Roadha Mihaaru
"9 ބޯލް" އެސޯސިއޭޝަން ކަޕް ހޯދީ އަހްސަން

"9 ބޯލް" އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން އަހްސަން ހޯދައިފި

18 ޑިސެމްބަރ 2023

މިއަހަރުގެ ބިލިއާޑް "9 ބޯލް" އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން އަހްސަން ހާޝިމް ހޯދައިފި އެވެ.

މިއަހަރުގެ ބިލިއާޑް "9 ބޯލް" އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން އަހްސަން ހާޝިމް ހޯދައިފި އެވެ.

ގައުމީ ބިލިއާޑް ސެންޓަރުގައި ރޭ ނިމުނު މުބާރާތުގެ ފައިނަލް މެޗު އަހްސަން ކާމިޔާބު ކުރީ މުހައްމަދު ދުންޔާޒާ ވާދަކޮށް 11-5 ފްރޭމުންނެވެ.

ޖުމްލަ 73 ކުޅުންތެރިން ވާދަކުރި މި މުބާރާތް ކުރިއަށް ގެންދިޔައީ 16 ގުރޫޕަކަށް ބަހާލައިގެންނެވެ. ނޮކައުޓް ބުރު ކުރިއަށް ގެންދިޔައީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ދެ ކުޅުންތެރިންނާ އެކު އެވެ.

9 ބޯލް އެސޯސިއޭޝަން ކަޕް ފައިނަލްގައި ވާދަކުރި ދުންޔާޒް.-- ފޮޓޯ؛ އެމްޕީބީއޭ

9 ބޯލް އެސޯސިއޭޝަން ކަޕް ފައިނަލްގައި ވާދަކުރި ދުންޔާޒް.-- ފޮޓޯ؛ އެމްޕީބީއޭ

އަހްސަން ފައިނަލަށް ދިޔައީ ސެމީ ގައި އަލީ ފަޔާޒް ބަލިކޮށްފަ އެވެ. އަދި ދުންޔާޒް ވަނީ ވަނީ ސެމީގައި ފަތުހުﷲ ޖަމީލްގެ މައްޗަށް ކުރި ހޯދައިފަ އެވެ.

އަހްސަން ވަނީ 2021 ވަނަ އަހަރުގެ އެސޯސިއޭޝަން ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއަށް ފަހު މިއަހަރު އޮތް "9 ބޯލް" ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކުރީ އޭނާ އެވެ.

މިއަހަރުގެ 10 ބޯލް އަދި 8 ބޯލް ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކުރި ހަސަން ޝާޒް މުހައްމަދު (އާދު) މުބާރާތުން ކެޓީ ނޮކައުޓް ފުރަތަމަ ބުރުގައި ހުސެއިން ފަޔާޒް އަތުން ބަލިވެގެންނެވެ.

ކުއާޓާ ފައިނަލާ ހަމައަށް ހުސެއިން ފަޔާޒް ދަތުރު ކުރި ނަމަވެސް ސެމީގެ ފުރުސަތު ނުލިބުނީ އޭނާގެ ބޭބެ އަލީ ފަޔާޒް އަތުން ބަލިވުމުންނެވެ.