އައްޑޫގައި ރައްޓެހިންތަކަކާ އެކު އިހި ނަގަން މޫދަށް ފޭބި ފަހުން ހަބަރެއް ނުވެގެން ގެއްލިގެން ހޯދަމުން އަންނަ ކުއްޖާ ހޯދުމުގެ އޮޕަރޭޝަންގައި އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ވައިގެ އުޅަނދުތަކުގެ ބަދަލުގައި މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ބޭނުންކުރަން ފަށައިފި އެވެ.
22 ޑިސެމްބަރ 2023
އައްޑޫގައި ރައްޓެހިންތަކަކާ އެކު އިހި ނަގަން މޫދަށް ފޭބި ފަހުން ހަބަރެއް ނުވެގެން ގެއްލިގެން ހޯދަމުން އަންނަ ކުއްޖާ ހޯދުމުގެ އޮޕަރޭޝަންގައި އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ވައިގެ އުޅަނދުތަކުގެ ބަދަލުގައި މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ބޭނުންކުރަން ފަށައިފި އެވެ.
މިހާތަނަށް ރާއްޖޭގައި މިފަދަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި ބަލި މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި ވެސް ބޭނުންކުރަމުން އައީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓެވެ. އެހެންވެ މިއީ މޯލްޑިވިއަންގެ މަތިންދާ ބޯޓެއްގައި ކަނޑަށް ގެއްލުނު ކުއްޖަކު ހޯދުމުގެ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
ޑިފެންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ އެމްއެންޑީއެފުން ނާއިޝް ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގައި އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެއް ވެސް ބޭނުންކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މިއީ އައްޑޫގައި ހުންނަ އޭވިއޭޝަން އެކަޑަމީގައި ޕައިލެޓްކަން ކިޔަވަމުން އަންނަ ދަރިވަރުންގެ ޓްރެއިނިންތަކުގައި ބޭނުންކުރަމުންދާ ބޯޓުތަކެކެވެ.
އެ ސަރަހައްދުގެ ބޮޑު ބައެއް ބަލަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އެކްސްގައި އޭވިއޭޝަން އެކަޑަމީން ވަނީ އާންމުކޮށްފަ އެވެ.
We are assisting MNDF with the ongoing search and rescue of a missing person. pic.twitter.com/QGp4YhLWDd
— Maldivian Aviation Academy (@mvaviationacad) December 22, 2023
ފުރަތަމަ ފަހަރަށް އޭވިއޭޝަން އެކަޑަމީގެ ބޯޓެއް މިފަދަ އޮޕަރޭޝަނެއްގައި ބޭނުންކުރަން ފެށިއިރު މި ސަރުކާރުން ވަނީ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓުކުރުމުގެ ނަމުގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުވެ ތިބޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރާއްޖޭގައި މިހާރު ބޭނުންކުރާ އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓު ބޭނުންކުރުން ހުއްޓާނުލައި އަދިވެސް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން ދުބާއީގައި ބޭއްވި ކޮޕް ސަމިޓްގެ ހަވާސާގައި ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރެ އެވެ.
އެކަަމަކު އެގޮތަށް މަޝްވަރާކޮށްފައިވަނިކޮށް އެ އުޅަނދުތައް ބޭނުންނުކުރި ސަބަބެއް ސާފެއް ނުވެ އެވެ.
އުމުރުން 18 އަހަރުގެ ނާއިޝް ގެއްލިފައި ވަނީ އިތުރު ދެ މީހަކާ އެކު އިހި ނަގަން ގޮސް އުޅެނިކޮށް ރޭ 10:45 ހާއިރު އެވެ. އޭނާ ގެއްލުނުއިރު ލައިގެން ހުރީ ހުދު ކުލައިގެ ޓީޝާޓެކެވެ.
އެކަމުގެ ރިޕޯޓް ލިބިގެން ކަނޑާއި ހޭޅިފަށުގެ ބޮޑު ސަރަހައްދެއް ބެލުމުގެ މަސައްކަތުގައި އެމްއެންޑީއެފާއި އާންމުން ވެސް ބައިވެރިވަމުން އައި ނަމަވެސް މިހާތަނަށް އަދި އެ ކުއްޖާ ނުފެނެ އެވެ.
ނާއިޝް ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
ހެލިކޮޕްޓަރު ބާއްވާ މުއްދަތު އިތުރެއް ނުކުރޭ: ސަރުކާރު
އައްޑޫގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރު ގެންދަން އެދެފި
އައްޑޫ މަތިކިޅި ޗަސްބިމުގައި އަލިފާން ރޯވެއްޖެ
ރާއްޖެއަށް އަސްކަރީ އެހީ ދޭނެކަމުގެ ޔަގީންކަން
"ގެއްލުނު މީހާ ހޯދުން ހުއްޓާލި ކަމަށް ބުނީ އޮޅިގެން"
ބޯޓުން ގެއްލުނުމީހާ ހޯދުން މެދުކަނޑާލައިފި
ބޯޓަކުން ކަނޑަށް ގެއްލުނު މީހާ އަދިވެސް ނުފެނޭ
ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަކުރަނީ
އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން މަޝްވަރާކޮށްފި