ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް ހަދަން ޖެހިދާނެ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓަކު ދެއްކި ވާހަކަ ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
10 ޑިސެމްބަރ 2024
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް ހަދަން ޖެހިދާނެ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓަކު ދެއްކި ވާހަކަ ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ގާނޫނުގައި ބުނެފައިވާ ގޮތާ ހިލާފަށް ރައީސް މުއިއްޒު ވެރިކަމުން ދުރުކޮށް، "އަމީނަށް ހެދި ގޮތް" ހަދަން ޖެހޭ ކަމަށް ބުނެ އެމްޑީޕީގެ އެކި ޕޯޑިއަމްތަކުގައި ވާހަކަ ދައްކާ ކަމަށާއި އެއީ ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ އަމަލެއް ކަމަށެވެ.
އެމްޑީޕީން އެގޮތަށް ވާހަކަ ދައްކާފައިވަނީ ސިޔާސީ ވަކި ފިކުރެއް ކުރިއަރުވައި، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި ވަކި މީހަކަށް އަނިޔާ ދިނުމަށް ހިތްވަރު ދިނުމުގެ ނިޔަތުގައި ކަމަށް ވެސް ކުއްލި މައްސަލައިގައިވެ އެވެ.
މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް، މައްސަލައިގެ އެންމެ ފުނަށް ބަލައި ތަހުގީގު ކުރުމަށް ކުއްލި މައްސަލައިގައި ގޮވާލާފައިވެ އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ 44 ވޯޓާ އެކު މި ކުއްލި މައްސަލަ ބަލައިގެންފަ އެވެ. ދެކޮޅަށް އެމްޑީޕީގެ އަށް މެންބަރަކު ވޯޓު ދެއްވި އެވެ.
އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ އަމީންގެ ވެރިކަމާއި އެ މަނިކުފާނުގެ ނިމުން އައި ގޮތާ ގުޅުވައި، ކުޅުދުއްފުށީގައި އެ ޕާޓީގެ އެކްޓިވިސްޓަކު ދެއްކި ވާހަކަ ދިފާއުކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. ފާޑުކިޔުން އަމާޒުވި ވާހަކަ ދިފާއުކުރައްވައި ފައްޔާޒު ވިދާޅުވީ "ރައްޔިތުންނަށް ދެރަ ދިނީމަ ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް" ކަމަށެވެ.
އެކަމަކު ފައްޔާޒު ވިދާޅުވި ގޮތުގައި ޕޯޑިއަމެއްގައި މީހަކު އެގޮތަށް ބުނެފައި ވަނީ މިހާރުގެ ރައީސަށް ނަސޭހަތެއް ދިނުމުގެ ގޮތުންނެވެ.
"ތި ކުރެއްވި ސުވާލުގައި ކުޅުދުއްފުށި ވާހަކަ ފާހަގަކުރި. ރައްޔިތުންނަށް ދެރަ ދިނީމަ ހަމަ މުހައްމަދު އަމީނަށް ހެދިހެން ހަދަންޖެހޭނީ. އެހެން ކޮން ގޮތެއްތޯ ހަދާނީ. އެެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުޅުދުއްފުށީ ޕޯޑިއަމްގައި އެ ބޭފުޅަކު އެހެން އެ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކަށް މިއަދު ހުންނެވި ޑރ. މުއިއްޒަށް ނަސޭހަތުގެ ގޮތުން. އެހެން ވިޔަ ނުދޭށޭ އެ ބޭފުޅަކު ވިދާޅުވީ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒް މިހެން ވާހަކަ ދެއްކެވެމުން އަމީންގެ ކާފަ ދަރިކަނބަލުން ފަރަހަނާޒް ފައިސަލް ވެސް ވަނީ ރައްދު ދެއްވައިފަ އެވެ. އެމްޑީޕީގެ ސަރުކާރުގައި، އިނގިރޭސިވިލާތުގައި ހުންނެވި ރާއްޖޭގެ ސަފީރު ފަރަހަނާޒް ވިދާޅުވީ އިސްލާމީ ޝަރުއީ ހަމަތަކުން ބޭރުން މީހަކު މަރާލުމަކީ ދުވަހަކު ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ ގޮތަކަށް ކަމެއް ކުރިޔަސް ބަޔަކު ނިކުމެ މީހަކު މަރާލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
މިއީ އެމްޑީޕީގެ ރަސްމީ ސްޓޭންޑްތޯޯޯ ސުވާލުކުރައްވައި އޭނާ ވިދާޅުވީ އެހެން ނަމަ މިއީ ދިރިހުރުމުގެ ހައްގު ހިމެނޭ ގޮތަށް މީހުންގެ އަސާސީ ހައްގުތަކަށް ތެދުވި އެމްޑީޕީއެއް ނޫން ކަމަށެވެ.
ސުޕްރީމްކޯޓުގެ ބެންޗް ކުޑަކުރާ ބިލު އަނބުރާ މަޖިލީހަށް
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލާ: އިބޫ
ފަޒްނާގެ ފޮޓޯގައި ގެންގުޅެނީ އެމްޑީޕީ ވޯޓާސް ލިސްޓު!
ވިޕާހިލާފުވި ޕީއެންސީގެ މެންބަރުންނަށް ފިޔަވަޅު އަޅަނީ
ކޯޓު ޕެކިން: ރާއްޖޭގެ ސިޔާސީ ސަގާފަތަކަށް!
"ބެންޗު ބަދަލުކުރުމަކީ މުޅި ޖުޑިޝަރީއަށްދޭ ހަމަލައެއް"
ރައީސާއި އަބްދުއްރަހީމް ބައްދަލުކުރައްވައިފި
ބަޔާނުން އެނގުނީ ރައީސްގެ ޕްލޭނެއް އޮތްކަން:މުއްތަލިބް
މާލޭގައި ޕާކިން ބިލްޑިންތައް އަޅަނީ އިންޑިއާގެ އެހީގައި
ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ