ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލުމުގެ މަސައްކަތް ކުރަމުން ދާތީ ސިޓީސް، ލޯކަލް ގަވަމެންޓް އަދި ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފަށް ރުހުންދޭން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށް، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
23 ޑިސެމްބަރ 2023
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލުމުގެ މަސައްކަތް ކުރަމުން ދާތީ ސިޓީސް، ލޯކަލް ގަވަމެންޓް އަދި ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފަށް ރުހުންދޭން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށް، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
ރަޖިސްޓްރީނުކޮށް ހިންގާތީ ކަމަށް ބުނެ، ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓެއް އިއްޔެ ބްލޮކް ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އެކަމާ ގުޅިގެން، ކުރީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވީ، ޑިފެންސް މިނިސްޓަރަކަށް އާދަމް ޝަރީފް ހުންނެވިއިރު މަޖިލީހުގެ ތާރީހުގައި އެތަނަށް އަލަށް ސިފައިން ވައްދައި، މެމްބަރުންނަށް އަނިޔާކުރި ކަމަށެވެ. އަދި، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) މެދުވެރިކޮށް މި ފަހަރު ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
@Adamshareefz ޑިފެންސްގަ ހުއްނެވިއިރު މަޖްލީހުގެ ތާރީހުގަ އަލަށްސިފައިން ވައްދާ މެމްބަރުންނަށް އަނިޔާކުރެއްވި. މިހާރު ކޭމް މެދުވެރިކޮށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލުމަށް މަސައްކަތް ފެއްޓެވީ. ލާމަރުކަޒީނިޒާމްވެސްފުށިދިއްގަރަށް، ރުހުން ދޭންޖެހޭ އެއްވެސް ސަބަބެއް ނުފެނޭ.
— Fayyaz Ismail (@faya_i) December 22, 2023
"ލާމަރުކަޒީ ނިޒާމް ވެސް ފުށިދިއްގަރަށް. ރުހުން ދޭންޖެހޭ އެއްވެސް ސަބަބެއް ނުފެނޭ." މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީގެ ޗެއާޕާސަން ވިދާޅުވި އެވެ.
ކޭމް ހިންގުން، މި ސަރުކާރުގައި ބަދަލުކޮށްފައިވަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ދަށަށެވެ.
ރަޖިސްޓްރީނުކޮށް ހިންގަމުން ދަނިކޮށް ސަރުކާރުން ބްލޮކް ކޮށްފައި ވަނީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ. އެއީ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައި، އެކި ލިޔުންތައް ގެނެސްދޭ ދެ ވެބްސައިޓެވެ. ވަޒީރުންނަށް ރުހުން ދިނުމަށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކުރުމަށް ފަހު، މަޖިލީހުގެ ތަޅުމަށް ވެސް މިދިޔަ ހަފުތާގައި ފޮނުވި އެވެ. އެކަމަކު، މަޖިލީހުން ވަނީ، ސަރުކާރުގެ މެންޑޭޓު ފާސްނުވާ ކަމަށް ބުނެ، އެ މައްސަލަ އަނެއްކާ ވެސް ވަނީ ކޮމިޓީއަށް ފޮނުވައިފަ އެވެ. އެހެންވެ، އެ ރިޕޯޓާ މެދު ވަކި ގޮތެއް ނިންމަން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ތާވަލްކޮށްފައިވެ އެވެ.
ނަޝީދުގެ ފެކްޝަންގެ މަސައްކަތަށް އާދަމް ޝަރީފުގެ ޝުކުރު
ފައްޔާޒްގެ ވޯޓަކީ ދެފަޅިން ކުޅޭ ޝޯއެއް: އިދިކޮޅު
ފަޒްނާގެ ފޮޓޯގައި ގެންގުޅެނީ އެމްޑީޕީ ވޯޓާސް ލިސްޓު!
"ބެންޗު ބަދަލުކުރުމަކީ މުޅި ޖުޑިޝަރީއަށްދޭ ހަމަލައެއް"
އިބޫގެ މައްޗަށް ތަހުގީގު ހިންގަން އަންގަން ފާސްކޮށްފި
ބަދަލުގެގޮތުގައި ދިން ފައިސާ ދައުލަތަށް އަނބުރާ ހޯދަނީ
"އަމީނަށް ހެދި ގޮތް" ހަދަން ބުނި މައްސަލަ މަޖިލީހަށް
"ބޭނުންއިރަކު ގާނޫނުއަސާސީ ބަދަލުކުރާނެކަން ދައްކައިފި"
ބިލުން ކައުންސިލްތަކުގެ ދައުރު ހަނިވޭ: މިނިސްޓްރީ
ލާމަރުކަޒީ ނިޒާމު ބަދަލުކުރާނީ ޒިންމާދާރުކޮށް:މިނިސްޓަރު