Roadha Mihaaru
ދިރާގުން ދޭ ޓެސްލާ ހޯދުމުގެ ފަހު ފުރުސަތު

ދިރާގުން ދޭ ޓެސްލާ ހޯދުމުގެ ފަހު ފުރުސަތު

30 ޖެނުއަރީ 2024

ދިރާގުން ޓެސްލާ ކާރެއް ހުށަހަޅައިގެން ކުރިއަށް ގެންދާ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގައި ބައިވެރިވުމުގެ މުއްދަތު މިއަދު ހަމަވާނެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދިރާގުން ޓެސްލާ ކާރެއް ހުށަހަޅައިގެން ކުރިއަށް ގެންދާ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގައި ބައިވެރިވުމުގެ މުއްދަތު މިއަދު ހަމަވާނެ އެވެ.

މިއީ ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ޕޯސްޓްޕެއިޑް 450 އަދި ފައިބަ ބްރޯޑްބޭންޑް 30އެމް އިން މަތީގެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.

ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޕެކޭޖަށް ސަބްސްކްރައިބްކޮށް ވެބްސައިޓުގައި ހިމެނޭ "ވިން އަ ޓެސްލާ" ލިންކުން އެންރޯލް ކޮށްގެންނެވެ.

މި ޕްރޮމޯޝަނުން ހޮވޭ ފަރާތަކަށް ދިނުމަށް ހަމަޖެހިފައި ވަނީ މޮޑެލް2ގެ ހުދުކުލައިގެ ޓެސްލާއެކެވެ. މި ކާރު މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ.