭރަށް ފޮނުވާލައިފި އެވެ.
މި މަހުގެ ތިން ވަނަ ދުވަހު ހެނދުނު ދިގުރަށު ކުނިގޮނޑުން އެ ކުއްޖާ ފެނުނީ ކޮތަޅަކަށް ލާފައި އޮއްވަ އެވެ. އޭރު ކުއްޖާ އޮތީ މަރުވެފަ އެވެ. އެ މައްސަލައާ ގުޅިގެން ސްރީ ލަންކާ އަންހެނަކު އެ ދުވަހު ހައްޔަރުކޮށް، ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ޕޯސްޓުމޯޓަމް ހެދުމަށް އެ ކުއްޖާގެ ހަށިގަނޑު އިއްޔެ އިންޑިއާ އަށް ފޮނުވާލާފައިވާ ކަމަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ ދިގުރަށުގައި ހުންނަ ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ އަންހެނަކު ވިހެއި ކުއްޖެކެވެ. އެ ކުއްޖާ އޮތީ ކުނި އުކަން ބޭނުންކުރާ ކަޅު ކޮތަޅެއްގެ ތެރޭގަ އެވެ. އެއީ ފޫޅު ވެސް ނުކަނޑާ އޮތް ކުއްޖެކެވެ.
ދިގުރަށު ރަށު ކައުންސިލުން ކުރިން ބުނެފައި ވަނީ އެ ކުއްޖާ ފެނުނީ އެ ރަށުގެ ކުނިގޮނޑުގައި މަސައްކަތް ކުރާ މުވައްޒަފަކު މަސައްކަތުގައި އުޅެނިކޮށް ކަމަށެވެ. ކުއްޖާ ފެނުނީ ކުނި ކޮތަޅުތައް ގޮނޑަށް ގެންގޮސް، އެ އެއްޗެހި ނައްތާލުމަށްޓަކައި ކޮތަޅުތަކުން ކުނި ނަގަނިކޮށް ކަމަށް ވެސް ކައުންސިލުން ބުނެފައި ވެ އެވެ.
ހަތަރު މަހުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް
ބަނޑޭރިކޮށިން ފެނުނު ހަށިގަނޑު އިންޑިއާ އަށް
ރަޝީދުގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސްފި
ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން މި ހަފުތާގައި ފޮނުވަނީ
ޕޯސްޓްމޯޓަމަށް ޝާހިދާގެ ހަށިގަނޑު އިންޑިއާއަށް
ހިޔާގައި މަރުވި ކުއްޖާގެ ހަށިގަނޑު އިންޑިއާ އަށް
މަރުވެފައި އޮއްވާ ފެނުނު މީހެއްގެ ޕޯސްޓްމޯޓަމް ހަދަނީ
ހިޔާ ފްލެޓްގެ ޓަވަރަކުން ވެއްޓި ކުޑަކުއްޖަކު މަރުވެއްޖެ
އިންޑިއާގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ
ޕޯސްޓްމޯޓަމަށްފަހު އަތުހަރުގެ ހަށިގަނޑު މިރޭ ވަޅުލަނީ