Roadha Mihaaru
ބްރޯޑްބޭންޑް ކަނެކްޝަނާ އެކު ހިލޭ މައިފައި ޑިވައިސް

ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނާ އެކު ހިލޭ މައިފައި ޑިވައިސް ދެނީ

20 ޑިސެމްބަރ 2023

ދިރާގު ބްރޯޑްބޭން ކަނެކްޝަނާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހިލޭ މައިފައި ޑިވައިސް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދިރާގު ބްރޯޑްބޭން ކަނެކްޝަނާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހިލޭ މައިފައި ޑިވައިސް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ މި ހިދުމަތާއި އެކު ސްކޫލް ޗުއްޓީ އަދި އާ އަހަރުގެ ދަތުރުތަކުގައި ހުރިހާ ތަނަކަށް ވެސް ޑޭޓާ ހިފައިގެން ދެވޭނެ އެވެ. ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން އާ މޮބައިލް ބްރޯޑްބޭންޑް 749 ނުވަތަ މަތީގެ ކަނެކްޝަންތަކަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ހިލޭ މައިފައި ޑިވައިސްއެއް ލިބޭނެ ކަމަށެވެ.

ދިރާގުން ބުނީ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް މޮބައިލް ބްރޯޑްބޭންޑް ޕެކޭޖަކަށް ސަބްސްކްރައިބް ކޮށްގެން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.

ދިރާގުގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ އެ ކުންފުނިން މަސައްކަތްކުރަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށް، ކޮންމެ ވަގުތަކު ކޮންމެ ތާކަށް ދިޔަޔަސް، މެދުކެނޑުމެއްނެތި ގުޅުވާލަ ދިނުން ކަމަށެވެ. މި ޕްރޮމޯޝަނާ އެކު މި ޗުއްޓީ މޫސުމުގައި ދަތުރުކުރާ ހުރިހާ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ރައްޓެހިންނާއި އާއިލާއާ ވާހަކަދައްކާލާ ގުޅުން ބަދަހިކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ލިމިޓެޑް ޓައިމް ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށެވެ.