ދަރިވަރުންނަށް ރިޕޯޓު ފޮތް ދީ، ފުރަތަމަ ޓާމުގެ ކުއާޓާ ބްރޭކް މިއަދު ފަށައިފި އެވެ.
21 ޑިސެމްބަރ 2023
ދަރިވަރުންނަށް ރިޕޯޓު ފޮތް ދީ، ފުރަތަމަ ޓާމުގެ ކުއާޓާ ބްރޭކް މިއަދު ފަށައިފި އެވެ.
މި އަހަރުގެ ކިޔެވުން ފެށީ މިދިޔަ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހު އެވެ. އެއީ 216 ސްކޫލެއްގައި ޖުމުލަ 84،200 ދަރިވަރުންނާ އެކު އެވެ.
އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓަމުގެ ދެވަނަ ކުއާޓާ ކިޔަވައިދޭން ސްކޫލުތައް ދެން ހުޅުވާނީ ޖެނުއަރީ ހަތެއްގަ އެވެ.
ދަރިވަރުންނަށް ލިބޭ 17 ދުވަހުގެ ޗުއްޓީއަކަށް ފަހު އަންނަ މަހުން ފެށިގެން ސްކޫލުތަކުގެ ކިޔެވުން ފަށަން ނިންމާފައި ވަނީ ގައުމީ ސަލާމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ނިންމެވުން ނިންމެވީ ގައުމު ދެކެ ލޯބިވާ ކުދި ބަޔަކަށް ދަރިވަރުން ހެދުމަށް ކަމަށާއި ގައުމީ ސަލާމާއި ގައުމީ ދިދަ ދެކެ ލޯބިވާ ބަޔަކަށް ތުއްތު ކުދިން ހެދުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ދިރާސީ އާ އަހަރު ފެށުން 2025 ވަނަ އަހަރު އަނެއްކާ ވެސް ޖެނުއަރީ މަހަށް ބަދަލުކުރަން ވެސް މި ސަރުކާރުން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެ ބަދަލު ގެނެސް ކިޔަވައިދޭން ފަށާނެ ގޮތެއް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.
"ކޫލް ސްކޫލް":ދަރިވަރުންގެ މާހައުލަށް ހެޔޮ ބަދަލެއް؟
ދަރިވަރެއްގެ "އިނގިލި އަނބުރާލި" ޓީޗަރު ދޫކޮށްލައިފި
ޓީޗަރަކު ދަރިވަރެއްގެ ބޮލުގައި ޖެހި މައްސަލައެއް ބަލަނީ
ދަރިވަރަކަށް އަނިޔާކުރި ޓީޗަރެއްގެ މައްސަލަ ޕޮލިހަށް
ސްކޫލްތަކުގެ މައުލޫމާތާއެކު އެޑިއުކޭޝަންގެ އާވެބްސައިޓެއް
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
މި ވަގުތު ތިބި ހުރިހާ ޓީޗަރުންނަށް ލައިސަންސް ލިބޭނެ
ޓީޗަރުންގެ ލައިސަންސް ހަތް ކެޓަގަރީއަށް ބަހާލައިފި
ޗުއްޓީ ނިމެނީ، ޝަކުވާ ބޮޑު، މިނިސްޓްރީ ހިމޭނުން!
މުސާރައާއެކު ވެސް ޓީޗިންގެ ކޯސްތަކުގެ ޑިމާންޑަށް ބަދަލެއް ނާދޭ